މިދިޔަ ސީޒަންގައި ނިއު ރޭޑިއަންޓަށް ކުޅުނު އަފްގާނިސްތާން ޑިފެންޑަރު ޒޯހިބް އިސްލާމް އަމީރީއަށް 45،636 ޑޮލަރު ދިނުމަށް ފީފާއިން އަންގައިފިއެވެ.

ފީފާގެ ޑިސްޕައިޓް ރިސޮލިއުޝަން ޗެމްބާއަށް އަމީރީ ހުށަހެޅި މުސާރައިގެ މައްސަލައިގައި ނިންމި ނިންމުގައި އަމީރީއަށް އެ އަދަދު ދޭން އަންގާފައި ވަނީ 45 ދުވަހުގެ ތެރޭގައެވެ. ނިއުއިން އަމީރީއަށް ދޭން ޖެހޭ މުސާރައިގެ 13،250 ޑޮލަރު އިންޓަރެސްޓާއެކު ދެއްކުމަށް ފީފާއިން އަންގާފައިވާ އިރު، ކޮންޓްރެކްޓާ ހިލާފުވުމުން ނިއުއިން އަމީރީއަށް 30،130 އަދި އޭގެވެސް ފަސް ޕަސެންޓް އިންޓްރެސްޓް ދޭން ޖެހެއެވެ.

ނިއުއަށް ބުނެފައިވާ މުއްދަތުގައި އެ އަދަދަށް ފައިސާ ނުދެއްކިއްޖެ ނަމަ، ކްލަބަށް އެއްވެސް ކުޅުންތެރިޔަކު ރަޖިސްޓްރީ ނުކުރެވޭނެ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ބެލެވެއެވެ.

ނިއުއިން މިދިޔަ ސީޒަންގައި އެ ކްލަބަށް ކުޅުނު ލޯކަލް 10 ކުޅުންތެރިއެއްގެ މުސާރައިގެ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން އެފްއޭއެމްއިން ވަނީ އެ ކްލަބު ސަސްޕެންޑް ކޮށްފައެވެ. މިދިޔަ ސީޒަންގައި ނިއުއަށް މުސާރައިގެ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ އިރު، އަމީރީ ވަނީ ސީޒަން މެދުތެރެއިން ކްލަބު ދޫކޮށް ގޮސްފައެވެ.

އަމީރީ އޭރު ބުނެފައި ވަނީ ނިއުއިން ދޭން ޖެހޭ މުސާރަ ނުދީ އޮތް ކަމަށާއި، ކޮންޓްރެކްޓާ ހިލާފަށް އޭނާ ދިރިއުޅުނު އެޕާޓްމަންޓްވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، ނިއުއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަސަލަމަގަ

    މިފަހަރު ނިއުރޭޑިއަންޓް މެނޭޖްމަންޓް އަދި މަހްލޫފް ބުނާނީ ކީކޭ. ހުރިހާ ކަމެއްވެސް މިމީހުން މިހުންނަނީ މިހެން. ގައިމު ފީފާ އައް ޗުއްޕުވެސް ބުނަން ނުކެރޭނެ

  2. ގައްދޫ ސޮރު

    މިހާރު މަ ނިއުދެކެ ކިތައްެމެ ލޯބިވިޔަސް ނިއުއަކީ ދެފުށްކެހެރި ދޮގު ހަދާބައެއްކަން އެގިއްޖެ.މަ ހީުރީ އަސްލު އެފް.އޭ ކަމަށް ކުރިން ގޯހީ.އެކަމަކު މިހާރު އެބަ އިގޭ މި އުޅޭ ކުޅިވަރު މިނަސްޓަރާއި އެކު ޑިލެއް ހަދައިގެން މިޙުންނަށް ދޭން ޖެހޭ މުސާރަކޮޅު ނުދީ ހިފެހެއްޓީ އޭ.ގައިމު ފީފާ އިން ނާްންގާނެ ދޯ މިތާ ހުންނަ ބައްސާމު ކިޠާ ސޮރެއްގެ ބަހަށް ކަންތަކެއް،މަހޭމެން ބޮޑުވީމަ ރަގަޅުވާނެ.މާ ބޮޑަށް ތެޅެންޏާ ހުޅުބުދާލެއް އަވަސްވާނެ.ލައްކަ ވާހަކަ

  3. މެސީ

    ބައްސާމު ކަންތަކޭ މީ... ބައްސާމު އިސްތިއުފާ ދެނީ ކޮންއިރަކުން.. ވޯޓްލާން އުޅޭތީ ނިއުރޭޑިއަންޓް ދުއްވާލަން ކުރާކަމެކޭ މީ... އަމީރީ ސަހަރައް ފޮނުވާފަ އިންނާނީ ދޭންޖެހޭ އެއްޗެއް ދީފަ...