އިންގްލެންޑުގެ ފަރިތަކުރުމެއް ކުރިއަށް ދަނީ

އިންގްލެންޑް ގައުމީ ޓީމުގެ ކުޅުންތެރިއަކުު، ކޮކޭން ބޭނުން ކުރި ކަމުގެ ތުހުމަތު އެގައުމުގެ ނޫހަކުން ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ދަ ސަން"އިން ބުނެފައި ވަނީ ޕްރިމިއާ ލީގުގެ ކުޅުންތެރިޔަކު، ކްރިސްމަސް ޕާޓީއެއްގެ ތެރެއިން ކޮކޭން ބޭނުން ކުރިކަން ފަޅާ އަރައިގެން، ރެސްޓޯރެންޓުންވެސް ބޭރުކޮށްލައިފައިވާ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން، ފުޓުބޯޅަ އިދާރާއިން ބުނެފައި ވަނީ އެފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ގޮތުގައި ނަގައިގެން ބަލާނެ މައްސަލަތަކެއް ކަމަށާއި، ގައުމީ ޓީމުގެ ކުޅުންތެރިއަކާ ގުޅިގެން "ޑޯޕިން" މައްސަލަތަކެއް ފެންމަތިވުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ.

އިނގިރޭސި އެފްއޭއިން އިތުރަށް ބުނެފައި ވަނީ  އިނގިރޭސިވިލާތުގައި ޑޯޕިންގެ މައްސަލަތައް މަދު ކަމަށާއި، އެފަދަ މައްސަލައެއް ޖެހިއްޖެ ނަމަ، ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔަކު ކޮކޭން ބޭނުން ކުރި ނަމަ، އެ ކުޅުންތެރިޔަކީ ކާކުކަން ހޯދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް އެފްއޭއިން ބުންޏެވެ.

އިނގިރޭސި އެފްއޭއިން ބުނެފައި ވަނީ ކޮކޭން ބޭނުން ކުރި ކުޅުންތެރިޔާ ހޯދުމަށް އާންމުގެ މައުލޫމާތަށް އެދޭ ކަމަށާއި، އެއްވެސް މައުލޫމާތެއް އެނގޭނަމަ، ވީހާވެސް އަވަހަކާ އެފްއޭއާ ހިއްސާ ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮން އަލިބެ ތިކަން ކުރީ