މިއަހަރުގެ އެފްއޭކަޕް ފުޓްބޯޅަ މުބާރާތް ނުބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އެފްއޭއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެފްއޭކަޕް ނުބާއްވަން ނިންމީ މިއަހަރުގެ ފުޓްބޯޅަ ސީޒަން އެކިއެކި ސަބަބުތަކާ ހުރެ ލަސްވެފައިވާތީ، ކްލަބު ތަކާއެކު މި މަހުގެ ހަވަނަ ދުވަހު ކުރެވުނު މަޝްވަރާ އަށްފަހު ކަމަށެވެ.

އެހެންކަމުން އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ކުޅޭނީ މިއަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމު އަދި އޭއެފްސީގެ ކަޕްގެ ޕްލޭއޮފް އަށްދާ ޓީމަކަށް ވާނީ ލީގުގެ ރަނަރަޕަށް ދާ ޓީމު ކަމުގައި ނިންމާފައިވާ ކަމަށް އެފްއޭއެމްގެ އެ ބަޔާނުގައި ބުނެފައިވެއެވެ.

އެފްއޭ ކަޕް ނުބާއްވަން ނިންމިއިރު ސީޒަން ދިގުވާތީ މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ވެސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު