ރާއްޖޭގެ ކުރީގެ ރައީސް، އަލް އުސްތާޒު މައުމޫން އަބްދުލް ގައްޔޫމަކީ ފާހަގަކޮށްލެވޭ ލިވަޕޫލް ސަޕޯޓަރެކެވެ. އެކިއެކި ފަހަރުމަތިން އެމަނިކުފާނު ކުރައްވާ ޓްވީޓްތަކުންވެސް އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. ލިވަޕޫލްގެ ލެޖެންޑުންނާއި، ލިވަޕޫލްގެ ހަބަރުތަކަށް އަބަދުވެސް ރައީސް މައުމޫން ހާއްސަކަމެއް ދެއްވާކަން ޓްވިޓާއިން އެނގެއެވެ.

ރާއްޖޭގައި އުފެދިފައިވާ ލިވަޕޫލް ސަޕޯޓަރުންގެ ވައިބާ، އޮފިޝަލް ގްރޫޕެއްގައިވެސް ރައީސް މައުމޫން އިންނަވާ އިރު، އެ ގްރޫޕްގެ ހުރިހާ ސަޕޯޓަރުންނަށް މައުމޫން ވަނީ ލިވަޕޫލްގެ މެޗެއް ބެލުމަށް ދައުވަތު ދެއްވާފައެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ، ޕްރިމިއާ ލީގުގައި، ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓަޑް ކުޅޭ މެޗު ބަލާލުމަށް އެ ގުރޫޕްގައި ހިމެނޭ މެންބަރުންނަށް ރައީސް މައުމޫން ދައުވަތު ދެއްވާފައިވާ އިރު، އެމެޗު ބެލުމުގެ އިންތިޒާމު ހަމަޖައްސަނީ ސޯލްޓް ކެފޭގައެވެ.

ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު ލިވަޕޫލް އޮތް އިރު، ޔުނައިޓެޑާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހުގެ ރޭ ނުކުންނަ މެޗަކީ އެއްވަނަ ދެމެހެއްޓުމަށް އިންތިހާއަށް މުހިއްމުވެސް މެޗެކެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 9:00ގައެވެ. މައުމޫންގެ ދައުވަތުގައި ވަނީ 8:30އަށް ހުރިހާ ސަޕޯޓަރުންވެސް ސޯލްޓަށް ދިއުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަންނަންނޫރު އައްޔަ

    ރަށް ސާފު ކުރަން ނުކުތުމާއި އެކީ ޑްރާމާ ބެލުމާއި މިއީ އެކުލަވައިލައިގެން އަންހެނުންގެ ކޮމެޓީގެ ރައީސާ ކަމުގެ މަގާމަށް ހޮވެން ކަތީބު އަންހެނުން ކޮށްއުޅުނު ކަންކަން. މިހާރު އެމީހުން ގައި ބާރުދަށްވީމަ ފަތިސްނަމާދުކޮށްގެން ދަނީ މޫދަށް.

  2. މުދި

    ޙަމަ ތިގޮތް އޮތެއްނު ކުރިންވެސް ބޭބޭ.

  3. ހުސޭނުބޭ

    މޯސްޓް އީވިލް ސަޕޯޓަރ އޮފް ލިވަރޕޫލް. ދި ހަންޓޯޓޯ ޑިކްޓޭޓަރ

  4. ޔަހުޔާ

    ފުޓްބޯލް ފޭންސް ވެސް ދާން ވާނެ

  5. ޟ މ

    ޙަޖަމުނުވަަަކުދހިނވެސް އަދިވެސް އެބަފެނެެ