ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާއި މެދުއަވަށު ޒުވާނުން އިންތިޒާމް ކޮށްގެން ބާއްވާ، ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގައި ރޭ ކުޅުނު މެޗުތަކުން އެމްއެންޑީއެފް، މާންދޫ ރެކްރިއޭޝަނަލް ފުޓްސަލް ކްލަބު (އެމްއާރްއެފްސީ) އަދި ބަނޑު އެފްސީން ފެށުން ރަނގަޅު ކޮށްފިއެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް ރޭ ފަށައިދިން މުބާރާތުގެ ފުރަތަމަ މެޗުގައި އެމްއެންޑީއެފްއިން ނުކުތީ ފިއުޗާ ވެޓެރަންސްއާ ދެކޮޅަށެވެ. ގްރޫޕް އޭގެ އެ މެޗު 4-2ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމްއެންޑީއެފްއެވެ.

މެޗުގައި ފިއުޗާ ވެޓެރަންސްގެ ފުރަތަމަ ގޯލް އަލީ ހުސައިން ޖެހި އިރު، އެޓީމުގެ ދެވަނަ ގޯލަކީ އެމްއެންޑީއެފްގެ އަލީ ސާމިސް (ތޮއްޕެ) އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގައި އެމްއެންޑީއެފްއަށް ގޯލްތައް ޖަހާ ދިނީ އަލީ ނާޝިދު، އަބްދުލް މަސީހު އަދި މުހައްމަދު ނިޒާރެވެ. އޭގެ ތެރެއިން އަލީ ނާޝިދު ވަނީ ދެ ގޯލް ޖަހާފައެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައިވެސް ވާދަކުރީ ގްރޫޕް އޭގެ ދެ ޓީމެވެ. ކުއެންޓަމްއާއި މާންދު ވާދަކުރި މެޗު، މާންދުއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. ކުއެންޓަމްގެ ހަމައެކަނި ގޯލް މުހައްމަދު އަނަސް ކާމިޔާބުކޮށްދިން އިރު، މާންދޫގެ ހުސައިން ސުޒާން ވަނީ ދެ ގޯލް ކާމިޔާބުކޮށްދީފައެވެ. އެޓީމުގެ އަނެއް ގޯލް ޖަހައިދިނީ އަހުމަދު އައްސަދެވެ.

ގްރޫޕް ބީގައި ރޭ ކުޅުނު މެޗުގައި ބަނޑު އެފްސީން ނުކުތީ ޔޫތު އެކަޑެމީއާ ދެކޮޅަށެވެ. ފޯރިގަދަ މެޗު، 3-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަނޑު އެފްސީއެވެ. މެޗުގެ ތިން ގޯލްގެ ތެރެއިން ޖެހީ ހައްޔާން ޝަރީފެވެ.

އެޓީމުގެ އަނެއް ގޯލް ޖެހީ ހުސައިން ރިޒާއެވެ.

މުބާރާތުގެ މެޗުތައް ކުޅެފައި ވަނީ ފޮަނަދޫ ފުޓްސަލް ދަނޑުގައެވެ. މެޗުތައް ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެފައިވާކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގައި މާދަމާ ކުޅޭނެ މެޗުތައް:

16:15 އެލްވައިއެމް - އެފްސީ ގައިތަންޑޭ

17:30 ލެކްރޮސް - ޖީސްޓާ

20:30 ނިއު ހޯމް ސިޓީ - ފޮނަދޫ ޕޮލިސް

21:30 ކުއެންޓަމް - ފިއުޗާ ވެޓެރަންސް

22:30 މާންދު - އެމްއެންޑީއެފް