ޖުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވަޑް ޕައުލޯ ޑީބާލާ ފޮނުވާލުމަށްފަހު، ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުހައްމަދު ސަލާހް ގެންދަން ޔުވެންޓައިން ތައްޔާރުވާކަމަށް އިޓަލީގެ ނޫހެއް ކަމަށްވާ ޓުއްޓޮސް ސްޕޯޓްއިން ބުނެފިއެވެ.

ޑީބާލާ ލިވަޕޫލަށް ދިނުމަށްފަހު ޔުވެންޓަސްއިން އޭނާ ގެންދަން ބޭނުން ވަނީ އިތުރަށް 43.9 މިލިއަން ޕައުންޑް ދިނުމަށް ފަހުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ސަލާހަކީ މިސްރުގެ ގައުމީ ބަތަލެއްގެ ދަރަޖަ ލިބިފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ 2017 ޕްރިމިއާލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އަދި މިއަހަރު ހޮވި އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް ލިބުނީ އޭނައަށެވެ.

މިދިޔަ ޓަރާންސްފާ ސީޒަނުގައިވެސް ރެއާލް މެޑްރިޑުން ސަލާހު ގެންދަން މަސައްކަތް ކުރި ކަމަށް އަޑުތައް ފެތުރިފައިވެއެވެ.

ޑިބާލާއަށް ބައެއް މެޗުތަކުގައި ޔުވެންޓަސްގެ ފުރަތަމަ 11އިން ޖާގަ ގެއްލުނު އިރު، މި ސީޒަނަށް އެ ކްލަބަށް ގެނައި ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ޑިބާލާގެ ވިދުން ވަނީ ކޮންމެވެސް ވަރަކަށް ފަނޑުވެފައެވެ.