ޕްރޮފެޝަނަލް ފުޓުބޯޅައިގައި ކުޅެމުންދާ އެންމެ ދުވަސްވީ ކުޅުންތެރިޔާ، ޖަޕާންގެ ކަޒަޔޯޝީ މިއުރާ (ކިންގް ކާޒޫ)، އަނެއްކާވެސް އެއް އަހަރަށް ކޮންޓްރެކްޓް އާކޮށްފިއެވެ.

ޖަޕާން ލީގުގެ ޔޮކަހާމާ އެފްސީއަށް ކުޅެމުންދާ ކާޒޫއަށް އަންނަ މަހު 52 އަހަރު ފުރޭނެއެވެ. އަދި އަންނަ ސީޒަން ވެގެންދާނީ އޭނާގެ ކެރިއަރުގައި ކުޅޭ 32 ވަނަ ސީޒަނަށެވެ.

އާ ކޮންޓްރެކްޓާއެކު ކާޒޫ ބުނެފައި ވަނީ އަދިވެސް ބޭނުން ވަނީ ކޮންމެ މެޗެއްވެސް ކުޅެން ކަމަށާއި، އަދިވެސް އަމިއްލައަށް ފިޓްކަން އިހުސާސް ކުރެވޭ ކަމަށެވެ.

ޖަޕާނުގެ ޔޯކޮހަމާ އެފްސީއަށް ކުޅެމުން އަންނަ ކާޒޫއަކީ ޖަޕާނުގެ ޤައުމީ ޓީމަށްވެސް ކުޅެދީފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ 1990 އިން ފެށިގެން 2000 ވަނަ އަހަރުގެ ނިޔަލަށް ޖަޕާނުގެ ޤައުމީ ޓީމަށް ކުޅެދީފައެވެ. އެ މުއްދަތުގެ ތެރޭގައި ކާޒޫ ވަނީ ޖަޕާނުގެ ޤައުމީ ޓީމަށް 89 މެޗު ކުޅެދީ 55 ގޯލުވެސް ކާމިޔާބުކޮށްދީފައެވެ.

ކުލަބު ފެންވަރުގައިވެސް ކަޒޫ އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ކެރިއަރު ފެށީ ބްރެޒިލްގެ ސަންޓޯސްއިންނެވެ. އޭގެ އިތުރުން ކާޒޫ ވަނީ 2005 ވަނަ އަހަރުން ފެށިގެން މިހާރު އޭނާ ކުޅެމުން އަންނަ ކުލަބު ކަމަށްވާ ޔޯކޮހަމާ އެފްސީއަށް 300 އެއްހާ މެޗު ކުޅެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު