ފްރާންސްގެ ނަންޓޭސްގައި ވިދާލާ، ރެކޯޑު ޓްރާންސްފާއެއްގައި އިނގިރޭސިވިލާތުގެ ކާޑިފްއަށް ސޮއި ކުރި އެމިލިއާނޯ ސަލާއާއި އޭނާގެ ފްލައިޓް ދުއްވަމުންދިޔަ ޕައިލެޓް އިބަޓްސަންގެ ފްލައިޓް އިންގްލިޝް ޗެނަލްގެ ތެރެއަށް ގެއްލުނީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

އެ ދުވަހާއެކު މުޅި ފުޓުބޯޅައާއިލާއިންވެސް ސަލާ ގެއްލުމުގެ ހިތާމައިގައި ބައިވެރިވަމުންދާ އިރު، ސަލާގެ ހަށިގަނޑު ފެނިފައި ވަނީ ކަނޑުއަޑިއަށް ގެއްލުނު ފްލައިޓްގެ ތެރެއިންނެވެ. އޭނާގެ ހަށިގަނޑަށް އަނިޔާތަކެއް ލިބިފައިވާ އިރު، އިނގިލީގެ ނިޝާނުގެ އެހީގައި ހަށިގަނޑު ވަނީ ދެނެގަނެފައެވެ.

ސަލާގް ފްލައިޓް ދުއްވި ކެޕްޓަންގެ ހަށިގަނޑު އަދިވެސް ފެނިފައިނުވާ އިރު، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ސަލާގެ ބައްޕަ ---

ސަލާގެ ޖަނާޒާވެސް ބާއްވާފައިވާ އިރު، އޭނާގެ ފްލައިޓް ވެއްޓުމުގެ ތަހިގީގު ދަނީ ކުރިއަށެވެ. ތަހުގީގީ ރިޕޯޓް އަދި ހާމަކޮށްފައި ނުވި ނަމަވެސް، އާޖެންޓީނާގެ ނޫސްވެރިއެއް ކަމަށްވާ ކްރިސްޓިއަން މާޓިން ވަނީ ފްލައިޓް ވެއްޓުމުގައި ޕައިލެޓް އިބަޓްސަންގެ އިހުމާލުތަކެއް ވާކަމަށް ތުހުމަތުތަކެއް ކޮށްފައެވެ.

ފުރަތަމަ ކަމަކަށް އެރެއަކީ އިންގްލިޝް ޗެނަލަށް ފުސް ބޯ އަދި ފިނި ގަދަ ރެއަކަށްވީ އިރު، ފުސްގަނޑު ބޯ ސަރަހައްދުތަކުގައި ފްލައިޓް ދަތުރުކުރުމަށް ޕައިލެޓުން ހާއްސަ ވަސީލަތެއް ބޭނުން ކުރަން ޖެހެއެވެ. އެގޮތުން ވިޝުއަލް ފްލައިޓް ރޫލްގެ ބަދަލުގައި އިންސްޓްރޫމެންޓަލް ފްލައިޓް ރޫލްސް ބޭނުން ކުރަން ޖެހޭ އިރު، ސަލާގެ ފްލައިޓް ކެޕްޓަން އެ ބޭނުން ކޮށްފައި ނުވާ ކަމަށް މާޓިން ބުނެފައިވެއެވެ.

އިބަޓްސަންގެ ލައިސަންސް----

ދެވަނަ ކަމަކަށް އޭނާ ފާހަގަކޮށްފައި ވަނީ އިބަޓްސަންގެ ލައިސަންސެވެ. އޭނާއަކީ ޕްރައިވެޓް ލައިސަންސެއް އޮންނަ ޕައިލެޓެކެވެ. ޕްރައިވެޓް ލައިސަންސްގައި ފަސެންޖަރުން އުފުލުގެ ހުއްދައެއް ނޯންނާނެއެވެ. ފަސެންޖަރުން އުފުލޭނީ ކޮމާޝިއަލް ލައިސަންސް އޮންނަ ޕައިލެޓަކަށެވެ.

މާޓިން އިތުރުަށް ބުނެފައި ވަނީ ފްލައިޓް ޕްލޭންގައި އިބަޓްސަން، ފްލައިޓް ނަންބަރުވެސް ނުބައިކޮށް ޖަހާފައިވާ ކަމަށެވެ.

އިބަަޓްސަން ---

އިންވެސްޓިގޭޓިވް ޖާނަލިސްޓް މާޓިން އެފަދަ ރިޕޯޓުތެއް ލިޔެފައިވާ އިރު، އޭނާ ވަނީ ޑޮކިއުމަންޓްތަކާއެކު ހެކިތައްވެސް ދައްކާފައެވެ.