ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ކަމަށް އަފްއާނިސްތާންގެ ކޯޗްގެ މަގާމުގައި ހުރި ޕެޓާ ސެގްރެޓް ހަމަޖައްސައިފިއެވެ.

ސެގްރެޓް ގައުމީ ޓީމަށް ހަމަޖައްސާފައިވަނީ މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސެގްރެޓް ވަނީ އަފްޣާނިސްތާންގެ ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗުކޮށްދިންއިރު ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭގެ ތެރޭގައި ފުރަތަމަ ފަހަރަށް އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ފައިނަލަށް އަފްޣާނިސްތާން ވަނީ ގެންގޮސްދީފައެވެ. އަދި އޭގެ އިތުރުން ވޯލްޑް ކަޕް ކޮލިފައިންގައި ވެސް އެޓީމް ވަނީ ސެގްރެޓްގެ އިރުޝާދުގެ ދަށުން ރަނގަޅު ކުޅުމެއް ދައްކާ ރަނގަޅު ނަތީޖާތަކެއް ހޯފާދައެވެ.

ކްރޮއޭޝިޔާ އަށް އުފަން ސެގްރެޓް ވަނީ މީގެ ކުރިން ޖަރުމަނު ލީގުގެ ޓީމަކަށާއި ޖޯޖިއާނާ ގައުމީ ޓީމުގެ ކޯޗް ކަމާއި އިންޑޮނީޝިއާގެ އެންމެ މޮޅު ދެ ކުލަބަށް ވެސް ކޯޗުކޮށްދީފައެވެ.