ބާސެލޯނާގެ މިޑްފީލްޑަރު ރަފީނިއާގެ ކަކޫ، ތިންވަނަ ފަހަރަށް އޮޕަރޭޝަން ކޮށްފިއެވެ.

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސާއިން ކުޅުނު މެޗުގައި ރަފީނިއާ ކަކުލުގެ އޭސީއެލް (ލިގަމެންޓް)އަށް އަނިޔާވެފައިވާ އިރު، ސާޖިރާއާއެކު އޭނާއަށް އަނެއްކާވެސް ހަ މަހަށް ކުޅުމާ ދުރަށްދާން ޖެހޭނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިންވެސް ރަފީނިއާގެ ކަކުލަށް ދެ ފަހަރެއްގެ މަތިން  ސީރިއަސް އަނިޔާތަކެއް ވެފައިވާ އިރު، އޭނާ ވަނީ އެ ދެފަހަރަރުވެސް ސާޖަރީއަކަށް ގޮސްފައެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ސީޒަންގެ ބޮޑު ބައެއްވެސް ސާޖަރިގެ ސަބަބުން ރަފީނިއާއަށް ވަނީ ގެއްލިފައެވެ.

ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު، ރަފީނިއާ މި ސީޒަންގައިވެސް ލީގުގެ ފަސް މެޗު އަދި ޗެމްޕިއަންސް ލީގުގެ ދެ މެޗުގައި ފެނިފައިވާ އިރު، އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ކެރިއަރުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވަމުންދާ ރަފީނިއާ ރަނގަޅު ފޯމެއްގައި ހުރުމަށްފަހު އަނެއްކާވެސް ކުޅުމާ ދުރަށް ދާން ޖެހުމަކީ އޭނާގެ ކެރިއަރުގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް އުފެދޭނެ ކަމަކެވެ.

ކިޔުންތެރިންގެ ހިޔާލު