އދ. މަހިބަދުއަކީ ދިވެހި ފުޓުބޯޅައިގެ ބޮޑު ރަށެކެވެ. ގައުމީ ލެވެލްގެ ހުނަރުވެރި ކުޅުންތެރިންތަކެއް އުފައްދާ ހަބެކެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ފެންނަ އެންމެ ހުނަރުވެރި ކުޅުންތެރިންގެ އަމިއްްލަ ފަސްގަނޑެވެ.

މަހިބަދޫގައި ނިމިގެންދިޔަ ޒަމާނީ ޓާފް ދަނޑާއެކު އެ ރަށުގެ ފުޓުބޯޅައަށް ބަދަލުތަކެއް ގެނުވާނެކަން ޔަގީނެވެ. މަހިބަދޫ ސްޕޯޓްސް ކްލަބުގެ އިސްނެގުމާއެކު ފެށި ޕްރުޖެކްޓަށް ޓޫރިޒަމް ދާއިރާގެ ހާއްސަ އެހީތެރިކަން ލިބިފައިވާ އިރު، އެ މަސައްކަތްތަކުގައި މުޅި ރަށުގެ ރައްޔިތުން ޝާމިލުވެފައިވެއެވެ. ހާއްސަކޮށް އެ ރަށަށް ނިސްބަތްވާ ގައުމީ ލެވެލްގެ ލެޖެންޑުން ކަމަށްވާ އިމްރާން މުހައްމަދު (އިންމަ)އާއި މިހާރު މަހިބަދޫ ދާއިރާގެ މެމްބަރު އަދި ކުރީ ގައުމީ ޓީމުގެ ފޯވަޑް އަހުމަދު ތާރިގު (ޓޮމް) ފަދަ ބޭފުޅުން ވަނީ މަހިބަދޫގައި ޒަމާނީ ދަނޑަކަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.

ދަނޑު ނިމުމާ ގުޅިގެން ޓޮމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަހިބަދޫގެ ދަނޑުގެ ޕްރޮޖެކްޓަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށެވެ. އަދި ރާއްޖޭގެ ބްރެޒިލަކީ މަހިބަދޫ ކަމަށްވެސް ޓޮމްގެ ޓްވީޓްގައި ފާހަގަކޮށްފައިވެއެވެ.

މަހިބަދޫ ދަނޑުގެ ފޮޓޯއެއް --- ފޮޓޯ/ޓްވިޓާ

ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމުގައި 17 އަހަރު ހޭދަކޮށް، ގައުމީ ފުޓުބޯޅައަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދީފައިވާ މަހިބަދޫގެ ދަރިއެއް ކަމަށްވާ އިންމަވެސް ވަނީ ދަނޑުގެ މަސައްކަތް ނިމުމާއެކު އޭނާގެ ޝުއޫރު މީސްމީޑިއާގައި ފާޅުކޮށްފައެވެ. ދަނޑުގެ ޗާލުކަން ދައްކާލަދޭ ދެ ފޮޓޯއެއް އިންމަ ޓްވީޓް ކޮށްފައިވާ އިރު، މިއީ ހަމަ ޔަގީނުންވެސް އިންމަ ފަދަ ކުޅުންތެރިންގެ ބޮޑު ހުވަފެނަކަށް ވާނެއެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބުން ބުނެފައި ވަނީ ދަނޑުގެ މައިގަނޑު ބޭނުމަކީ ކުޅުންތެރިން އުފެއްދުން ކަމަށެވެ. މިހާރެކޭ އެއްގޮތަށް، އަދި އެއަށްވިރެވެސް ގިނަ ކުޅުންތެރިންތަކެއް ގައުމީ ލެވެލްއަށް މަހިބަދޫން ގެނެސްދެވޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، ދަނޑު ނިމުމަކީ އެކަމަށް އެޅިގެންދިޔަ ހެޔޮ ފާލެއް ކަމަށެވެ.

މަހިބަދޫގެ ދަނޑުގެ އަމަލީ މަސައްކަތް ކޮށްފައި ވަނީ ގްރީންފީލްޑް ކުންފުނިންނެވެ. ގްރީންފީލްޑަކީ ދަނޑުތައް ތަރައްގީ ކުރުމަށް ފީފާއިން އެޕްރޫވް ދީފައިވާ ނުވަ ކުންފުންޏެއްގެ ތެރެއިން އެއް ކުންފުންޏެވެ.

މަހިބަދުއަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް މިހާރުވެސް ގައުމީ ޓީމުގައި، އަދި ފުރަތަމަ ޑިވިޝަންގައިވެސް ކުޅެމުންދާ އިރު، ދާދި ފަހުން ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައިވެސް މަހިބަދޫގެ ހިއްސާ ވެއެވެ. އަދި އެ ކުޅުންތެރިންނާއެކު ދާދި ފަހުން މަހިބަދޫއަށް ތަށި ގެންގޮސްފައިވާ އިރު، އެ ރަށުން ފެނުނީ އަބަދުވެސް ފެންނަ އުފާވެރި މަންޒަރެވެ. ފުޓުބޯޅައަށް ދޭ ލޯތްބެވެ. ކުޅުންތެރިންނަށް ކުރާ އިހުތިރާމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުޅުލެ

    ތިޔައީ ފަޅުރަށެއްގައި އެޅުން. ތިޔަށްވުރެން ހުނަރުވެރިން ގިނަ އާބާދީ ބޮޑު ބިން އެބައޮތް ދެކުނު އދ.ގެ ރަށްރަށުގައި..

    • ޟިއުރީ

      އާބާދީ ބޮޑު މާމިގިލީ. ހުނަރުވެރި ކުޅުންތެރިން ގިނައީ މަހިބަދޫގަ. ހަޖަމް ޕްލީސް.

      • ޙުޅުލެ

        ޝިއުރީއަށް ތިއޮތީ އެއްބަސްވެވިފައިތާ ދޯ އާބާދީ ބޮޑު ހުނަރުވެރި ކުޅުންތެރިންވެސް ތިބީ މާމިގިލީ ގައިކަމަށް. ކާކުތަ މިތަނުގަ މާމިގިއްޔޭ ބުނީ. މަހިބަދޫ މީހުންނަށް ހަޖަމުކުރަން ދަތި. ހަހަހަހަހަ.ދެންވެސް މައިތިރިވޭ

  2. Anonymous

    މާމިގިލި ކަނބާ ?

    • މާމިގިލި ފެންފުށި

      ދަރިފުޅާ..ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިން ގިނަވާނީ މާމިގިލީގަ. މަހިގައި ގިނަވާނީ ޓީ....

  3. ޢސދދސދ

    މާމިގިލި ފިތާލާ.

    • ބަރާ

      ބްރޯ ނުވާކަންކަމުގެ ވާހަކަ ނުދައްކާ. މަހިބަދޫ އަކަސް މުޅި އަރިއަތޮޅު އެރިޔަސް