އިޓަލީގެ ލާޒިޔޯއަށް ކުޅޭ އެޓީމްގެ ފަހަތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނެދަލެންޑްގެ ސްޓޭފަން ގެންދިޔުމަށް އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑްންނާއި ލިވަޕޫލްއިން މަސައްކަތް ފަށައިފިއެވެ.

ސްޓެފަން 2014 ވަނަ އަހަރު ނެދަލެންޑްގެ ފެއިނޫޑް އިން ލާޒިއޯ އަށް ބަދަލުވިފަހުން އޭނާ ދަނީ އެޓީމްގެ ފަހަތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި އޭނާ އަކީ މިހާރު ފަހަތުގައި ކުޅޭ އެޓީމްގެ އެންމެ މުޙިއްމު އެއް ކުޅުންތެރިޔާއެވެ.

26 އަހަރުގެ ސްޓެފަން ލަވާޒާ އާއި އެކު ހަދާފައިވާ ކޮންޓްރެކްޓް މި އަހަރު ނިޔަލަށް ހަމަވާއިރު ކުރިޔަށް އޮތް ޓްރާންސްފާ މާކެޓްގައި މެންޗެއްޓާ ޔުނައިޓެޑް އިންނާއި ލިވަޕޫލްއިން ވަނީ ވަރަށް ބޮޑު އިސްކަމެއް ސްޓެފަން އަށް ދީގެން އޭނާ ގެނައުމުގެ މަސައްކަތް ފަށާފައެވެ. އަދި މި ދެކުލަބްގެ ފަރާތުން މަންދޫބުން ވަނީ އޭނާގެ މެނޭޖަރާއި ބައްދަލުކޮށް ވާހަކަދައްކާފައި ކަމަށް ބޭރު ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

ސްޓެފަން ވަނީ މީގެ ކުރިން މި ސީޒަނަށްފަހު އޭނާ ލާޒިޔޯ ދޫކޮށްދާނެ ކަމަށްވެސް ބުނެފައެވެ. އަދި ލާޒިއޯގެ ކޯޗްވެސް ވަނީ ސްޓެފަން އޭނާގެ ކޮންޓްރެކްޓް ލާޒިއޯ އާއި އެކު އާކުރަން ބޭނުންނުވާކަން އޭނާއާއި ހިއްސާކޮއްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ލާޒިއޯ އިން ދަނީ ސްޓެފަން އާއި ވާހަކަ ދައްކައިގެން އޭނާ އެޓީމްގައި މަޑުކުރޭތޯ ބެލުމަށް މަސައްކަތް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ސްޓެފަން ދިއުން އެންމެ ގާތީ މެންޗެސްޓާ ޔުނއިޓެޑް އަށެވެ. ފްރީ ޓްރާންސާފަގައި ހުރި ސްޓެފަން ގެންދިޔުމަށް ލިވަޕޫލް އެންމެ ތަންފުކެއްވެސް ޔުނައިޓެޑް އަށް ދޫ ނުކުރާނެ ކަމަށް ލިވަޕޫލްގެ ރައީސް ބުނެފައިވާކަމަށް "މިރޯ" ގައި ރިޕޯޓް ކޮއްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު