ފްރާންސްގެ ނަންޓޭސްގައި ވިދާލާ، ރެކޯޑު ޓްރާންސްފާއެއްގައި އިނގިރޭސިވިލާތުގެ ކާޑިފްއަށް ސޮއި ކުރި އެމިލިއާނޯ ސަލާއާއި އޭނާގެ ފްލައިޓް ދުއްވަމުންދިޔަ ޕައިލެޓް އިބަޓްސަންގެ ފްލައިޓް އިންގްލިޝް ޗެނަލްގެ ތެރެއަށް ގެއްލުނީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

އެ ދުވަހާއެކު މުޅި ފުޓުބޯޅައާއިލާއިންވެސް ސަލާ ގެއްލުމުގެ ހިތާމައިގައި ބައިވެރިވަމުންދާ އިރު، ސަލާގެ ހަށިގަނޑު ފެނިފައި ވަނީ ކަނޑުއަޑިއަށް ގެއްލުނު ފްލައިޓްގެ ތެރެއިންނެވެ. އޭނާގެ ހަށިގަނޑަށް އަނިޔާތަކެއް ލިބިފައިވާ އިރު، އިނގިލީގެ ނިޝާނުގެ އެހީގައި ހަށިގަނޑު ވަނީ ދެނެގަނެފައެވެ.

ސަލާގް ފްލައިޓް ދުއްވި ކެޕްޓަންގެ ހަށިގަނޑު އަދިވެސް ފެނިފައިނުވާ އިރު، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މިދިޔަ ހުކުރު ދުވަހު ސަލާގެ ހަށިގަނޑު އޭނާގެ އުފަން ރަށް، އާޖެންޓީނާގެ ޕްރޮގްރެސޯއަށް ގެންގޮސްފައިވާ އިރު، އިއްޔެ ވަނީ ޖަނާޒާ ބާއްވާފައެވެ. ޖަނާޒާގައި ސަލާގެ އާއިލާއާއި އޭނާގެ ފުރަތަމަ އެކަޑެމީ އަދި މުޅި އެ ރަށުގެ އެންމެން ބައިވެރިވެފައިވާ އިރު، ކާޑިފްގެ ކޯޗު އަދި ވެރިޔާވެސް ބައިވެރިވެފައިވެއެވެ.

"ސަލާއަކީ އާއިލާގެ މެމްބަރެއް. ސަލާގެ ފްލައިޓް ގެއްލުމަށްފަހު މި އަވަށް އޮތީ އަނދިރި ކަމެއްގެ ތެރޭގައި. މިއީ އިންތިހާއަށް ދެރަވި ހާދިސާއެއް،" ސަލާގެ ގޭގެ ކައިރީގައި ދިރިއުޅޭ މީހަކުން ބުނެފައިވެއެވެ.

ސަލާގެ ބައްޕަ ---

ސަލާގެ ފުރަތަމަ ކްލަބު ސެން މާޓިން ޑި ޕްރެގްރެސޯގެ ރައީސް ޑެނިއަލް ރިބެރޯ ބުނެފައި ވަނީ ސަލާއަކީ އެ ރަށުގެ އެންމެ ބޮޑު ސްޓާރު ކަމަށާއި، އޭނާއަކީ މުޅި ހިސާބުގަނޑުގެ ރަމްޒެއް ކަމަށެވެ. އަދި ކްލަބުގެ ތާރީހުގައިވެސް އެންމެ ފުރަތަމަ ޕްރޮފެޝަނަލް ލެވެލްއަށް ދިޔަ ކުޅުންތެރިޔަކީވެސް ސަލާކަށް އޭނާ ބުންޏެވެ.

އޭނާ ބުނެފައި ވަނީ ސަލާއަކީ ކްލަބުގެ ރަމްޒު ކަމަށާއި، އޭނާ ކްލަބު ދޫކޮށް ދިޔަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ސަލާއަކީ އެ ކްލަބުގެ އެންމެ ބޮޑު ރަމްޒު ކަމަށް ރިބެރޯ ބުންޏެވެ.

ކާޑިފްގެ ވެރިޔާ ޗޫ ބުނެފައި ވަނީ އެޓީމަށް ލިބިފައި ވަނީ ފުން ހިތާމައެއް ކަމަށާއި، މިވަގުތު އާިއލާއަށް ވަގުތުދީ، އާއިލާގެ އަމިއްލަ ކަންކަމަށް އެއްވެސް ބަޔަކު އަރިނުގަތުމަށެވެ.

ކިޔުންތެރިންގެ ހިޔާލު