ފީފާ ޕްރޮޖެކްޓްގެ ދަށުން ވިނަ ދަނޑުތައް އަޅާނެ ރަށްތައް ފުޓުބޯލް ފެޑަރޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާންކޮށްފިއެވެ.

އެގޮތުން ވިނަ ދަނޑުތައް އަޅަން އެފްއޭއެމް އިން ނިންމާފައިވާ ރަށްތަކަކީ، ހދ.ކުޅުދުއްފުށި، ށ.މިލަންދޫ، ބ.އޭދަފުށި، އއ.މާޅޮސް، ދ.ކުޑަހުވަދޫ، ގދ.ތިނަދޫ، ތ.ތިމަރަފުށި، ސ.ފޭދޫ، ޏ.ފުވައްމުލަށް، ހއ.މުރައިދޫ، ށ.ފޯކައިދޫ، ބ.ފެހެންދޫ، އދ.ފެންފުށި، ފ.ނިލަންދޫ، ގދ.ހޯޑެއްދޫ، ހއ.ދިއްދޫ، ސ.ހިތަދޫ އަދި ރ.އަލިފުށި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބުމާއެކު މި ރަށްތަކުގައި ދަނޑުތައް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވާ، އެހެން ލެވެލްއަކަށް ގެންދިމުގެ ވިސްނުމުގައި ހިންގަން ހުރި މަސައްކަތްތަކުގެ މަގުޗާޓެއް އެފްއޭއެމް އިން ދާދިފަހުން އާއްމުކޮށްފައިވާއިރު، އެ ޕްލޭންގެ ތެރޭގައި އަތޮޅު ފުޓުބޯޅައިގެ ބޮޑު ޕްރޮޖެކްޓެއް ފެށުމަށް ހިމަނާފައިވެއެވެ.

"އަޅުގަނޑުމެންނަށް އަތޮޅު ތެރޭގައި ފުޓުބޯޅަ ކުރިއެރުމުގެ ފޮނިމީރުކަން އެބަފެނޭ. މިނިވަން ޗެމްޕިއަންޝިޕުން ވިދާލި ކުޅުންތެރިން ގައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަނީ. އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކުރިއަށް މިގެންދަނީ. ހަމައެއާއެކު އަޅުގަނޑުމެންގެ ދުރު ރާސްތާ ޕްލޭނަކީ ދިވެހި ޕްރިމިއާ ލީގަކީ މުޅި ރާއްޖޭގައި ކުޅެވޭނެ މުބާރާތަކަށް ހެދުން. އޭރުން މާލޭގައި މި ކުޅޭ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށްވެސް އަތޮޅު ތެރޭގެ ޓީމުތަކާ ވާދަކުރަން ދަތުރުކޮށް، ހޯމް އެންޑް އަވޭ އުސޫލަކުން މެޗުތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް މި ކުރަނީ. އޭގެ މައިގަނޑު އެއް މަސައްކަތް ނެޗުރަލް ގްރާސް (ގުދުރަތީ ވިނަ) 20 ދަނޑު އެޅުމުގެ މަސައްކަތަކީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރު ނުވަތަ ތިން އަހަރު ތެރޭ ދަނޑުގެ އަދަދު 40، ނޫނީ 60 އަށް އިތުރު ކުރެވޭނެ،" ބައްސާމް މީގެކުރިން ވިދާޅުވެފައިވެއެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމްއިން ފީފާގެ ފުލީ ފަންޑެޑް ޕްރޮޖެކްޓެއްގެ ދަށުން މިހާރު ކުރިއަށް ގެންދަނީ އަހަރަކު ގުދުރަތީ ވިނައިގެ 20 ދަނޑު އެޅުމުގެ މަސައްކަތް ކަމަށާއި، އެފަދަ އިންފްރާސްޓްރަކްޗާއެއް ގާއިމްވެގެން ދިއުމަކީ ރާއްޖޭގެ ފުޓުބޯޅައަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ކަމަށެވެ.

ރާއްޖެއިން މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް އުފުލާލާފައިވާ އިރު، އެ ޓީމުގެ ގާތްގަނޑަކަށް 98 ޕަސެންޓް ކުޅުންތެރިންނަކީ އަތޮޅު ތެރޭގެ އެކިއެކި ރަށްރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޙަސަނު

    ކުޅުދުއްފުށީގައި މިހާރުވެސް ސަރުކާރުން އަޅައިދީފައި އެއް ދަނޑުއެބައޮތް. ޢަދި އިތުރު 3 ދަނޑު އެބައޮތް. ޙދ އެހެން ރަށަކައް އެފުރުސަތު ދިނިއްޔާ ކިހިނެއް ވާނެބާ. ޙަމަ ނުފޫޒް.

