އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ، އޭނާގެ މިލްކިއްޔާތަށް 15 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޖެޓެއް ގަނެފިއެވެ.
އާޖެންޓީނާގެ ނޫހެއް ކަމަށްވާ ޑޮބްލޭ އަމަރީލާއިން ބުނެފައި ވަނީ ބޮޑު ހޭދައެއް ކޮށް، މެސީ ގަނެފައިވާ ލަކްޒަރީ ޖެޓުގެ ބޭނުމަކީ އޭނާގެ އާއިލާއިން ދެކުނު އެމެރިކާއާއި ޔޫރަޕާ ދެމެދު ކުރަން ޖެހޭ ދަތުރުތައް ކުރުން ކަމަށެވެ.
ސްޕެއިންގެ ބާސެލޯނާގައި ވަޒަންވެރިވެގެން ދިރިއުޅޭ މެސީއަކީ އާޖެންޓީނާއަށް އުފަން، އެގައުމުގެ ކުޅުންތެރިޔެކެވެ. އާންމުކޮށް ޗުއްޓީތަކުގެ އިތުރުން އަމިއްލަ ބޭނުންތަކުގައިވެސް މެސީއާއި އާއިލާ އެންމެ ގިނައިން ދާ އެއް މަންޒިލަކީ އާޖެންޓީނާއެވެ.
އެމެރިކާއިން މެސީ ގަތް ގަލްފްސްޓްރީމް ވީގެ ޖެޓުގައި އެކްޒެކިއުޓިވް 16 ގޮނޑި ހިމެނޭ އިރު، ދެ ފާހާނާ ހިމެނެއެވެ. އޭގެ ތެރެއިން އެއް ފާހާނައަކީ ފެންވަރުމަށް ހާއްސަ ބަޔަކާއެކު ފަރުމާ ކޮށްފައިވާ ފާހާނައެކެވެ. އޭގެ އިތުރުން ޖެޓު ތެރޭގައި ދެ ބަދިގެވެސް އެކުލެވޭނެއެވެ.
މީޑިއާ ރިޕޯތުތައް ބުނެފައިވާ ގޮތުގައި ޖެޓު ގަތުމަށްފަހު މިހާރުވެސް މެސީ ވަނީ އަމިއްލަ މޮޑިފިކޭޝަންތަކެއް ޖެޓަށް ގެނެސްފައެވެ. އެގޮތުން ޖެޓުގެ ޓެއިލްގައި މިހާރުވެސް މެސީގެ ނަންބަރު، 10 އެއް ޕްރިންޓް ކޮށްފައިވާ އިރު، ސިޑީގައި އާއިލާގެ ހުރިހާ މެމްބަރުންގެ ނަންތައް ވަނީ ޖަހާފައެވެ.
މިހާތަނަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީ، މި ސީޒަންގައިވެސް އަންނަނީ ރަނގަޅު ފޯމެއްގައި ކުޅެމުންނެވެ. އެގޮތުން ލަލީގާގައި ރޭ އެސްޕަނިޔޯލްއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައިވެސް މެސީ ވަނީ ހިތްގައިމު ދެ ހިލޭ ޖެހުން ގޯލަށް ވައްދާލާފައެވެ.
ދަނގަޑޭއަށް ސައިކެއް ވަރު ނުގަނެވޭ
ދުވަސްކޮޅެއް ފަހުން އިބޫވެސް ޖެޓެއް ގަތުމަކީ ވެދާނެ ކަމެއް..