ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަނެއްކާވެސް އަލީ އަޝްފާގު (ދަގަނޑޭ) ހޯދައިފިއެވެ.

މިއަހަރުގެ ފުޓުބޯޅަ ސީޒަންގައި 42 ގޯލް ޖެހި ދަގަނޑޭ ވަނީ ސީޒަންގެ ރަން ބޫޓުވެސް ހޯދައިފައެވެ. ރާއްޖޭގެ ތާރީހުވެސް ދުތް އެންމެ މޮޅު ކުޅުންތެރިޔާ، ދަގަނޑޭ ވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑު އަދަދަކަށް ހޯދައިފައެވެ.

ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އިއުލާން ކޮށްފައި ވަނީ ހުޅުމާލޭ ސެކަންޑް ފޭސްގެ ފަރުކޮޅުފުށީގައި ކުރިއަށްދާ "މޯލްޑިވްސް ފުޓްބޯލް އެވޯޑްސް" ހަފްލާގައެވެ.

ސީޒަންގެ ފުރަތަމަ ބައިގައި، މާލެ ލީގުގައި ނިއު ރޭޑިއަންޓަށްވެސް މޮޅު ކުޅުމެއް ދައްކާ، އޭނާ ވަނީ އެޓީމަށް މާލޭ ލީގު ކާމިޔާބުކުރުމުގައިވެސް މުހިއްމު ރޯލެއް އަދާކޮށްފައެވެ. އަދި ދިވެހި ޕްރިމިއާ ލީގަށް ޓީސީއަށް ބަދަލުވެ، އޭނާ ވަނީ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލީގު ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުގައި ދަގަނޑޭ ނުހިމެނުނު ނަމަވެސް، އޭނާ ވަނީ ލީގުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. މިއަހަރުގެ އެވޯޑުގައި ދަގަނޑޭއާއެކު ގަދަ ތިނަކަށް ހޮވުނީ އަހުމަދު ރިޒުވާން (ރިޒޭ)އާއި އިބްރާހީމް މަހުދީ (ފޭދޫ) އިއްބެއެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ ހަފްލާގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު ޖިމީ

އަހަރުގެ އެންމެ މޮޅު ގޯލަށް ދޭ، ޖޫލޭ އެވޯޑު ހާސިލް ކުރީ ނިއު ރޭޑިއަންޓަށް ކުޅުނު ހަމްޒާ މުހައްމަދު (ހަމްޕު) ހޯދި އިރު، އޭނާއަށް ޖޫލީ އެވޯޑު ލިބިފައި ވަނީ ނިލަންދޫ ކޮޅަށް ޖެހި ގޯލަށެވެ.

ނިމިދިޔަ ސީޒަންގެ އެވޯޑު ނައިޓް ކުލަގަދަކޮށް، އެފްއޭއެމް އަދި ރާއްޖޭގެ ނޫހެއް ކަމަށްވާ "މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް" ގުޅިގެން ކުރިއަށް ގެންގޮސްފައިވާ އިރު، މިއަދުގެ ހަފްލާގައި ފުޓުބޯޅަ އާއިލާގެ އިތުރުން ސަރުކާރުގެ އިސް ވަޒީރުންނާއި، އެފްއޭއެމްގެ އިސް ވެރިންވެސް ވަނީ ބައިވެރިވެފައެވެ.

މިއަދުގެ ހަފްލާގެ ޝަރަފުވެރި މެހެމާނުންނަކީ މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑްރީ ގޯލްކީޕަރު ޕީޓާ ޝޫމައިކަލް އަދި ރެއާލްގެ ލެޖެންޑް މިޝޭލް ސެލްގާޑޯއެވެ.

ފިރިހެން އެންމެ މޮޅު ކުޅުންތެރިޔަކަށް ދަގަނޑޭ ހޮވުނު އިރު، އަންހެން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ފަދުވާ ޒާހިރެވެ. އެންމެ އުންމީދު އަންހެން ކުޅުންތެރިއަކަށް ހޮވުނީ އައިޝަތު ފިރުޝާއެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ ހަފްލާގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު ޖިމީ

ރާއްޖޭގެ އެންމެ އުންމީދީ ފިރިހެން ކުޅުންތެރިއަކަށް ށ. ފޯކައިދުއަށް ޕްރިމިއާ ލީގުގައި ކުޅުނު ހުނަރުވެރި ކުޅުންތެރިޔާ، މުހައްމަދު ޖައިލަމް (އޮގީ) ހޮވުނު އިރު، ރާއްޖޭގެ ލީގުގައި ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯނެލިއަސް ސްޓެވާޓެވެ.

އެންމެ މޮޅު ގޯލްކީޕަރަކަށް ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުގެ ނޭޕާލް ގައުމީ ޓީމުގެ ގޯލްކީޕަރު ލިމްބޫ ކިރަން ކުމާރު ހޮވުނު އިރު، އެންމެ މޮޅު ކޯޗަކީ ޓީސީގެ ފުރަތަމަ ތަށި ހޯދައިދީ، ލީގު ހޯދި ކްލަބުތަކުގެ ލިސްޓަށް އެޓީމު ގެނެސްދިން މުހައްމަދު ނިޒާމް (ނިޒާމްބެ)އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޯޗު

    ދެން ދިނީމަ ލިބޭނެ ދޯ. ތީ ނިޒާމުން ގެއްލެންޖެހޭ ބަލާވެރިކަމެއް.

  2. Anonymous

    ބަލަގަ ލަނޑުވެސް ޖެހީ އޭނަޔޭ، އެހެން މީހުން ކީއްތަ ކުރީ..

  3. ޝާރިފް

    ދަގަނޑޭ ހާދަ ވައްތަރޭ އެބްރަހަމް ލިންކަންއާ..

  4. އެމްބާޕޭ

    ދަގަނޑޭ ހާދަ ވައްތަރޭ އެމްބާޕޭ.