ފުޓުބޯޅައިގެ މައި އިދާރާ ފީފާއާއި، ސަރަހައްދީ ފުޓުބޯޅައިގެ މައި އިދާރާތަކުން ބާރު ލިބިގެން؛ ކޮންމެ ގައުމަކުންވެސް ހިންގާ ފުޓުބޯޅައިގެ އެންމެ މަތީ އޮފީހަކީ ފުޓުބޯޅައިގެ މައި އިދާރާއެވެ. ރާއްޖޭގައި ނަމަ އެފްއޭއެމްއެވެ. ބެލެނިވެރި ފަރާތަކީ ފީފާއެވެ. ސަރަހައްދީ މައި އިދާރާ އޭއެފްސީއެވެ.

އެފްއޭއެމްއަކީ މުޅިންހެން ކްލަބުތަކުގެ މަސްލަހަތު ހިމެނޭ ވަކި އިދާރާއެކެވެ. ސަރުކާރު ތެރެއިން ނުފޫޒުން އެއްކިބާވެ ހިންގަމުންދާ މިނިވަން ބޮޑީއެކެވެ. ފީފާ ގަވާއިދުގެ އާޓިކަލް 17 ގައި ބުނާ ގޮތުން، އެއްވެސް ގައުމެއްގެ އެފްއޭއަށް ސަރުކާރުގެ ނޫނީ އަމިއްލަ ފަރާތެއްގެވެސް ތިންވަނަ ބާރެއް ވަދެގެން ނުވާނެއެވެ. ނުފޫޒެއްވެސް ފޯރައިގެން ނުވާނެއެވެ. ހަރަދުތައް، ހިސާބުތައްވެސް ބަލާނީ ސީދާ ބެލެނިވެރި ފަރާތުންނެވެ. ފީފާއާއި އެ ބައްރެއްގެ ފުޓުބޯޅަ ބޮޑީންނެވެ.

މިއީން ކުރީންވެސް އެތައް ފަހަރަކު ދެކެވިފައިވާ ވާހަކަތަކެކެވެ. އެފްއޭއެމްއާއި އެތަނުގެ މަސްއޫލިއްޔަތުތަކުން އެތަނެއް ބޭރުވާނަމަވެސް ފިޔަވަޅު އަޅަން ނުކުންނަން ޖެހޭނީ މެމްބަރު ކްލަބުތަކެވެ. އެއްވެސް އިތުރު ފަރާތަކަށް އެކަމަށް ނުފޫޒެއް ވެއްދި، ވަކި ޕްރޮޕެގެންޑާއަކަށް މަސައްކަތް ކުރުމަކީވެސް އުސޫލާ ހިލާފު ކަމެކެވެ.

މި ވާހަކަތައް މިހެން ދައްކާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކުރިން ޔޫތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި، އަހުމަދު މަހުލޫފުވެސް އެފްއޭއެމްގެ ކަންކަން ބެލުމަށް ހެދި، "ފެކްޓް ފައިންޑިން ކޮމިޓީ"ގެ ސަބަބުން މުޅި ނިޒާމަށް ބުރުތަކެއް އެރިއެވެ. ފުޓުބޯޅައިގެ ތެރެއަށް ވަކި ކުލައެއް ޖެހިގެން ދިޔަ ކަހަލައެވެ.

މިނިސްޓަރު މަހުލޫފް ފީގޯއާއެކު ---

ފީފާއިން ރާއްޖެއަށް ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރަކާ ހަމައަށްވެސް ދިޔަ އިރު، އޭރު އެފްއޭއެމްގެ ކޮންގްރެސްއަށް ކްލަބުތަކުން ސޮއިކުރި ގަރާރަށް ސޮއި ހޯދުމަށް މަހުލޫފް ބިރު ދެއްކި ވާހަކަތަކެއްވެސް ފެންމަތިއެވެ. ހާއްސަކޮށް އެ ސޮއިތައް ފަހުން ބައެއް ކްލަބުތަކުން ނަގައިގެން، މިފަހަރުގެ ކޮންގްރެސް ނުބޭއްވުނު އިރުވެސް މަހުލޫފު ވަނީ އެކަން ދޮގުކޮށްފައެވެ. ކޮންމެއަކަސް، މަހުލޫފްގެ ސަސްޕެންޝަނާއެކު، އެފްއޭއެމްއާ ޔޫތު މިނިސްޓްރީ ކޯޅުމަށް ކުޑަ ހައްލެއް އަންނާނެ ކަމަށް ބެލެވުނެވެ. ފީފާއިން ރާއްޖެއަށް ދިން އިންޒާރަށް މަޑުޖެހުމެއް އައި ކަމަށް ބެލެވުނެވެ.

އެހެން ނަމަވެސް، ދެން އައި މިނިސްޓަރުވެސް ކަން ކުރެއްވީ ހަމަ އެ 'ރޫޓީން"ގައެވެ. އެފްއޭއެމްއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ބޮޑެތި ސްކޭންޑަލްތައް އެފްއޭއެމް ތެރޭގައި ހިނގާފައިވާ ކަމަށް މިނިސްޓަރު އަލީ ވަހީދު ފާޅުގައި މީޑިއާގައި ވިދާޅުވިއެވެ. މި ވާހަކަ ދައްކަން ސުރުހީ ހުޅުވާލި ސަބަބަކީ މިނިސްޓަރުގެ މަސައްކަތަށް ޒާތީ ވެގެން ނޫނެވެ. ހަމައެހެންމެ އެފްއޭއެމްގެ މައްސަލައެއް، ނުހިނގާތީ ނުވަތަ، ނެތުމަކުންވެސް ނޫނެވެ. ހަމައާ އުސޫލުން ބޭރުން ކަން ކުރަން ހިފާ އުސޫލުން ފުޓުބޯޅައަށް ނުކަސިޔާރު ކަމެއް އައިސްދާނެތީ، ކަންބޮޑުވާ މީހެއްގެ ހައިސިއްޔަތުންނެވެ.

އަނެއްކާވެސް ކޮމިޓީއެއް: މައްސަލަ އިތުރަށް ގޯސް

އެފްއޭގެ ތެރެއިން އުފެދިގެން އައި ކްލަބު ލައިސަންސިން ނުލިބުނު މައްސަލަ ބަލަން ޔޫތު މިނިސްޓްރީން ވަކި ކޮމިޓީއެއް އެކުލަވާލިއެވެ. އެ ކޮމިޓީގެ މަގުސަދެއް ކަމަށް ފުރަތަމަ ބުނީ ކްލަބުތަކަށް ލައިސަންސް ގެއްލުނު މައްސަލަ ބެލުމެވެ.

ކޮންމެއަކަސް އެ މައްސަލައިގެ ތެރެއަށް ޔޫތު މިނިސްޓްރީ ވަން ހިސާބުން، އޭއެފްސީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެފްއޭއެމްގެ ކަންކަން ބެލުމަށް ތިންވަނަ ފަރާތަކުން ނުވަމަށް ގޮވާލިއެވެ. އަދި އެކަން އެގޮތަށް ހިނގާނަމަ ފިޔަޅު އެޅުމަށް އިންޒާރުވެސް ދިނެވެ. މީގެ ކުރިންވެސް ފުޓުބޯޅަ އިދާރާ ތެރެއިން އެތައް ކަމެއް ގޯސްކޮށް ދިޔަ އިރުވެސް، މިނިސްޓަރުގެ މެންޑޭޓުން އެކަން ހައްލުކުރަން އުޅެފައެއްވެސް ނެތެވެ.

ކޮންމެއަކަސް އެހިސާބުންވެސް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބަލަން ބޭނުމީ އެފްއޭއެމްގެ މާލީ ކަންކަމާއި، ހޭދަކުރި ގޮތުގެ ތަފްސީލުތައް ކަމަށް ވިދާޅުވި، މެންޑޭޓު ބަދަލުކޮށްލިއެވެ. އެ ވާހަކައާއެކު އެފްއޭގެ ފައިސާގެ ކަންކަމަށް ރިއާޔަތްކޮށް ބަޔާނެއްވެސް ނެރުނެވެ. އޮޑިޓް ކުރާ އުސޫލުތަކާއި، ފައިސާގެ ކަންކަން ބަލަހައްޓާ އުސޫލުވެސް އާންމުކޮށް އިއުލާން ކުރިއެވެ.

އެފްއޭއެމްގެ އެވޯޑުގެ ތެރެއިން އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު (ވ) އަދި ޔޫތު މިނިސްޓަރު މަހުލޫުފް (ކ) --- ވަގުތު އިމޭޖްސް/ މުހައްމަދު ޖިމީ

އެފްއޭއާއި ޔޫތު މިނިސްޓަރުގެ ކޯޅުން އިންތިހާއަށް ދިޔައީއެވެ. ޔޫތު މިނިސްޓަރު، އޭއެފްސީ ރައީސާއި ފީފާގެ ރައީސާވެސް ބައްދަލުކުރިއެވެ. އެހެން ނަމަވެސް، ފަހުންވެސް އައީ ފީފާގެ ވަރުގަދަ އިންޒާރެކެވެ. ފުޓުބޯޅަ އިދާރާގެ ކަންކަމަށް ތިންވަނަ ފަރާތެއް ވަންނަ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރެވެ.

އަލީ ވަހީދުވެސް މިނިސްޓަރު ކަމާ ހަވާލުވެ އުފެއްދެވީ "ޑިސްޕިިއުޓް ރިސޮލިއުޝަން" ކޮމިޓީއެވެ. އަލީ ވަހީދު ވިދާޅުވީ ވަކި ބަޔެއްގެ ޒާތީ ކަންކަން އިސްކުރަން ބޭނުން ނުވާ ކަމަށާއި، ބޭނުން ވަނީ މައްސަލަ ބެލުމަށް ކަމަށެވެ. ކޮމިޓީ އުފައްދަވާ ދެއްކެވި ވާހަކަފުޅުގައި، އަލީ ވަހީދު ވަނީ އޭރުވެސް ހިނގަމުންދިޔަ ވިކްޓަރީން ހުށަހަޅަން އުޅުނު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ގަބޫލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮންގްރެސް ބާއްވަން ބޭނުންވާ ވަރަށް ވިކްޓަރީއަށް ސޮއި ނުލިބޭ ކަމަށް އެފްއޭއެމްއިން ކުރިން ވިދާޅުވި ނަމަވެސް، ކްލަބުތަކުން ސޮއި ނެގި ކަމަށް އަލީ ވަހީދު ގަބޫލުފުޅު ނުކުރައްވާ ކަމުގެ ހެއްކެކެވެ. ނަން ނެގިކަމަށް އެފްއޭއެމްއިން ޔަގީން ކޮށްދިނީ ރައީސް ބައްސާމް އަދީލް ޖަލީލާއެކު ކްލަބުތައްވެސް ބައިވެރިކޮށް، ބޭއްވި ޕްރެސްއެއްގައެވެ.

ކްލަބުތަކުން އެ ނިންމުން ނިންމާފައި ވަނިކޮށް، ބާއްވަން އުޅުނު ކޮންގްރެސްއަށް މިނިސްޓަރު ތާއީދުކުރެއްވުން އެންމެ ރަނގަޅު ނޫން ކަމަށް ބެލެވެއެވެ. އަދި ކުރިން އުފެއްދެވި ކޮމިޓީގެ މައްސަލަ ފީފާއި ބޮޑުވެފައި އޮއްވާ، އަނެއްކާ އަނެއް ކޮމިޓީ، ތިންވަނަ ފަރާތެއްގެ ގޮތުގައި ހެދުން އެންމެ އެކަށީގެން ނުވާ ކަމަށް ބެލެވެއެވެ.

