މިރޭ ކުޅުމަށް ހަމަޖެހިފައިވާ އިމްރާމް ރިޓަޔާކުރާ މެޗު ޝަރަފުވެރިކޮށްދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ފުޓްބޯޅަ އެސޯޝިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްއިން ވިދާޅުވެއްޖެއެވެ.

މިރޭ ކުޅެން ނިންމާފައިވާ މެޗާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޖެނެރަލް ސެކެރަޓަރީ ހުސެއިން ޖަވާޒު ވިދާޅުވީ އިމްރާން ރިޓަޔާކުރައްވާ މެޗަށް ރައީސް ޞޯލިހު ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އަދި ރައީސް ޞޯލިހުގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް މެޗު ބެލުމަށް ދަނޑަށް ވަޑައިގަންނަވާނެ ކަމަށް ޖަވާދު ވިދާޅުވިއެވެ.

އިމްރާންގެ ރިޓަޔާމަންޓް މެޗުގައި ކުޅޭނީ އިމްރާންގެ 11އަކާއި އެފްއޭއެމްގެ 11 އެކެވެ. އެ މެޗުގައި އިމްރާންގެ ޓީމާއި ދެކޮޅަށް ކުޅޭ އެފްއޭއެމްގެ ޓީމަށް ދުނިޔޭގެ މަޝްހޫރު ދެކުޅުންތެރިއަކު ކުޅޭނެއެވެ. އެއީ އިނގިރޭސި ކްލަބު، މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް، ޕީޓާ ޝޫމައިކަލް އަދި ސްޕޭންގެ ކުލަބު ރެއާލް މެޑްރިޑްގެ ލެޖެންޑް މައިކަލް ސަލްގާޑޯއެވެ.

ޖަވާދު ވިދާޅުވީ އިމްރާން ރިޓަޔާކުރައްވާ މެޗަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަޑައިގަތުމަކީ އެފްއޭއެމްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚިއިން

    ކިތަނމެ މޮޅު ކީޕަރެއް ހުއްޓަސް ޑިފެންސ ފޫވެއްޓުނީމާ ދެނން ހެދޭނެ ގޮތެއްނެތް .

    ޥެލެންސިއާ ކޮބާ؟ ދިފެނސް ނެތީމާ ވީގޮތް . ޢެނމެ ފަހުނ ގައޮމީ ތީމު ތަށި ހޯދީ ތި ބުނާ

    ޢިމްރާން ހުރެގެންތަ؟؟؟؟

  2. ޚިއިން

    ޣިނަމީހުން ބުނަމުންދިޔަ ! ޢިމްރާން އަދި ފަގަޑޭ ނެތޭ . ޢެންމެ ޕޮއިނތެއް ލިބުނަސް

    ސޒަބަހޭ !