ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ލީޑަރޝިޕް ބަދަލުކުރަން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙުމަދު މަހުލޫފު ޓްވިޓަރ ގައި ޕޯލް އެއް ފަށައިފިއެވެ.

އެފްއޭއެމްގެ ރަސްމީ ޓްވިޓަރ ހޭންޑަލް މެންޝަންކޮށް، މަހުލޫފު ޓްވިޓަރ ގައި ފެށި ޕޯލްގައި ވިދާޅުވީ "އެފްއޭއެމްގެ ލީޑަރޝިޕް ބަދަލު ކުރަން ޖެހޭކަމަށް ޤަބޫލު ކުރައްވަންތޯ؟" އެވެ. ޕޯލްގެ އިހުތިޔާރެއްގެ ގޮތުގައިވަނީ "ޔެސް" ނުވަތަ "ނޯ" އެވެ.

އެފްއޭއެމް އާއި މިނިސްޓަރު މަހުލޫފާ ދެމެދު ކޯޅުންތަކެއް، މީގެކުރިންސުރެ އުފެދިފައިވާއިރު އަނެއްކާވެސް އެކަމުގެ އެހެން ކަންތައްތަކެއް މިއަދު ހާމަވެފައިވެއެވެ.

އެގޮތުން، މިއަދު އެފްއޭއެމްގެ ރަސްމީ ޓްވިޓާ ހޭންޑަލްގައި ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ނަންފުޅު ނަހަމަގޮތުގައި ބޭނުންކޮށް، އަދި ކުންފުނިތަކުން ދެމުންދާ މާލީ އެހީ ނުލިބޭނެ ކަމުގެ ބިރު ޔޫތު މިނިސްޓަރު މަހުލޫފު ކްލަބުތަކަށް ދައްކަމުންދާ ކަމަށެވެ.

އެފްއޭއެމްގެ ތެރޭގައި ސިޔާސީ ހަރަކާތް ހިންގާ، ދިވެހި ފުޓުބޯޅައަށް ގެއްލުންވާގޮތަށް އެތައް ކަމެއް ކޮށް، އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަންކަން ކޮށްފައިވާތީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް މަހުލޫފު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަތްދޫނި

    ޙަޤީގަތަކީ ތިޔަ ތަނަކީ ވަރަށް ބޮޑަށް ސިޔާސީ ކުލަ ޖެހިފައިވާ ތަނެއް. ތިޔަކަން ކުރަން މާލަސްވެސް ވެއްޖެ. އެފް އޭ އެމް އިސްލާޙު ކުރަންޖެހޭ.

  2. ޔޫސުފުބެ

    ރަގަޅު އެފްއޭއެމްގެ ވެރިން ބަދަލުކުރަންވީތާ އެތައްދުވަހެއް ވެއްޖެއެވެ ލަސްނުކުރައްވާށެވެ ފެބްރުވަރީ މަހުތެރޭ ބާއްވާށެވެ

  3. ވޮއިސް އޮފް ހުވަދޫ

    ހޭ ކެނޑި މަހުލޫފަކީ މި ރާއްޖޭގެ ޒުވާނުން ނަށް ހުރި ބިރެއް، މިހާރު އެބަލަނީ އެފް އޭ އެމުން ލާރިކާން ، ކީކޭ އަޅެފަހެ ބުނާނީ

  4. އާސި

    ތިޔަތަނުގައި އިންތިހާބީ މީހަކަށް ހުރެވުނަ ނުދިނެންނު. ހުންނަ މީހަކަށް ކަމެއް ނުކުރެވެއެއްނު. ދެއިރުކާ ބޭހެއްހެން ބަދަލުކުރިއަށް ވާކަމެއް ނެތެންނު.