އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާއ ބާންލީ ވާދަކުރި މެޗުން ޓޮޓެންހަމް ބަލިވެއްޖެއެވެ.

ޓޮޓެންހަމްއިން ރަށުން ބޭރުގައި މިރޭ ކުޅުނު މެޗުް އެޓީމު ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. ޖެނުއަރީ މަހު އިންގްލެންޑް ކެޕްޓަން ކޭންއަށް ލިބުނު އަނިޔާއާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށްފަހު އޭނާ އެނބުރި އައި މެޗަކީ މިރޭގެ މެޗެވެ. މެޗުގައި އޭނާ ގޯލް ޖެހި ނަމަވެސް، ނިންމާލަން ޖެހުނީ ޓޮޓެންހަމްއަށް އުނދަގޫ ނަތީޖައަކާ އެކުގައެވެ.

މިރޭގެ މެޗުން ލިބުނު ނަތީޖާއާއެކު ޓޮޓެންހަމްއަށް 27 މެޗުން 60 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 27 މެޗުން ލިބެނީ 65 ޕޮއިންޓެވެ. ލިވަޕޫލްއިން މެޗެއް މަދުން ކުޅުނު އިރު، އެވަރަށް ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް ޔުނައިޓެޑަށް 26 މެޗުން ލިބެނީ 51 ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހާފް 0-0އިން ނިމުނު އިރު، 57 ވަނަ މިނެޓުގައި ބާންލީއިން ލީޑު ނެގިއެވެ. ޑްވައިޓް މެކްނީލްގެ ކޯނަރު، ގޯލަށް ވައްދާލީ ކްރިސް ވުޑެވެ. އެ ގޯލާއެކު ބާންލީއަށް ހަމަ ޖެހި ނުލެވެނީސް ޓޮޓެންހަމްއިން ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ޓޮމް ހީޓަން ހުރަސް ކޮށްދިން ބޯޅަ ގޯލަށް ވައްދާލީ އަނިޔާއިން ސަލާމަތްވެ ކުޅެމުންދިޔަ ކޭންއެވެ.

މެޗު ނިމެން ދަނިކޮށް އެޝްލީ ބާންސް ބާންލީއަށް ލީޑު ނަގައިދިން އިރު، މެޗުން ބަލިވުމުން ޓޮޓެންހަމްގެ ކޯޗު، ޕޮކެޓީނޯ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.