"ރޯޑް ޓު ބާސެލޯނާ" ގެ ނަމުގައި ބާސެލޯނާއަށްގޮސް ފުޓްބޯޅައިގެ ހުނަރު އުގެނުމުގެ ފުރުސަތު ދިވެހި ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) އާއި މައިލޯ އިން ގުޅިގެން ފައްޓައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ރާއްޖެގައި ތިބި ފުޓްބޯޅައަށް މޮޅު ކުދިން ފާހަގަކޮށް އޭގެ ތެރެއިން ހޮވާލެވޭ އެކުދިން ސްޕެއިންގެ ބާސެލޯނާއަށް ގެންގޮސް ބާސެލޯނާގެ މަސްހޫރު ކުޅުންތެރިންގެ ފަރާތުންނާއި ޔުއެފާގެ މޮޅު ކޯޗުންގެ އިރުޝާދުގެ ދަށުން ތަމްރީނުތަކެއް ދެވޭނެއެވެ.

މައިލޯ އަކީ އަބަދުވެސް ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ނުހަނު ގިނަ މަސައްކަތެއް ކުރަމުން އަންނަ ފަރާތެކެވެ. އެގޮތުން މައިލޯ އިން ވަނީ އިންޓަރ ސްކޫލް ގިނަ މުބާރާތްތަކެއް ސްޕޮންސަރ ކޮށްފައެވެ. އަދި އޭގެ އިތުރުން ބައިވެރިވާ ޓީމްތަކަށް ޖާޒީވެސް މައިލޯގެ ފަރާތުން ފޯރުކޮށްދެއެވެ.

ފުޓްބޯޅަ ކުލަބް ބާސެލޯނާގެ ރަސްމީ ސޮޕޮންސަރެއްގެ ގޮތުގައި ދާދި ފަހުން މައިލޯ ހަމަޖެހިފައިވާއިރު މައިލޯއިން ބުނީ "ރޯޑް ޓު ބާސެލޯނާ" އާއި އެކު ސައުތު އޭސިޔާގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އެފްއޭއެމް އިން ބުނީ "ރޯޑް ޓު ބާސެލޯނާ" ގެ ދަށުން ކުދިން ނެގުމުގެ ހަރަކާތްތަށް ވަރަށް އަވަހަށް ކުރިޔަށް ގެންދާނެ ކަމަށާއި އެކަމާއި ގުޅޭ ައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށެވެ.