ނ.އަތޮޅު ވެލިދޫގައި އެމްއެޗް އިން ރަނގަޅު ފެންވަރުގެ ވޮލީ ކޯޓެއް އަޅައިފިއެވެ.

އެމްއެޗް އަކީ ވެލިދޫ އަދި ނ.އަތޮޅުގެ ކުޅިވަރާއި ދީނީ އަދި ތަޢުލީމީ ކަންކަމަށް އެކި ގޮތްގޮތުން ބޮޑެތި އެހީތެރެރިކަން ފޯރުކޮށްދެމުން އަންނަ ގުރޫޕެކެވެ.

އެމްއެޗްގެ ފަރާތުން "ވަގުތު" އަށް މައުލޫމާތު ދެއްވި ޢަބްދުﷲ ޢަބްދުލްޢަޒީޒް ވިދާޅުވީ އެމްއެޗްގެ ފަރާތުން ވެލިދޫ ރައްޔިތުންނަށް ހަދިޔާ ކުރި މިވޮލީ ކޯޓަކީ އައުޓްޑޯ އަށް ޙާއްސަ ވޮލީބޯޅަ ކާޕެޓެއް އަޅައިގެން ހަދާފައިވާ ކޯޓެކެވެ.

ވެލިދޫގައި އެމްއެޗް އިން އެޅި ވޮލީކޯޓު
ވެލިދޫގައި އެމްއެޗް އިން އެޅި ވޮލީކޯޓު

މިވޮލީކޯޓަކީ ވަކި ކުލައެއްގައި ކޯޓް ފާހަގަވާ ގޮތަށް ހަދާފައިވާ ވޮލީކޯޓެކެވެ. މިކޯޓަކީ މިވަގުތު ރާއްޖޭގެ ރަށެއްގައި ތަރައްޤީ ކޮށްފައިވާ އައުޓްޑޯ އެންމެ ރީތި ކާޕެޓް ވޮލީކޯޓެވެ.

"ވޮލީކޯޓް އަޅާފައިވަނީ ވެލިދޫ ބޮޑު ނިކަގަސްދޮށުގަކަމުން މިކޯޓްގައި ދުވާލުގެ ކޮންމެ ވަގުތަކު ވެސް ކުޅެވޭނެ، މިކޯޓްގައި ރޭގަނޑު ކުޅެވޭގޮތަށް ލައިޓް ސިސްޓަމް ހަރުކުރެވިފައިވާނެ. އެހެންކަމުން ރޭގަނޑު ވަގުތުތަކުގައި ވެސް ވޮލީކޯޓު ބޭނުން ކުރެވޭނެ." ޢަބްދުﷲ ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.

މިވޮލީކޯޓްގައި ކުރިއަށްއޮތް ދެމަސް ދުވަސް ތެރޭގައި ރޮސްޓްރޮމް އާއި 2 ޗޭންޖިން ރޫމް (ސިޑިބަރި އާއި އެކު) އެޅުމުގެ މަސައްކަތް ކުރުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެމްއެޗްގެ ފަރާތުން މަޢުލޫމާތު ދީފައިވެ.

އެމްއެޗް ގެ ފަރާތުން މިހާރު ވަނީ ނ.ފޮއްދޫ ވޮލީ ކޯޓަށް ލައިޓް ސިސްޓަމެއް ދާދި ފަހުން ހަދިޔާ ކުރައްވާފައެވެ.

ވެލިދޫގައި އެމްއެޗް އިން އެޅި ވޮލީކޯޓު
ވެލިދޫގައި އެމްއެޗް އިން އެޅި ވޮލީކޯޓު

އެމްއެޗް ވޮލީ ކޯޓް ރަސްމީކޮށް ހުޅުވަން ރާއްޖޭގެ ޤައުމީ ވޮލީ ޓީމް އަންނަ ޑިސެމްބަރ މަހު ގެނައުމަށް ޤައުމީ ޓީމްގެ އިސްފަރާތްތަކާއި މަޝްވަރާކުރަމުން އަންނަކަމަށް އެމްއެޗްގެ ފަރާތުން މަޢުލޫމާތުދެއެވެ.

އަދި މިހާރު އެމްއެޗްގެ ފަރާތުން ދަނީ ވެލިދޫގައި ކާޕެޓް އަޅައިގެން ނެޓްބޯޅަ އާއި ހޭންޑް ބޯޅަ އަދި ބަށި ކުޅެވޭގޮތަށް "މަލްޓި" ކޯޓެއް ހެދުމަށްޓަކައި އެންމެފަހުގެ ތައްޔާރީތައް ވަމުންއަންނަކަމަށް މަޢުލޫމާތު ދީފައިވެ.

އެމްއެޗްގެ ފަރާތުން ވެލިދޫގައި 1439 ވަނަ އަހަރުގެ އަޟްޙާ ޢީދު ވަނީ ވެލިދޫގެ ރައްޔިތުންނަށް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްދީފައެވެ.