ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު އުފައްދަވާފައިވާ ފެކްޓް ފައިންޑިން ކޮމިޓީގެ މަގުސަދާ މެދު ސުވާލު އުފެދޭ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ބުނެފި އެވެ.

މާޒިޔާ އިން ރޭ ކުރި ޓްވީޓެއްގައި ބުނީ ކޮމިޓީގެ މެންޑޭޓް އެންމެ ރެޔަކުން ބަދަލުވެއްޖެ ކަމަށާއި ފެކްޓް ފައިންޑިން ކޮމިޓީގެ ހަގީގީ މަގުސަދަކީ ކޮބައިތޯއާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"ކޮމިޓީގެ މަގުސަދާ މެދު ކަންބޮޑުވޭ. އެފްއޭއެމްގެ މައްސަލަތައް ހައްލުކުރަން ޖެހޭނީ ފީފާ އާއި އޭއެފްސީގެ އަސާސީ ގަވާއިދުގެ ބުނާ ގޮތަށް. ޔޫތު މިނިސްޓަރު ބޭނުންފުޅުވާ ގޮތަކަށް،" މާޒިޔާގެ ޓްވީޓުގައި ބުނެފައިވެ އެވެ.

ކޮމެޓީ އުފެއްދެވުމަށް ފަހު މިނިސްޓަރ މަހްލޫފް ފުރަތަމަ ވިދާޅުވީ އެއީ ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕަށް ނުދެވުނު ސަބަބު ބަލަން އުފެއްދި ކޮމެޓީއެއް ކަމަށެވެ. ނަމަވެސް ފަހުން ވިދާޅުވީ މިނިސްޓަރ ވިދާޅުވީ އޭނާއަކީ މަޖިލީހުގައި ޖަވާބުދާރީ ވާން ޖެހޭ ބޭފުޅެއް ކަމަށާއި، "ފެކްޓް ފައިންޑިން" ކޮމިޓީން ބަލަމުންދާނީ ދައުލަތުން ފުޓުބޯޅައަށް ހަރަދުކުރާ ފައިސާއަށް ވީގޮތް ކަމަށެވެ.

އެފްއޭއެމް އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކްލަބު ލައިސަންސިން މައްސަލަ ބަލަން އެކުލަވާލި ކޮމެޓީ، ފަހުން "ފެކްޓް ފައިންޑިން" ނޫނީ ހަރަދުތައް ހިނގާ ގޮތް ބަލާނެ ކޮމެޓީއަކަށް މިނިސްޓަރު ހެއްދެވުމުން އެކަމުން އެސޯސިއޭޝަނަށް ލިބުނީ ކުއްލި ސިހުމެއް ކަމަށެވެ.

އަދި އެފަދަ ގޮތްގޮތަށް މީސްމީޑިއާގައި ހާމަކުރާ ކަންތައްތަކުގެ ސަބަބުން ކްލަބުތަކަށާއި، އެސޯސިއޭޝަނުގެ ހައިބަތަށް އުނިކަން އަންނަމުންދާތީ އެކަމުގެ މައުލޫމާތުތައް މީޑިއާ ހިއްސާ ކުރާ ކަމަށްވެސް އެފްއޭއެމްގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބިއާއި

    މަހުލޫގު ތިއީ މިގައުމުގެ ހަލާކު

  2. ޔޫއާރ

    އައްޑޫ ހުޅުދޫ މީހުން އެކަމަކު މާލެ އަށް އައިސް ކިޔާނެ އިންސާނިއްޔަތޭ ދޯ ކިޔާ މާލޭގެ މަގުމައްޗަށް ނިކުމެ ތަމެން މުޒާހަރާ ކުރާނެ އެކަމަކު ތަމެންގެ އަމިއްލަ ބެކްޔާރޑް ގައި އިންސާނިއްޔަތެއްގެ ކަންފުޅެއް ވެސް ހުރި ބަޔަކު ތިބި ނަމަ މި ނިކަމެތި އަންހެން މީހާ އަށް އެހީތެރި ވުމުގައި ތަމެން އަވަދި ނެތި އުޅޭނެ ނޫންތޭ ތަމެން އިސްލާހުވެ ތެދު މަގު އިޚްތިޔާރު ކުރާނީ ކޮން ދުވަހަކުންތޭ އެއީ މަމެން ދެކޭ ހުވަފެނަކީ އަބަދުވެސް އައި ސޭ ކޭން ޔޫ ބިލީވް އިޓް ޔޫއާރ ދަ ބެސްޓް ތިންގް އިޓްސް އެވަރ ބީން އިން މައި ސްވީޓް ޑްރީމްސް...

  3. ޗާބޫކުން

    އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ތަމެންގެ އަފުން ތަފުން ނައިބޭ އައްޑޫ އަށް ދިޔާ އެއީ ބަންޑާރަ އުސޫލުން އޭނާ އަރާމު ކޮށްލަން ކުރި ދަތުރެއް ކަން މިހާރު އެގިގެން މިދަނީ 22 އަހަރު އެކަނި މާއެކަނި އުޅޭ ނިކަމެތި އަންހެނަކު އައްޑޫ ހުޅުދޫގައި އޮތްވާ އެކަން ވެސް ތަމެންނަށް ނޭގޭތީއެެއް ނޫންތޭ މިއިން އެގިގެން ދަނީ ތަމެން ގެ ވެރިކަމަކީ އޯގާތެރި ވެރިކަމޭ ތަމެން އަމިއްލަ އަށް ކިޔާ ތަމެން އަމިއްލަ އަށް ރައީސް ސޯލިހޭ ކިޔަނީ އެއީ އެމެރިކާ ހަދާ ގޮތަށް ބޮޑެތި ގޭސް ގަނޑު ކަން މިހާރު އެގިގެން މިދަނީ ނޫންތޭ ތަމެންގެ ސޯލިހު ރައީސް އަކީ އެއީ ބްރޫޓަލް އެން ރުތްލެސް ވެރިއެއް ކަން މިހާރު އެދަނީ އެނގި ފާޅުވަމުން ނޫންތޭ އޭނާ އެއީ ރައްޔިތުން ގައިގައި ޗާބޫކުން ތަޅާ މީހެއް ނޫންތޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ޗާބޫކުން ތެޅީމާ އަވަހަށް އެޗާބޫކުނޭ ގެންދަވާ މިހާރު ބުރަކަށިން ލޭވެސް އައިސް އަދި ނޭވާލާން ވެސް އުނދަގޫވެއޭ އަސްތާ ބުނަންތާ ތިހެނެއްނުވާނެއެއް ނޫންތޭ ނިކަމެތި ރައްޔިތުންނާއި މެދު ތިހާ އަނިޔާވެރިވާން ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް ހޯއް ހޯއް ހޯއް ހޯއް...

  4. އަހްމަދު

    މާޒިއާގްރޫޕުގެއެހީއާއެކުއައިސަރުކާރެއްމީ އެހެންވެބުނަނީ ކަމެއްކުރުމުގެކުރިން ފަހައްވިސްނާފަނޫނީ ކުރިޔައްނުދާށޭ މިހާރުހުންނާނީ ރާކަނިމަސްކެވިފަ