ރާއްޖެ ނުދިޔުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެންގި އެންގުމަށް ބެލުމެއް ނެތި އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި އަންގާރަ ދުވަހު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އިންޑިއާގެ ބެންގަލޫރު އެފްސީން ރާއްޖެ އަންނަން ތައްޔާރުވެއްޖެއެވެ.
އެކަން އެފްއޭއެމުން އިން ކަށަވަރުކޮށްދީފައިވާއިރު މައުލޫމާތު ލިބޭ ގޮތުގައި ބެންގަލޫރު އެފްސީ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެގޮތުން ބެންގަލޫރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ޓީމު ގޮވައިގެން އަންނަ އެއާ އިންޑިއާގެ ބޯޓު މާލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޓު ޖައްސަން ޝެޑިއުލްކޮށްފައިވަނީ ހަވީރު 16:05 ގަ އެވެ.
ބެންގަލޫރު ޓީމު ރާއްޖެ ނައުމަށް އެގައުމުގެ ސަރުކާރުން އަންގާފައިވަނީ ރާއްޖޭގައި ކުއްލު ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ އެވެ. އަދި އެގައުމުން ވަނީ އިންޑިއާގެ ރައްޔިތުން ރާއްޖެއަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ބެންގަލޫރު ޓީމުން ރާއްޖެ އަންނަން ނީންމާފައިވަނީ ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެޓީމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިން ޔަގީން ކަމާއި މެޗު ތާވަލާ އެއްގޮތަށް ކުރިއަށްގެންދަން އޭއެފްސީން ނިންމައިފައި ވުމުން ކަމުގައި ބެލެވެއެވެ. އޭއެފްސީން މެޗު ކުޅެން ރާވާފައި އޮއްވާ ބެންގަލޫރުން މެޗަށް ހާޒިރުނުވެއްޖެ ނަމަ މެޗުން ޓީ މޮޅުވީ ކަމަށް ނިންމާނެއެވެ.
.
މަހުލޫފު ކަޑަފަށެއްވާނެ. ރިލޯޑް މަކުލޫފު
ޙަހަހަަަަ
މަހްލޫފް ކޮބާ ކޮންތާކު މެޖެހުނީ އިސްކޮޅު ނުކާހިސާބަށް ފައިބާ ފަތަންނޭގުނީމަ ވާހެން ތިޔަވީ