ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، (އެފްއޭއެމްގެ) ކަންކަމުގެ ތެރެއަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ކަމަށްވާ ނަމަ، ފީފާއިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.

އެފްއޭއެމްގެ އެކްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދި، މިދިޔަ ހަފްތާ ތެރޭގައި ވިކްޓަރީން އެފްއޭއެމްއަށް ސިޓީ ހުށަހަޅާފައިވާ އިރު، އެ ސިޓީގައި ގިނަ ކްލަބުތަކުން ސޮއިކޮށްފައިވާ ކަމަށް ކްލަބުން މައުލޫމާތު ދީފައިވެއެވެ. އެފްއޭއެމްއާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ އިރު، އެފްއޭއެމްއިން ތުހުމަތު ކޮށްފައި ވަނީ ކްލަބުތަކުން ސިޓީގައި ސޮއިކޮށްފައި ވަނީ ޔޫތު މިނިސްޓަރުގެ ނުފޫޒުން ކަމަށެވެ.

ޔޫތު މިނިސްޓަރު ވިދާޅުވެފައި ވަނީ އެފްއޭއެމްގެ ތެރޭގައި ސިޔާސީ ކަންތައްތަކެއް ހިނގާ ކަމަށާއި، ފައިސާގެ މުއާމަލާތްތަކުގައިވެސް ސުވާލު އުފެދޭ ކަންކަން ހުރި ކަމަށެވެ. އެފަދަ ތުހުމަތުތަކެއް ކޮށް، ސަރުކާރަށް އެއްބާރުލުން ނުދޭނެ ނަމަ، ކްލަބުތަކަށް ދޭ ފައިސާގެ އެހީތެރިކަން ނުދޭނެ ކަމުގެ އިޝާރާތެއްވެސް މަހުލޫފު ވަނީ ދީފައެވެ.

އެފަދަ ގޮތަކަށް އެފްއޭއެމްގެ ކަންކަމުގައި ޔޫތު މިނިސްޓަރު މަހުލޫފު ވާހަކަ ދައްކާފައިވާ އިރު، ވިކްޓަރީގެ ސިޓީއާ ގުޅިގެން އެފްއޭއެމްއިން ފީފާގެ ލަފާއަކަށް އެދުމާއެކު ފީފާއިން ވަނީ އެފްއޭއެމްއަށް ހާއްސަ ސިޓީއެއް ފޮނުވާފައެވެ.

މަހުލޫފު (ކ) އަދި ބައްސާމް (ވ) ----

ފީފާގެ ސިޓީގައި ބުނެފައި ވަނީ އެކްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ކްލަބުން ގޮވާލި އިރު، އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާއެއް ބޭއްވުމަށް މިހާރުވެސް އެފްއޭއެމްއިން އިއުލާން ކޮށްފައިވުމާއެކު، އެކްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ދިޔުމަކީ އެންމެ އެކަށޭނެ ގޮތެއް ނޫން ކަމަށެވެ. އަދި އެ ކޮންގްރެސްގައި ކްލަބުތަކުން ބޭނުންވާ ހިޔާލު ފާޅުކުރުމަށް ފުރުސަތު ލިބޭނެތީ ފީފާގެ އިރުޝާދުގެ ދަށުން މާޗު 25 ވަނަ ދުވަހު ކޮންގްރެސް ބާއްވަންވެސް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.

އޭގެ އިތުރން ފީފާއިން ބުނެފައި ވަނީ ވިކްޓަރީން އެދިފައިވާ ނޯމަލައިޒޭޝަން ކޮމެޓީ އުފެއްދުމަކީ ހަމައެކަނި ފީފާގެ އިހްތިސާސެއްކަމަށެވެ. އެހެން ކަމުން އެ ކަމަކީ އެފްއޭއެމްގެ ގަވާއިދާ ފުށުއަރާ ކަމެއް ކަމަށްވުމުން ވިކްޓަރީގެ އެ އެދިލެއްވުމަށް އެފްއޭއެމްއިން އަމަލު ނުކުރާނެ ކަމަށް އެފްއޭއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓަރ މަހްލޫފް
މިނިސްޓަރ މަހްލޫފް

