ގައުމީ ވޮލީ ޓީމުގެ ސެޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ޕޮލިސް ކްލަބުގެ ސެޓަރު އަލީ މައުރޫފް (މާއްޓޭ) ގައުމީ ޓީމުން ބޭރު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް ޕޮލިސް ކްލަބުގެ ކޯޗު ހާލިދު މުހައްމަދު ބުނެފިއެވެ.

މާއްޓޭއަކީ 2007 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ރާއްޖޭގެ ގައުމީ ޓީމާއެކު ސެންޓްރަލް ޒޯންގެ މުބާރާތްތަކުގައިވެސް ކުޅެފައެވެ. އަދި ރާއްޖެއިން އެ މުބާރާތުގައި ފުރަތަމަ ރިހި މެޑަލް ހޯދި ސްކޮޑުގައިވެސް އޭނާ ހިމެނެއެވެ.

ގައުމީ ޓީމުގެ މިއަހަރު ސްކޮޑުގެ ޓްރައިލްއަށް އާންމުންނަށްވެސް ފުރުސަތު ހުޅުވާލި އިރު، ނަން ހުށަހަޅަން އޮތީ މިދިޔަ އަހަރު ޑިސެންބަރު 24އިން މިއަހަރު ޖެނުއަރީ 12އަށެވެ. އެ އިއުލާނުގައި ބުނެފައި ވަނީ ގައުމީ ޓީމަށް ކޯޑް އޮފް ކޮންޑަކްޓްގައި ސޮއިކޮށް، އެގުރިމެންޓް ކުރެވިފައިވާ ކުޅުންތެރިން އަލުން ގައުމީ ޓީމުގެ ފުރުސަތަށް އެދެން ނުޖެހޭނެ ކަމަށެވެ.

އެހެން ބުނެފައިވުމުން މާއްޓޭވެސް ނަން ހުށަހަޅާފައެއް ނުވެއެވެ. މިދިޔަ އަހަރުގެ އެކްސިސްޓިން ގައުމީ ސްކޮޑުގައި އޭނާގެ ނަން އޮތް ނަމަވެސް، މިއަހަރުގެ ސްކޮޑުން އޭނާއަށް ޖާގަ ދީފައެއް ނުވެއެވެ. އަދި ޖާގަ ނުދޭކަން ރަސްމީކޮށް އަންގާފައިނުވާ އިރު، އޭނާއަށް އެކަން އެނގުނީވެސް ގައުމީ ޓީމުގެ ކުޅުންތެރިންގެ ބައްދަލުވުމަށް އޭނާއަށް ނުކިޔުމުންނެވެ.

މާއްޓާ ގައުމީ ޓީމާއެކު ---

ގައުމީ ވޮލީ ޓީމުގެ ސީނިއާ ކުޅުންތެރިޔަކު ކުއްލިއަކަށް ސްކޮޑުން ބާކީކުރި އިރު، އެކަމާ ކުރިން މަޝްވަރާވެސް ކޮށްފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާފީ "ވަގުތު"އަށް ވާހަކަ ދައްކަމުން ވިދާޅުވެފައި ވަނީ އެއީ ކޯޗުގެ ސްކޮޑެއް ކަމަށާއި، ގަބޫލުކުރެވޭ ގޮތުގައި ކޯޗު އެގޮތަށް ނިންމީ އަރަމުން އަންނަ ކުޅުންތެރިންނަށް ޖާގަ ދިނުމަށް ކަމަށެވެ. އަދި ގައުމީ ސްކޮޑަކީ އަބަދުވެސް ކޯޗު ބޭނުން ކުޅުންތެރިންނާއެކު އެކުލަވާލާ ސްކޮޑެއް ކަމަށާއި، ކުރިން ނަގާ ސްކޮޑެއް، މުބާރާތް ނިމުމުން ނޯންނާނެ ކަމަށެވެ. އަދި ކުޅުންތެރިޔަކު ސްކޮޑަށް ނުނެގުމުން އެކަން އަންގަން ޖެހޭ އެއްވެސް އުސޫލެއް އެގޮތަށް ނީންނާނެ ކަމަށްވެސް ޝާފީ ފާހަގަކުރެއްވިއެވެ.

ގައުމީ ކޯޗު، މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފައި ވަނީ ޓީމަށް ނަގާނީ 100 ޕަސެންޓް ކޯޗު ބޭނުންވާ ކުޅުންތެރިން ކަމަށާއި، މާއްޓޭ ޓީމަށް ނުނެގީވެސް އަލަށް އަންނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.

މިވަގުތު ޕޮލިސް ކްލަބުގެ ކޯޗު ކަމުގައި ހުރި ހާލިދު "ވަގުތު"އަށް ވާހަކަ ދައްކަމުން ބުނެފައި ވަނީ ގައުމީ ކޯޗުގެ ނިންމުމަށް ފާޑު ކިޔަން ބޭނުން ނޫން ނަމަވެސް، މާއްޓޭ ޓީމުން ބޭރުކުރުން ހިނގާ ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

"މާއްޓޭއަކީ އެގޮތަށް މާ ބޮޑަށް އޭޖުވެފައި ހުރި ކުޅުންތެރިއެއްވެސް ނޫން. ސްކިލް ގޮތުން ބަލާއިރުވެސް ބަޓިސް ނެތްތަނަށް ވަރަށް މުހިއްމު، ތަޖުރިބާކާރު ކުޅުންތެރިއެއް މާއްޓޭއަކީ. އޭނާ ގައުމީ ސްކޮޑުން ބޭރުވާން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލެއް ނުކުރެވޭ. މާއްޓޭއަކީ އެންމެ ޑިސިޕްލިން ރަނގަޅު އެއް ކުޅުންތެރިޔާ. އޭނާ ކުޅެން ބޭނުންވެފައި ހުއްޓާ ސްކޮޑަށް ނުނެގުން އެއީ ކޮން ސަބަބަކާ ހުރެ ކުރި ކަމެއް ކަމެއް ނޭނގެ،" ހާލިދު ބުންޏެވެ.

އުމުރުން 31 އަހަރުގެ މާއްޓާ ރިޓަޔާމަންޓް އިއުލާން ކޮށްފައި ނުވާ އިރު، އޭނާ ރަނގަޅު ފޯމެއްގައި ކުޅެމުން އައިސް މަޑު ޖެހިލީ އަނިޔާގެ ސަބަބުންނެވެ. އެހެން ނަމަވެސް، އަނިޔާއިން ރިކަވާވެ މިހާރު އަންނަނީ އަނެއްކާވެސް ރަނގަޅު ފޯމެއްގައި ކުޅެމުންނެވެ.

ގައުމީ ޓީމަށް އެތައް ދުވަހެއް ވަންދެން، ގައުމަށް ރީތި ނަން ހޯދައިދިނުމަށް ކުޅުނު ކުޅުންތެރިޔަކު ކުއްލިއަކަށް ގައުމީ ސްކޮޑުން ބޭރު ކުރުމަކީ ގިނަ ބަޔަކު އެކަމާ ކަންބޮޑުވާނެ ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ވޮލީ ކުޅުންތެރިޔާ

    އާ ސުކޮޑަކާއި އެކު ގިނަ މުބާރާތްތަކެއް އޮތް އަހަރެއްގަ ގައުމީޓީމްގެ ސުކޮޓައް މަގާމްތަކައް ވާދަކުރެވޭވަރައް ކުޅުންތެރިން ނުނަގާ ސުކޮޑް ނެގުމުން އެނގެނީ ވަކި ކުޅުންތެރިއަކަށް ގައުމީޓީމްއިން ޖާގަދޭން ކޯޗް މަސައްކަތް ކުރާކަން. ކޯޗައްރަންގަޅީ ބުޅީގަ އެންކޮޅު އަޅާދޭމީހާ

  2. ޅަތީފު

    ހާލީ ކޮއްމެ އަހަރަކު މައުރޫފު ޓީމުން ބޭރުކޮއްފަ ބޮޑުއަގުދީފަ ޕޯލިސް ޓީމައް ބޭރުން ސެޓަރެއް ގެންނަނީ ކީއްކުރަން ތޯ؟

  3. ާަައަހުމަދު

    ސުކޮޑައް2 ސެޓަރުންނެގުމަކީ ޒުވާން ކުޅުންތެރިން ނަށް ފުރުސަތު ދިނުމަށްވުރެ ވަކި ކުޅުންތެރިއަކު ޓީމްއަށް އަރުވަން ކުރިކަމެއްކަން ނާގާއޮތް ސުކޮޑުން އެނގޭ

  4. ބުޅިކެ

    މިހާރު އިސްކޮލުން ކުރުސެޓަރުން ލައިގެން ވޮލީކުޅެވޭތޯ؟

  5. ރަދުން

    ލިޔުންތެރިޔަގެ ރަށު ކުޅުންތެރިއެއް ބާކީ ކުރީމާ ދެރަވީތަ ދޮތަ

  6. ވޮލީ ހަލާކް ލަތީފް

    ތިކަން ކޮށްފަ ތިއޮތީ ޒާތީ ވެގެން ނާއި ގަރީބް މެންނަށް ފުރުސަތުދޭން ވެގެން ރައްޓެއްސަކަށްވާތީ

  7. ލޯންގޭ ފޭން

    އަޅުގަނޑުގެ ނަޒަރުގައިވެސް މިހާރު ގައުމީ ޓީމުން ބާކީ ކުރަންޖެހެނީ މިހާރު ނުފުންމާ ސޮޓު ޖަހާ އަދި ނުކުޅެވުނީމަ އަބަދު އެންޖެރީއޭ ކިޔާގެންއުޅޭ ލޯންގޭ

  8. އަލީ

    ވަރަށް ފޮނި ގޮލައެއް ތީ.... ރަގަޅަށް އެހެދީ.

  9. ބީޖީ

    ގައުމީޓީމުކޯޗަޖީ ސާޖިދެއްނޫން. ކުޑަހެންވޭރު ބުމްބާ.
    12އަހަރު ގައުމީޓީމަށް ކުޅޭއިރު ހުންނާނީ ކުޅެވިފަ. ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭންރަނގަޅު. ކުޅުންތެރިން އުފައްދަން އެސޯސިއޭޝަން ކުރާ މަސައްކަތެއް ނެތް. މާއްޓޭ ޕޮލިސްޓީމަށްވެސް ނާރުވާތާ 2 އަހަރު. ދެން ގައުމީޓީމަށް ނާރުވައިގެން ވަގުތު ރަތައް އަރަންވީ ސަބަބެއްކޮބާ؟

  10. ނިހާން ހަމީދު

    ޚކޮންމެހެން ތާ އަބަދައް އެކަކު ވެސް އަބަދު ސްކޮޑްގައި ހުންނާކައް ނުޖެހެ ރަނގަޅު ނިންމުމެއް އެއީ ދެން ކޮންވާހަކައެއް