    • ބ12

      ދޮންކަލޯ ހަސަނޫ ހަޖަމު..ލޮލޮ

      • ޙަސަނު

        ޙަޖަމްވޭ މައްސަލައަކީ އާރަށަކައް ނުދޭތި. ޢަނެއްކާވެސް ހަމަ ކުރިންވެސް ދަނޑާ ސްޓޭޑިއަމް ހަދާފަ އޮތް ތާކައް ދޭތި. ކުޅުދުއްފުށީގަ އެކަންޏެއްނޫ ކުޅުންތެރިން ތިބީ. ޤައުމީޓީމް އައް ކުޅުދުއްފުށީ ކުޅުންތެރިއެއް ކުޅުން ދުވަހެއް ބުނެބަ. ޙދ. ޢެހެން ރައްރަށުގަ އެބަތިބި ޤައުމީ ކުޅުންތެރިން. ޢެހެން ރައްރައްވެސް ތަރައްޤީ ކުރަން ޖެހޭދޯ.

    • Anonymous

      މިވެސް ރަނގަޅު ވާހަކައެއް

  2. މަލޫ އުމަރު

    މީގެ ކުރިން ތިޔަ ލިސްޓްގައި ނ.ކެނދިކުޅުދޫ ހިމަނަިގެން އުޅެފަ ، ކުއްލިޔަކަށް ލިސްޓުން އުނިކޮއްލީ ކިހިނެއްވީބާ؟ ފީފާގެ މީހުންނާއެކު ކެނދިކުޅުދޫއަށް އަރައިގެން ރައްޔިތުން ގަހުކުރިޔަށްލައިގެން ދޯ ހިތުން ތިއުޅެނީ...! ދެންބުނޭ ތިތާ އަޅަނީ ޓާފްދަނޑެކޭ...!!!

  3. ޟަބެ

    ރ.އަތޮޅުން ކީތަވާނީ ރ. ހުޅުދުއްފާރު ގައި އެޅިއްޔާ.

  4. ހަމަބުނެލީ

    މުރައިދޫ ގަ ރަށުގަ ނޫޅޭނެ މަދު ބަޔަކު ނޫނީ. ބޮޑުބަންދު ނޫނީ ތިތަން އޮންނާނި ފަޅަށް. ކުޅޭއާބާދީ އޮތް ތަންތަނަށް އިސްކަން ދޭނަމަ ދޯ

  5. ރިއްޓޭ

    އައްޑޫ ސިޓީ ގުޅިފައިވާ ރަށް ތަކުގައި 2

    ދަނޑު ހެދުމުގެ ބަދަލުގައި ވަކިން އޮތް ހުޅުދޫ

    މީދޫގައި އެއް ދަނޑު ހެދުން މާރަނގަޅުވާނެ

  6. ކުދި ޖަޒީރާ

    ކަލޯ އެފުއެމްގެ ހުރިމީހާ ކޮބާ ހައްދުންމަތި

  7. ކަ

    ކާފު އަތޮޅައް ނެތް ދޯ ހަމަ

  8. ކުދި ޖަޒީރާ

    ހިންގާ ޖަރީމާ ބެލެވޭނެ މީ ވަރައް ވާހަކަ....

  9. ރަދުން

    މީތަ އިބޫ ވައުދުވި ވިނަދަނޑުތައް. ކޮށްނިމެންވެފަ ހުންނަކަތަކަށް ވައުދުވެގެން ވެރިކަމަށް އައިމީހެއް. ހޔވާކުރާދުވަހު ދަނޑުތައް ފުރާލާނެ.

  10. ށ.ބޭބެ

    އާބާދީ މަދު ރަށްތަކުގައި ތިކަންކުރުމަކީ ހޮސްޕިޓްލް އަޅައި އޭ ލެވެލް އުފެއްދުން ކަހަލަ ކަމެއް. ކޮބާ މަހިބަދޫ ތޮއްޑޫ ހުރާ ފަދަ ރަށްތައް.....

    • ކަލީ

      ތޮއްޑޫ މަހިބަދޫ އޭ. މާމިގިލި އެއީ ސަރަހައްދުގެ އެންމެ ބޮޑު އާބާދީ އޮތް ރަށް. ޢެރަށުގަ ނާޅާ ފަޅު ރަށެއްގައި އެ އަޅަނީ.

      • ދޮންކަލޯ

        ކިހިނެއްބާ އެނގެނީ އދ. އަތޮޅަށް ލިބުނު ދަނޑު އަޅަނީ ފަޅުރަށެއްގައި ކަން؟ އދ އަތޮޅުގަ އެބައޮތްބާ ފެންފުށި ފިޔަވައި ޒޯން ފައިނަލް ރައުންޑު ކުޅެލެވުން ރަށެއް؟ ކާމިޔާބު ލިބެނީ އާބާދީ ބޮޑުވެފަ ރަށްތައް ބޮޑުވެގެނެއް ނޫން... ބަޔަކު ކުރާ ބުރަ މަސައްކަތުން..

  11. ށ. ށަވިޔަނި

    އާބާދީ މަދު ރަށްތަކުގައި ތިކަންކުރުމަކީ ހޮސްޕިޓްލް އަޅައި އޭ ލެވެލް އުފެއްދުން ކަހަލަ ކަމެއް. ކޮބާ މަހިބަދޫ ތޮއްޑޫ ހުރާ ފަދަ ރަށްތައް.....

  12. ރިސޫ

    ކީއްވެބާ 1 އަތޮޅަކަށް 2 ދަނޑު ހަދާދޭއިރު ދަނޑެއް ނ، މ، ލ ފަދަ އަތޮޅު ތަކުގައި ދަނޑު ހަދާނުދެނީ. އެއީވެސް ދިވެހިރައްޔަތުން.

  13. ސަމަޓީ

    އަތޮޅު ވެރިކަން ކުރާ ރަށްރަށުގަ އެކަނި ދޯ ފުޓްބޯޅަ ކުޅެން ޖެހެނީ؟

  14. އަކިރި

    ލ.އަތޮޅަށް ނެއްދޯ

  15. އދ.

    ފެންފުށީގައި އެޅުން ތިއީ ބުއްދިވެރިގޮތެއް ނޫން. މާމިގިލި ބިން އެބައޮތް އާބާދީ އެބައޮތް. ކުޅުންތެރިން ގިނަ

    • ދޮންކަލޯ

      އެއޮތީ ދަނޑު އަޅަންވީ ރަށްތައް ކަނޑައަޅައި ނިންމާފައި... ފެންފުށި އެއީ އެންމެ ފަހުގެ ޒޯން4 ގެ ޗެމްޕިއަން.. ހޯމް މެޗް ކުޅޭނެ ދަނޑެއް ނެތުމުން މާމިގިލީ ދަނޑުގައި ކުޅެ ތަށި އުފުލާލީ... މާމިގިލީ މީހުނަށް ހަޖަމެއް ނުވި އެމީނުންގެ ފަސްގަނޑުގަ އެހެން ބަޔަކު އެމީހުނަށް ނުލިބޭ ކާމިޔާބީއެއް ހޯދީމަ...

  16. ުނ.އަތޮޅު

    ގޯލްޑެން 2 ކެޕްޓަނުން ތިބީ ނ.އަތޮޅުގަ. އެކަމް ތިޔަ ލިސްޓަކު ނެތް ނ.އަތޮޅު އެންމެ ރަށެއް ވެސް! ބައްޔެއްނު.!

  17. ؟؟؟؟

    ކޮބާ މިޔޮއް ބޮޮޑު ލާމު؟ ލާމު އަތޮޅުގެ އެންމެ ރަށެއް ވެސް ނެތީ؟

  18. މީހާ

    ލާމު ގައެއް ނާޅާތަ... ލާމު އެއީ ފުޓުބޯޅަ އައް ލޯބި ކުރާ މީހުން ގިނަ އަތޮޅެއް.. ޢެކަމު ވެސް ދޯ...

  19. އިންސާފް

    ކޮބާ ނ، ޅ، ކ، ވ، ގއ މީ ރާއްޖޭގެ ޗާޓުން ބޭރުގަ ތިބި އަތޮޅު ތަކެއްތަ ބައްސާމޫޫ........

  20. ާސ.މީދޫ

    އަހަރުނަ ހެޔޮ ކޮރަޕްޓެޑު ބަސާމު ދަޑުއަޅައިނުދިނަސް މިރަށު މީހުން އަމިލަޔަ އަށް އެޔޮތީ އޭފްސީ ގަބޫލުކުރާ ދަޑެއަޅާފަ

  21. Anonymous

    ޙާދަ ރަނގަޅޭ ދެން ކޮބާ އަހަރުމެން ރަށަށް ވީ ދަނޑު