އެފްއޭއެމްއިން ބުނެފައި ވަނީ ކުޅިވަރާ ބެހޭ ވުޒާރާއިން، އެފްއޭއެމްގެ އެއްވެސް މައްސަލައެއް ބަލާ ކަމަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށާއި، ޔޫތު މިނިސްޓަރު އެފްއޭއެމްގެ ކަންކަމުގައި މިހާރު އަމަލު ކުރަމުންދާ ގޮތަށް އަމަލު ކުރާނަމަ ފީފާއިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރި ދީފައިވާ ކަމަށެވެ.

ފީފާގެ ޖެނެރަލް ސެކްރެޓަރީ ފަޓްމާ ސަމޯރާ ސޮއިކޮށް ފޮނުވާފައިވާ ސިޓީގައި ފީފާގެ މާއްދާތަކާ ހަވާލާދީ، ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ކަންކަމަކަށް އިތުރު ފަރާތެއް، ތިންވަނަ ފަރާތަކުން ވަންނަން އިތުރަށް މަސައްކަތް ކުރާނަމަ، ސަސްޕެންޑް ކޮށްފާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ތީ މަހުލޫފުގެ މަންބަފައިގެ ތަރިކަ މުދާ.

  2. ރީލޯޑޭ

    ކޮބަ ސީލެވިއްޖެ އެއްނު 33000 ރީލޯޑޭ

  3. މޯދީ

    ހާސްނުވޭ ބައްސާމް. ތިޔަ މަހުލޫޓު މިހާރު އެވަނީ މީހުނާ ދިމާލަށް ނުހައްގުން ވަގަށް ގޮވާ ގޮވާ އެންމެ ފަހުން ވަގު ލާރިގަނޑެއްގެ ދަށުވެފަ.

    • ނަފާ

      ދެން މި އެފްއޭއެމްވެ ބައްސލޫޓު ގެ އެކައުންޓަށް ވަތް ފައިސާޔޯ؟... ސަސްޕެންޑުވިޔަސް އެފްއޭއެމްފިއްތާލަންޖެހޭ

  4. ފިކުރާ

    މިކަހަލަ ކޮތަރުގެ ވިސްނުންވެސް ނުހުންނަ މަހޫލޫފުމެންކަހަލަ ރޯނުއެދުރުންނައް މިނިސްޓަރުކަން ދިނީމަ މިޔޮއްގެން ފަލީހަތް ވަނީ ގައުމު ނޫންތޯއެވެ. މިކަމާއި ޚިޔާލެއް ފިކުރެއްކޮއް ގައުމު މިވާ ފަލީހަތުން ސަލާމަތްކުރަން ފިޔަވަޅެއް އަޅާނެ ވެރިޔަކު..ރައީސަކު.. އަދި ރައްޔިތެއް މިރާއްޖެއަކުން ނުފެނެއެވެ. ހުސް މިތިބީ 70 މޫނުގެ ވެރީންނެވެ.. ސަހަލަ ހަމަ އެކަކުވެސް ނެތޭ ބުންޏަަސް ހެވެ.. ރާއްޖެ މިގޮތައް މާގިނަ ޒަމާނަކު ގައުމެއްގެ ގޮތުގަ ނޯންނާނެކަން ސޯސިއޯލޮޖީގެ އިލްމުގެ މައްޗައް ބިނާކޮއް ތަސައްވުރުއެބަ ކުރެއެވެ. މިއީ މޮޑަން ހިސްޓަރީގައި ސުލްހަވެރިކޮއް އޮތް ގައުމެއް އަމިއްލަ ރައްޔިތުންނާއި ސަރުކާރުގެ ކަރަޕްޝަނުން ނެތިގެންދާނެ ފުރަތަމަ ގައުމައް ވުން އެކަށީގެންވެއެެވެ.