ސްޓޭންޑާޑު ޗާޓާޑު ޑުބާއީ މެރަތަންގައި ދުވެ، 30 އަހަރުން ދަށުގެ އޭޖު ކެޓަގަރީން އެއްވަނަ ހޯދާ، ޝިފާޒް މުހައްމަދު އަނެއްކާވެސް ގައުމީ މެރަތަން ރެކޯޑު އާކޮށްފިއެވެ.

މިއީ ގައުމީ މެރަތަން ރެކޯޑު ޝިފާޒު އާކުރި ހަތަރުވަނަ ފަހަރެވެ. މިއަހަރުގެ މެރަތަން އޭނާ ނިންމާފައި ވަނީ 2 ގަޑި 32:56 ސިކުންތުންނެވެ. މީގެ ކުރިން ޝިފާޒް ހަދާފައިވާ ރެކޯޑަކީ އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރެތަންގައި 2 ގަޑި 35:17 މިނެޓުން ދުވެގެން ހެދި ރެކޯޑެވެ. މިފަހަރުގެ ރެކޯޑަކީ އެ ރެކޯޑަށްވުރެ 2 މިނެޓް 24 ސިކުންތު އަވަސް ރެކޯޑެކެވެ.

ޝިފާޒް އެންމެ ފުރަތަމަ ގައުމީ ރެކޯޑު ހަދާފައި ވަނީ 2017 ވަނަ އަހަރު ނޭޕާލުގެ ކަތަމަންޑޫގައި ދުވެގެންނެވެ. އޭގެ ފަހުން މިދިޔަ އަހަރު ތެރޭގައި އޭނާ ވަނީ އަމިއްލަ ރެކޯޑު ދެފަހަރަށް މުގުރާލާފައެވެ. އެއީ ޑުބާއީ މެރަތަންގެ އިތުރުން އޮސްޓްރޭލިއާ ގޯލްޑް ކޯސްޓްގެ މެރަތަންގައި ދުވެގެންނެވެ.

ރާއްޖޭގައި މެރަތަން ދުވުމުގައި އެންމެ ފާހަގަކޮށްލެވޭ ޝިފާޒް، މިހާރު ތަމްރީނުތައް ފުރިހަމަ ކުރަމުންދަނީ ދުނިޔޭގައި މެރަތަން ދުވުންތެރިންނަށް ހާއްސަ ކެންޔާގައެވެ. އެ ފުރުސަތަކީ ޝީފާޒްއަށް އޭނާގެ ރަހުމަތްތެރިއަކު ހޯދައިދިން މުހިއްމު ފުރުސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފްރެންޑް

    މަރުހަބާ.....?

  2. އަލީ

    ޝީފާޒް އަށް މިހާރު 32 އަހަރު. ވަނަ ލިބުނީ 30 އަހަރުން މަތިން. އިސްލާހު ކޮށްލައްވާ މީތި