ކްލަބު އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ)ވެސް ހިމަނައިގެން ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑު އިއުލާން ކޮށްފިއެވެ.
އަންނަ ނޮވެންބަރު މަހު ތިންވަނަ ދުވަހު މެލޭޝިއާގައި އެގައުމާ ދެކޮޅަށް ގައުމީ ޓީމުން ކުޅޭ މެޗަށް އިއުލާން ކުރި ސްކޮޑުގައި ރިޒޭ ހިމެނިފައިވާ އިރު، މިއީ ގައުމީ ޓީމުގެ ކޯޗުކަމާ ޕީޓާ ސެގަޓް ހަވާލުވިފަހުން ރިޒޭއަށް ފުރުސަތުދިން ފުރަތަމަ ފަހަރެވެ.
މިއަދު އިއުލާން ކުރި ސްކޮޑުގައި 20 ކުޅުންތެރިން ހިމެނިފައިވާ އިރު، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްކޮޑުން ބާކީވެފައި ވަނީ ނިއު ރޭޑިއަންޓްގެ ރިހާމް އަބްދުލްޣަނީ (ބޮބީ)ގެ އިތުރުން އަނިޔާގައި ހުރި މުޖުތާޒު (މުޖޭ) އަދި ތިންވަނަ ގޯލްކީޕަރު ހަސަން ތޮލާލު (ޓޮޕްލަކް) އެވެ. އެ މުބާރާތަސް ރާއްޖެއިން ނެރުނު ފައިނަލް ސްކޮޑުގައި ނުހިމެނުނު ކްލަބު ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީނާއި ކްލަބު އީގަލްސްގެ މުހައްމަދު ނާއިމްވެސް މިފަހަރުގެ ސްކޮޑުގައި ކޯޗު ވަނީ ހިމަނާފައެވެ.
ސެގަޓް ގައުމީ ޓީމާ ހަވާލުވުމުގެ ކުރިންވެސް ރިޒޭ ގައުމީ ޓީމަށް ނަގާފައިވާ އިރު، އޭނާ އެންމެފަހުން ގައުމީ ޓީމަށް ކުޅެފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރިޒޭ ވަނީ ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ ވެސް ހަމަކޮށްފައެވެ. ރިޒޭ އެންމެފަހުން ލީގުގައި ކުޅުނު ހަތް މެޗުން 20 ގޯލް ޖަހައިފައިވާ އިރު، މުޅި ސީޒަނުގައި އޭނާ ވަނީ މިހާތަނަށް 27 ގޯލް ޖަހައިފައެވެ.
- އަސަދުﷲ އަބްދުﷲ
- މުހައްމަދު އިރުފާން (އިރޭ)
- ހުސެއިން ޝަރީފް
- އަހުމަދު އިމާޒް (އާއްކޮ)
- ނާއިޒު ހަސަން (ދާދު)
- ސަމޫހު އަލީ (ސަމުއްޓެ)
ޓީސީ ސްޕޯޓްސް ކްލަބް
- އިބްރާހިމް ވަހީދު ހަސަން (އިއްބެ)
- އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)
ކްލަބް އީގަލްސް
- ހުސެއިން ޝިފާއު (ކުރޯ)
- އަހުމަދު ނޫމާން (ހެލްމެޓް)
- މުހައްމަދު ނާއިމް
- މުހައްމަދު އާރިފް (ބަކާ)
- އަހުމަދު ރިޒުވާން (ރިޒޭ)
ނިއު ރޭޑިއަންޓް
- ހަމްޒާ މުހައްމަދު (ހަމްޕު)
- މުހައްމަދު ފައިސަލް
- އަލީ ފާސިރު (ސެންޓޭ)
- އަކުރަމް އަބްދުލްޣަނީ (އަކޫ)
ކްލަބް ގްރީން ސްޓްރީޓްސް
- ސަމްދޫހު މުހައްމަދު
- އަބްދުﷲ ޔާމީން
ވިކްޓަރީ
- ހުސެއިން ނިހާން (ނިހާޓް)
ކޮބާ ދަގަނޑޭ....
އަބްދުﷲ ޔާމީން އެބަހުރި.........
ކޮބާ މައުމޫން
^_^