އަލީ ވަހީދު ނިއުގެ ދިފާއުގައި، ކުޅުންތެރިންގެ ހައްގަށް ނުވިސްނުން؟

އަލީ ވަހީދު ނިއުއާއެކު --- ފޮޓޯ/ މިހާރު

ރަނގަޅު ވާހަކައެކެވެ. އެތައް ކްލަބެއްގެ މުސާރައިގެ މައްސަލަ އެބަހުއްޓެވެ. ރާއްޖޭ ލީގުގައި މިދިޔަ އަހަރު ކުޅުނު ގިނަ ކްލަބުތަކަށް މުސާރަ ނުދީ އޮތެވެ. ހުރިހާ ގެއްލުމެއް ކުޅުންތެރިންނަށެވެ. 'ގޭގެ ކަރަންޓް ބިލާ ފެންބިލް' ނުދެއްކި އެތައް ކުޅުންތެރިންނެއް ހާލުގައި ޖެހުނީއެވެ. ބޭރު ކުޅުންތެރިން ރާއްޖެއައިސް މުސާރަ ނުލިބި ފުރައިގެން ދާންވެސް ޖެހުނީއެވެ.

ބޮޑެތި ކޮންޓްރެކްޓްތަކާއެކު ސީޒަނަށް ނުކުމެ، ބޮޑެތި އަދަދުތަކުން މުސާރަ ދޭން އެއްބަސްވާ ކްލަބަށް އޮންނަން ޖެހޭ ޒިންމާއެއް ވާނެއެވެ. ލައްކައިން މުސާރަ ނުދެވި ހުރި ކްލަބުތަކަށް މީގެކުރިންވެސް އެފްއޭއެމްއިން އެހީތެރިވެގެންވެސް އެކަން ހައްލުކޮށްދެއެވެ. ސުވާލެއް އެހިސާބުން އުފެދުނެވެ. ނިއުއަށް ސަސްޕެންޝަން އައިއިރު، އެކަމަށް ހައްލު ހޯދަން އެފްއޭއެމްއިން މަސައްކަތް ނުކުރީ ކީއްވެތޯއާ، ހަމައެކަނި އޮތް ހައްލަކީ ސަސްޕެންޝަން ކަމަށެވެ. އަދި އޭރު އެފްއޭއެމްގެ ނޯ ކޮންފިޑެންސަށް ނިއުއިން ހުށަހަޅަން އޮތް އިރު، އެކަން ކުރީ އެފަދަ މޭރުމަކުން ކަމަށް ގިނަ ބަޔަކަށްވެސް ދެކެވުނެވެ.

އެހެން ނަމަވެސް، އެކަމުގައި އެނގި ސާފުވާން ޖެހޭ ހަގީގަތެއް އެބައޮތެވެ. ކޮންމެ ކްލަބަކުން ނަމަވެސް، މުސާރަ ނުދީ އެ ހިފެހެއްޓެނީ ކުޅުންތެރިންގެ މުސްތަގުބަލެވެ. އެ ކުޅުންތެރިންގެ ހައްގުތަކެވެ. ނިއުއިން ރާއްޖޭގެ ކުޅުންތެރިންނަށް އެކަނި 3.8 މިލިއަން ރުފިޔާ ދަރާ އޮތް އިރު، އެ އަދަދަކީ އެތައް ކުޅުންތެރިންގެ ދިރިއުޅުމަށް ބޭނުންވާ އެތައް ފައިސާއެކެވެ.

"ނިއު ރޭޑިއަންޓްގެ ސަސްޕެންޝަނަކީ ޕްލޭޔާ ސްޓޭޓަސް ކޮމިޓީގެ ވަރަށް ގިނަ ޖަލްސާތައް ބޭއްވިގެންވެސް ހައްލު ނުހޯދިގެން ދެން އޮންނާނެ ގޮތަކީ ކޮބައިތޯ ބެލުމަށް އަޅުގަނޑުމެންނާ ކުރެވުނު މަޝްވަރާއާއެކު، އަޅުގަނޑުމެންގެ ޑިސިޕްލިނަރީ ކޮމިޓީގެ ތެރެއިން ދެން ކުރެވޭނީ ކޮންކަމެއްތޯ ބެލީ. އެގޮތުން އަޅުގަނޑުމެންނަށް ލިބޭ ސެޓިޓިއުއެއްގެ ތެރެއިން ޓެމްޕޮރަރީ ސަސްޕެންޝަން އައިސްފައި އޮތީ،" ނިއުގެ ސަސްޕެންޝަނާ ގުޅިގެން ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް -- ވަގުތު އިމޭޖްސް/ މުހައްމަދު ޖިމީ

"ޕެލޭޔާ ސްޓޭޓަސް ކޮމިޓީން ކުރެވުނު މަޝްވަރާތަކަށްވެސް ބަލާ އިރު، ނިއުއަކަށް ނެތް "ފިއާ"އެއް އެ ހުރިހާ މައްސަލަތަކެއް ހުރި އިރުވެސް. އެއް ދުވަހު އައިސް ޖަލްސާގައި ބުނެދާނެ ނެތޭ ފައިސާ ދެވޭކަން. ދެން ކޮބާތޯ މިތާނގެ ހައްލަކީ. އެ ހާލަތުގައި އޮތް އިރުވެސް ކުޅުންތެރިން ހޯދުމަށްވެސް މަސައްކަތް ކުރަމުންދިޔައީ. ނިއުއަކަށް ގެއްލުމެއް ވާގޮތެއް ނެތް. ކުޅުންތެރިންނަށް ގެއްލުން ވަނީ. އަޅުގަނޑުމެންގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކުޅުންތެރިން ޕްރޮޓެކްޓް ކުރުމަކީ. އެހެންވީމަ މި ޓެމްޕޮރަރީ ސަސްޕެންޝަނަކީ ކުޅުންތެރިންގެ ހައްގުގައި ގެނައި ސަސްޕެންޝަނެއް. މިއަދުވެސް ނިއު ރޭޑިއަންޓުން ކުޅުންތެރިންނަށް މުސާރަ ދޭންވީ. ހަމައެއާއެކު ކުޅުންތެރިންގެ މައްސަލަ ނަގައިދޭން ކުޅުންތެރިން ސިޓީއެއް، ނިއުއިން ގެނެސްދީފި ނަމަވެސް ނިއުގެ ސަސްޕެންޝަން އުވާލެވޭނެ" އެކަމާ ގުޅިގެން ބައްސާމް އިތުރަށް ވިދާޅުވިއެވެ.

އެފަދަ ކުޅުންތެރިންގެ މަސްލަހަތު ހިމެނޭ މައްސަލައެއްގައި، ކުޅުންތެރިންގެ ހައްގުގެ ދިފާއުގައި ބަހެއް ނެތި، މިނިސްޓަރު ހަމައެކަނި ކްލަބު ދިފާއުކުރުންވީ އެންމެ އެކަށޭނެ ގޮތަކަށް ނޫނެވެ. ބައެއް ކުޅުންތެރިން އެކަމާ ކަންބޮޑުވާނެ ކަންވެސް ޔަގީނެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ޒަމާންވީ ކްލަބްތައް ނިކަމެތި ހާލުގައި މިއަދު އޮއްވާ އަދި މުސާރަ ނުދެވި އޮތީ ނިއު އަށް އެކަނި ނޫން ކަމަށްވާތީ ވަކިކަމަކާ ގުޅުވައި އެ ކްލަބް ސަސްޕެންޑްކުރެވުނު ކުރުން ގަބޫލުނުކުރާ ކަމަށާއި އެ ސަސްޕެންޝަން އުވާލަން އެދިފައިވާނެ ކަމަށެވެ.

