މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އެމްބާޕޭ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

އެމްބާޕޭ ރާއްޖެ އައިސް ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވާ ފޮޓޯއެއް މިއަދު ވަނީ އިންސްޓްގްރާމް ކޮށްފައެވެ. އަދި އޭނާގެ އިންސްޓްގްރާމް ސްޓޯރީގައި ރާއްޖޭގެ ރިސޯޓެއްގެ ވީޑިއޯ އެއް ވެސް ހިމަނާފައި ވެއެވެ. ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރަމުން ގެންދާ ރިސޯޓާއި ބެހޭ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

https://www.instagram.com/p/Brz41wwlq-M/

ފްރާންސާއި ޕީއެސްޖީގެ ތަރި އެމްބާޕޭ އަކީ މިހާރު ހުރި އެންމެ އުއްމީދީ އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. މިހާރު އުމުރުން 20 އަހަރުގެ އެމްބާޕޭ ވަނީ މިދިޔަ ވޯލްޑްކަޕް ފްރާންސަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވެގެން ގޮސްފައި ވަނީ އެންމެ ޒުވާން އުމުރުގައި ވޯލްޑްކަޕް ކާމިޔާބު ކުރި ކުޅުންތެރިޔާ އަށެވެ. މިހާތަނަށް ފުރާވަރު އުމުރުގައި ވޯލްޑްކަޕް ކާމިޔާބު ކުރި ދެކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ ވެސް އެމްބާޕޭ އެވެ. ދެން އެޝަރަފް ލިބިފައި ވަނީ ބްރެޒިލްގެ ތަރި ޕެލޭ އަށެވެ.

2016 ވަނަ އަހަރު މޮނާކޯ އިން ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ފެށި އެމްބާޕޭ ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ.

އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާއިރު ކުރިއަށް އޮތް ޓްރާންސްފާގައި އެމްބާޕޭ ނުވަތަ ނޭމާ ވިއްކާލަން ޕީއެސްޖީ އިން މަސައްކަތް ކުރާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާކު

    އޭނަ ހުރީ ޅ. ކަނުހުރާގަ

  2. ޝހިޕިދސސ

    ޢޭނާ ހުރީ ސިކްސް ސެންސް ލާމު ރިސޯޓްގަ

  3. ރުންކުރުބެ

    ޢެސޮރުހުރީ މއ.ބޯގަންވިލާ ގަ

  4. ކ. ވިލިނގިލި ކުޑަކުދިންގެ ހިޔާ

    އެމްބައްޕޭ ހުރީ މަގޭ ގޭގަ