ފީފާގެ ފައިނޭންޝިއަލް ރެގިއުލޭޝަންސް، ފައިނޭޝިއަލް ފެއާޕްލޭ ރޫލްގެ މައްސަލަތަކެއްގައި އޭސީ މިލާން ސަސްޕެންޑް ވެދާނެ ކަމަށް ބެލެވިއްޖެއެވެ.

އޭސީ މިލާނުން މިއަހަރުގެ ކުރި ހަރަދާއި، ކްލަބަށް މާލީ ގޮތުން ވަން ފައިސާއާ އެއްވަރު ނުވެއްޖެ ނަމަ، އަހަރު ނިމުމުން އަނެއްކާވެސް ޔޫރަޕްގެ މުބާރާތްތަކުން ސަސްޕެންޝަނެއް އަންނާނެ ކަމަށް ބެލެވެއެވެ.

މިދިޔަ ހޫނު މޫސުމުގައިވެސް އޭސީ މިލާނަށް ވަނީ ދެ އަހަރު ދުވަހު ޔޫރަޕްގެ މުބާރާތްތައް ނުކުޅެވޭނެ ގޮތަށް ސަސްޕެންޝަނެއް އައިސްފައެވެ. އެހެން ނަމަވެސް އެ ކްލަބުން މައްސަލަ އިސްތިއުނާފްކޮށް، ކާމިޔާބުކުރި އިރު، ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން ވަނީ އޭސީ މިލާން ސަސްޕެންޑް ނުުރުމަށް ކޯޓުން ނިންމި ނިންމުން ދަމަހައްޓާފައެވެ.

އެހެން ނަމަވެސް، އެ ނިންމުމުގައި ވަނީ އަލުން އޭސީ މިލާންގެ ފައިނޭޝިއަލް ކަންތައްތައް ބެލުމަށެވެ. އެންމެފަހުންވެސް އޭސީ މިލާން ސަސްޕެންޑް ކޮށްފައި ވަނީ 200 މިލިއަން ޕައުންޑް ޓްރާންސްފާއަށް ހޭދަކުރި ސީޒަނުގައެވެ. މިހާރުގެ އުސޫލުތައް ބުނާ ގޮތުން، ކްލަބުގެ މާލިއްޔަތަށް ވަންނަ ފައިދާގެ ބޭރުން ކްލަބަށް ހަރުދު ކުރުމަކީ ކުށެކެވެ.

މި ސީޒަންގެ ނިޔަލަށް އޭސީ މިލާނަށް ބޮޑު ފައިދާއެއް ނުވެއްދިއްޖެ ނަމަ، އެ ކްލަބަށް އެޅޭ ފިޔަވަޅެއްގެ ގޮތުން 2023-24 ވަނަ އަހަރުގެ ސީޒަނަށް ސަސްޕެންޑްވުން އެކަށީގެންވެއެވެ.

މިދިޔަ ސީޒަންގައިވެސް އޭސީ މިލާން 12 މިލިއަން ޔޫރޯއިން ޖޫރިމަނާ ކޮށްފައިވާ އިރު، 25 ކުޅުންތެރިންގެ ބަދަލުގައި އެޓީމުގެ ސްކޮޑުގައި ޖެހެނީވެސް 21 ކުޅުންތެރިންނެވެ. އެއީވެސް ޔޫއެފާއިން ކަނޑައަޅާފައިވާ އަދަބެކެވެ.

އޭސީ މިލާން މިހަރު ހިނގަމުންދަނީ އެމެރިކާގެ ހެޖު ފަންޑެއްގެ ދަށުންނެވެ. އެ ކްލަބުގެ ހިންގުން ހެޖު ފަންޑުގެ ދަށަށް ގޮސްފައި ވަނީ ކްލަބުގެ ކުރީ ވެރިޔާ ލީ ޔޮންގޮންގަށް، ލޯނެއް ނުދެއްކި ގިނަ ދުވަސް ވުމުންނެވެ. އޯނާޝިޕް ބަދަލުވުމާއެކު ކްލަބުގެ ކަންކަން ރަނގަޅު ކަމަށް ޔޫއެފާއިން ފާހަގަކޮށްފައިވާ އިރު، އެޓީމުން ދަނީ އަނެއްކާވެސް ބޮޑެތި ޓްރާންސްފާ ތަކަކަށް ތައްޔާރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު