މި ދިޔަ ބުރާސްފަތި ދުވަހު މެލްމޯ އެސްސީއާ ދެކޮޅަށް ޗެލްސީއިން ކުޅުނު މެޗްގައި ޗެލްސީގެ ތަރި އެޑެން ހަޒާޑް ގައިގައި ބައްދާލުމަށް ސަޕޯޓަރަކު ދަނަޑަށް އެރި މައްސަލަ ޔޫއެފާއިން ތަހުގީގު ކުރަން ފަށައިފިއެވެ.

ހެޒާޑް ދަނޑަށް އެރީ މެޗް ގެ ދެވަނަހާފް ގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މި މެޗް އަކީ ޔޫރަޕާލީގުގެ ރައުންޑް އޮފް 32 ގެ ފުރަތަމަ މެޗުގައި ޗެލްސީން ސްވިޑަންގައި ކުޅުނު މެޗެކެވެ.

އެމީހާ ދަނޑަށް އަރާ ހެޒާޑް ގައިގައި ބެއްދި ގޮތަށް ދޫކުރީ ހެޒާޑްގެ ޖާޒީ ދިނުމުންނެވެ. ހެޒާޑް ބުނީ އޭނާ ދެކޭ ގޮތުގައި އެއީ އެވަރު ކަމެއް ނޫން ކަމަށާއި، އޭނަ އެދުނީ ޖާޒީ އަށް ކަމަށެވެ.

ޔޫރޮޕާ ލީގުގައި މެލްމޯ އެސްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ދަނޑަށް މީހަކު އެރި މައްސަލައިގެ އިތުރުން ސަޕޯޓަރުން އެއްޗެހި އުކި މައްސަލައެއް ޔޫއެފާއިން ބަލަން ފަށާފައިވާ އިރު، އެކަމުގައި ޖަވާބުދާރީ ވުމަށް ޗެލްސީއާއި މަލްމޯއަށްވެސް ޔޫއެފާއިން ވަނީ އަންގާފައެވެ.

މެލްމޯ އެސްސީ ވަނީ ދަނޑުގައި ބަޑިބޭސް ބޭނުންކޮށް ރޮއެކުރުމުގެ އިތުރުން އެއްޗިހި އުކި މައްސަލައިގަިއ ޖަވާބުދާރީވާން ޖެހިފައެވެ.

އެ މައްސަލާގައި މި ހަފްތާ ތެރޭ ޖަވާބުދާރީވާން ޖެހޭ އިރު، މައްސަލަ ނިންމާނީ މަމިމަހު 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު