ނ. ވެލިދޫގެ ގްރޫޕެއް ކަމަށްވާ އެމްއެޗްގެ ފަރާތުން އެރަށުގައި ޒަމާނީ ފެންވަރުގެ ވޮލީކޯޓެއް އަޅައިފިއެވެ.

އެމް.އެޗް އަކީ ވެލިދޫ އަދި ނ.އަތޮޅުގެ ކުޅިވަރާއި ދީނީ އަދި ތަޢުލީމީ ކަންކަމަށް އެކި ގޮތްގޮތުން ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގުރޫޕް އެކެވެ.

އެމް.އެޗް ގެ ފަރާތުން ވެލިދޫ ރައްޔިތުންނަށް ހަދިޔާ ކުރި މި ވޮލީ ކޯޓަކީ އައުޓްޑޯ އަށް ޙާއްސަ ވޮލީބޯޅަ ކާޕެޓެއް އަޅައިގެން ހަދާފައިވާ ކޯޓެކެވެ. މިކޯޓަކީ މިވަގުތު ރާއްޖޭގެ ރަށެއްގައި ތަރައްޤީ ކޮށްފައިވާ އައުޓްޑޯ އެންމެ ރީތި ކާޕެޓް ވޮލީކޯޓު ކަމަށް އެމްއެޗްގެ ފަރާތުން މައުލޫމާތުދެއެވެ.

މި ވޮލީކޯޓް އަޅާފައިވަނީ ވެލިދޫ ބޮޑު ނިކަގަސްދޮށުގަކަމުން މިކޯޓްގައި ދުވާލުގެ ކޮންމެ ވަގުތަކުވެސް ކުޅެވޭނެ، އަދި މިކޯޓްގައި ރޭގަނޑު ކުޅެވޭގޮތަށް ލައިޓް ސިސްޓަމް ހަރުކުރެވިފައިވާ ކަމަށް އެމް.އެޗް ޓީމްގެ އިސްފަރާތެއް ކަމުގައިވާ ޢަބްދުﷲ ޢަބްދުލްޢަޒީޒް މަޢުލޫމާތު ދީފައިވެއެވެ.

އަދި މި ވޮލީ ކޯޓްގައި ކުރިއަށްއޮތް ދެމަސް ދުވަސް ތެރޭގައި ރޮސްޓްރޮމް އާއި 2 ޗޭންޖިން ރޫމް (ސިޑިބަރި އާއި އެކު) އެޅުމުގެ މަސައްކަތް ކުރުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އަޒީޒް ވިދާޅުވިއެވެ.

އެމް.އެޗް ގެ ފަރާތުން މިހާރު ވަނީ ނ.ފޮއްދޫ ވޮލީ ކޯޓަށް ލައިޓް ސިސްޓަމެއް ވެސް ދާދި ފަހުން ހަދިޔާކޮށްފައެވެ. އަދި އެމް.އެޗް ވޮލީ ކޯޓް ރަސްމީކޮށް ހުޅުވަން ރާއްޖޭގެ ޤައުމީ ވޮލީ ޓީމް އަންނަ ޑިސެމްބަރ މަހު ގެނައުމަށް ޤައުމީ ޓީމްގެ އިސްފަރާތްތަކާއި މަޝްވަރާކުރަމުން އަންނަކަމަށް އެމް.އެޗްގެ ފަރާތުން މަޢުލޫމާތުދެއެވެ.

މިހާރު އެމް.އެޗްގެ ފަރާތުން ދަނީ ވެލިދޫގައި ކާޕެޓް އަޅައިގެން ނެޓްބޯޅަ އާއި ހޭންޑް ބޯޅަ އަދި ބަށި ކުޅެވޭގޮތަށް "މަލްޓި" ކޯޓެއް ހެދުމުގެ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ. އެމް.އެޗްގެ ފަރާތުން ވެލިދޫގައި 1439 ވަނަ އަހަރުގެ އަޟްޙާ ޢީދު ވަނީ ވެލިދޫގެ ރައްޔިތުންނަށް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އެމް އެޗްއަކީ ސިވިލްކޯޓުގެ ޤާޒި މުހައްމަދު ހަލީމްކުރަމުންދާ މަސައްކަތްތަކެއް މިކަމުގައި ކުރިޔަށް ނެރެފައިވަނީ އެހެންބައެއް ޤާޒީ ހަލީމް ގެންދަވަނީ ގިނަގުނަ ހަރަދުތަކެއް ކުރަމުން އަދި 2019 ވަނަ އަހަރު މަޖިލީސް އިންތިހާބުގައި މުހައްމަދު ހަލީމް ސްޕޮންސަރކުރާ ފަރާތެއް އެމްޑީޕީގެ ޓިކެޓް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އަޑު އިވޭ

    • ާ

      ޢެމް އެޗް އަކީ ގްރޫޕެއް ނޫން. ޢެއީ މުހައްމަދު ހަލީމް.

  2. Anonymous

    ސަޅި ކޯޓެއް