ކާޑިފް ސިޓީއަށް އަލަށް ސޮއިކުރި އާޖެންޓީނާގެ ފޯވަޑް، އެމިލިއާނޯ ސަލާއާއެކު ދަތުރުކުރަމުންދިޔަ ފްލައިޓެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފްރާންސްގެ އެސްސީ ނަންޓޭސްއިން ކާޑިފްއަށް ރެކޯޑު އަގެއްގައި ސޮއިކުރި އެމިލިއާނޯ ދަތުރު ކުރި ފްލައިޓް ގެއްލިފައި ވަނީ ނަންޓޭސްއިން ކާޑިފްއަށް ދަނިކޮށެވެ. އިނގިރޭސި ޗެނަލްގެ ތެރެއިން ފްލައިޓް ރާޑަރުން ގެއްލުނުކަން އެއާޓްރެފިކް ކޮންޓްރޯލުން ވަނީ ޔަގީން ކޮށްދީފައެވެ.

އެމިލިއާނޯ އެ ފްލައިޓްގައި އިންކަމަށް ފުރަތަމަ ބުނެފައި ވަނީ ނޫސްވެރިއެކެވެ. އެ ހަބަރު ލިބުމާއެކު ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންވެސް އޭނާގެ ހަބަރެއް ލިބޭތޯ މަސައްކަތް ކުރި ނަމަވެސް، އަދި ހަބަރެއް ވެފައެއް ނުވެއެވެ. އެމިލިއާނޯގެ ގާތް ބައެއް ކުޅުންތެރިން ވަނީ އޭނާ ފްލައިޓްގައި ވާކަން ޔަގީން ކޮށްދީފައެވެ.

ކާޑިފް ސިޓީ އަދި ނާންޓޭސްއިންވެސް އަދި ވަކި އެއްޗެއް ބުނެފައި ނުވާ އިރު، އޭނާގެ ހަބަރެއް ނެތުމުން ކްލަބުގެ އިސް އޮފިޝަލުންވެސް އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު