ކުރިން ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ޑިފެންޑަރަކަށް ކުޅުނު އަބްދުލް ވާހިދު އިބްރާހީމް (ވާޑު)، ޓީސީއާ ގުޅިއްޖެއެވެ.

ވާޑު ޓީސީއާ ގުޅުނުކަން "ވަގުތު" އަށް އޭނާ ޔަގީން ކޮށްދީފައިވާ އިރު، އެންމެފަހުން އޭނާ ފެނުނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އިންނެވެ.

ޓީސީއަށް ސޮއިކުރުމަށްފަހު ވާޑު "ވަގުތު" އަށް ބުނެފައި ވަނީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމަށް ދެވުމުން ހިތްހަމަ ޖެހޭ ކަމަށާއި، ޓީސީއަށް ދިޔައީ ބޮޑު އުންމީދަކާ އެކުގައި ކަމަށެެވެ. އޭގެ އިތުރުން އޭނާ ބުނެފައި ވަނީ ޓީސީއަކީ ކުޅުންތެރިން ކުރިއަރުވަން މަސައްކަތް ކުރާ ޓީމެއް ކަމަށާއި، އެއީ އެ ކްލަބާ ގުޅުނު އެއް ސަބަބެވެ.

ވާޑު ސޮއިކުރުމަށްފަހު ޓީސީގެ ރައީސް، އަދި އެއް ފައުންޑާއާއެކު ---

މީގެ ނުވަ އަހަރުކުރިން 2010 ވަނަ އަހަރު ވެލެންސިއާއިން ތައާރާފް ވެގެންއައި ވާޑުއަކީ ހަލުވި، ސައިޑް ބެކެކެވެ. ވެލެންސިއާއަށް ތިން އަހަރު ކުޅުމަށްފަހު އޭނާ މާޒިޔާއަށް ސީޒަނެއް ކުޅުނެވެ. އެހެން ނަމަވެސް އަނެއްކާވެސް 2015 އަދި 2016 ވަނަ އަހަރު ސީޒަން އޭނާ ކުޅުނީ ވެލެންސިއާއަށެވެ.

2017 ވަނަ އަހަރުގެ ސީޒަނުގައި އއ. މާޅޮސް އަދި ޔޫވީންވެސް ވާޑު ފެނިފައިވެއެވެ.

ޓީސީއާ ވާޑު ގުޅިފައިވާ އިރު، އިއްޔެގެ ވަގުތެއްގައި، ޓީމަށް ފަސް އަހަރު ކޯޗުކަން ކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ އަންނަ ސީޒަނުގައި އެކްލަބުން ނުފެންނާނެ ކަމަށް ބުނެފައެވެ. އެނގިފައިވާ ގޮތުގައި ޓީސީއާއެކު އިތުރަށް ކޮންޓްރެކްޓް ނަހަދަން ނިޒާމްބެ ނިންމީ، ކުރިން ދެ ސީޒަނަށްވުރެ މުސާރަ ކުޑަކުރުމުންނެވެ.