މިދިޔަ ސީޒަނުގައި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅުނު ތަޖުރިބާކާރު ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ)، އަނެއްކާވެސް އޭނާ ކުރިން ކުޅުނު ކްލަބު ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފިއެވެ.

އަންމަޑޭ ގްރީންއަށް ސޮއިކުރިކަން އެ ކްލަބުން ވަނީ ޔަގީން ކޮށްދީފައެވެ.

ގްރީންއިން ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަން ކުޅުނު އިރު، އަންމަޑޭއަކީ އެޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އެގޮތުން 2017 ވަނަ އަހަރު މާލޭ ލީގުގެ ދެވަނަ ގްރީންއިން ހޯދި އިރު، އަންމަޑޭއަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. ގްރީންގައި ދެއްކި ކުޅުމާއެކު ދުވަސްތަކެއް ފަހުން އޭނާއަށް ގައުމީ ޓީމުންވެސް ޖާގަ ލިބިފައިވެއެވެ.

އުމުރުން 30 އަހަރުގެ އަންމަޑޭ ފުރަތަމަ ޑިވިޝަނަށް ތައާރަފްވީ ކްލަބު އީގަލްސްއިންނެވެ. އޭގެފަހުން މާޒިޔާގައި އޭނާ މޮޅު ކުޅުމެއް ދައްކާފައިވާ އިރު، 2009 ވަނަ އަހަރުން ފެށިގެން އޭނާ ގައުމީ ޓީމަށް ކުޅެމުންދިޔައެވެ. އެގޮތުން 2012 ވަނަ އަހަރު ނޭޕާލުގައި ކުޅުނު ނެހުރޫ ކަޕްގައި އަންމަޑޭ ފެނިގެދިޔައެވެ.

ގްރީންއިން ޓީމު ވަރުގަދަ ކުރަމުންދާ އިރު، އެ ކްލަބަށް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން ތަޖުރިބާކާރު ކޯޗު، އަލީ ސުޒައިން ވަނީ ކްލަބުގައި މަޑުކުރަން ނިންމާފައެވެ.