އެފްއޭއެމްއިން ރާވާ އިންތިޒާމް ކުރާ ގޯލްކީޕަރު ކޯޗުން ތަމްރީނު ކުރާ ކޯސް މިއަދު ފަށައިފިއެވެ.

މިއަދު މާލޭގައި ފެށި ކޯހުގައި ޖުމްލަ 28 ފަރާތަކުން ބައިވެރިވެފައިވާ އިރު، ކޯހުގެ މުއްދަތަކީ ފަސް ދުވަހެވެ.

މިއަދު ބޭއްވި ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ވަގުތު އިމޭޖްސް / މުހައްމަދު ިޖިމީ

ޒުވާން ގޯލްކީޕަރުން އުފެއްދުމަށް އެފްއޭއެމްއިން ފެށި މަސައްކަތުގެ ތެރެއިން މިއަދު ފެށި ކޯހުގައި ރާއްޖެގޭ ކޯޗިންގައި ފާހަގަކޮށްލެވޭ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އެފްއޭއެމްއިން މީގެކުރިން ބުނެފައި ވަނީ ރާއްޖޭ ލީގުގައި ހުސް ދިވެހި ގޯލްކީޕަރުން ކުޅުވުމަކީ އެ އިދާރާގެ ބޭނުމެއް ކަމަށާއި، ކޯޗުން އުފެއްދުމަކީ އެކަމަށް މުހިއްމު ބައެއް ކަމަށެވެ.

މިއަދު ބޭއްވި ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ވަގުތު އިމޭޖްސް / މުހައްމަދު ިޖިމީ

މިއަދު ކޯސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ލެޖެންޑްރީ ގޯލްކީޕަރު މައުރޫފް އަހުމަދު (މާއްޓޭ)އެވެ.

މާއްޓޭގެ ފޭސްބުކް ޕޭޖުގައި އޭނާ ބުނެފައި ވަނީ ރަނގަޅު ގޯލްކީޕަރުންނަކީ މަދުން ނޫނީ ނުފެންނަ ބައެއް ކަމަށާއި، އަދި ގޯލްކީޕަރުން އުފެއްދުމުގެ މަސައްކަތަކީ އާންމުކޮށް ނުފެންނަ މަސައްކަތެއް ކަމަށާއި، އެކަމަށް އިސްނެގީތީ އެފްއޭއެމްއަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މި ކޯހާއެކު މުސްތަގުބަލުގައިވެސް ރަނގަޅު ފެންވަރުގެ ކޯސްތައް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް މާއްޓޭ ބުންޏެވެ.

މިއަދު ފެށި ކޯހުގައި ކޯޗުން ތަމްރީނު ކުރާނީ އޭއެފްސީގެ އެލީޓް ގޯލްކީޕަރު ކޯޗު އިންސްޓްްރަކްޓާ ބަޝާރަދު މެހެބޫބީއެވެ.