"ވަރަށް އިހުތިރާމާއި އަދަބާ އެކު މި އެދެނީ ފީފާގެ ސްޓެޓިއުސްއާ އެއްގޮތަށް އަދި ރާއްޖޭގެ (ގާނޫނުތަކާއި ގަވާއިދުތަކުގެ) އަސާސީ ހަމަތައް ހިފަހައްޓަން. އެއްވެސް ކްލަބަކަށް އެ ކްލަބެއް ފާޅުކުރާ ހިޔާލަކުން ޝުއޫރަކުން ނިކަމެތި ކަމެއް އަންނަން ޖެހޭނެ އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އަދި ގަބޫލެއް ނުކުރަން ކްލަބްތައް ދިފާއުކުރުމާއި ހައްގުތައް ހޯދުމަކީ ނުފޫޒު ފޯރުވުން ކަމަކަށް ވެސް،" ނިއުއިން 2013 ވަނަ އަހަރުގެ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު ޗެއާމަންކަން ކުރެއްވި އަލީ ވަހީދު ވިދާޅުވިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގު: ނިއުރޭޑިއަންޓް އަދި ފޯކައިދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަލީ ވަހީދު ވިދާޅުވީ ނިއުގެ ސަސްޕެންޝަނީ ޒާތީ ކަމެއް ކަމަށާއި، އިންތިހާބަކަށް ދާތީ ފޯރުވި ނުފޫޒެއް ކަމަށެވެ. އެހެން ކަމަވެސް ވުން ގާތެވެ. އެކަމަކު މިނިސްޓަރުގެ ވާހަކައިގައި ނިއުއިން ދޭން ޖެހިފައި އޮތް ބޮޑެތި މުސާރަތަކުން ކުޅުންތެރިންނަށް ލިބުނު ގެއްލުންތައް ފާހަގަ ނުވެ އޮތުމަކީ ހިތާމައެެކެވެ.

ކޮންގްރެސް ނުބޭއްވުނު، ސަރުކާރުން ބޭނުންވި ގޮތް ނުވުމުން ގޯސްވީ ކްލަބުތައް

އެފްއޭއެމްއަށް ކުރިން ވިކްޓަރީން ހުށަހެޅި ހުށަހެޅުމުގައިވެސް ވަނީ ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލުމަށާއި، އެ ކޮމެޓީއަށް ބާރުތަކެއް ދިނުމަށެވެ. ވިކްޓަރީން މެމްބަރު 15 ކްލަބެއްގެ ސޮއިއެއާއެކު އެ ގަރާރު އެފްއޭއެމްއަށް ވެއްދި ކަމަށް އެ ކްލަބުން ބުނެފައިވާ އިރު، އެފްއޭއެމްއިން ބުނެފައި ވަނީ އެކަމަށް ގަރާރުގައި ސޮއިކުރި ހަތަރު ކްލަބަކުން ނަން ނަގާފައިވާ ކަމަށާއި، އޭގެ ތެރޭގައި ބައެއް ކްލަބުތަކަކީ މެމްބަރު ކްލަބުތައް ނޫން ކަމަށެވެ. އަދި ނިއު ރޭޑިއަންޓް ސަސްޕެންޝަނުގައި އޮތުމުން އެ ސޮއިވެސް ބަލައިނުގަންނަ ކަމަށް އެފްއޭއެމްއިން ކުރިން ވިދާޅުވިއެވެ.

އެފްއޭއެމްއިން ފީފާގެ ލަފާގެ މަތިން ކޮންގްރެސް ނުބާއްވަން ނިންމި އިރު، ބައެއް ކްލަބުތައް އަމިއްލައަށް ކޮންގްރެސް ބާއްވަން ނިންމިއެވެ. އަދި އަންނަ ހަފްތާއަށް ކޮންގްރެސް ތާވަލުކޮށް، އެފްއޭއެމްއަށް އެޖެންޑާވެސް ވަނީ ފޮނުވާފައެވެ.

ބައްސާމް ބޭއްވ ޕްރެސްގައި --- ފޮޓޯ/ އެފްއޭއެމް

އެކަމާ ގުޅިގެން ފީފާއާއި އޭއެފްސީން ރާއްޖެ އައިސް، ކްލަބުތަކާ ބައްދަލުވެސް ކޮށްފައިވާ އިރު، އެޓީމުން ވަނީ ތިންވަނަ ޑިވިޝަނާއި، ދެވަނަ ޑިވިޝަންގެ ކްލަބުތަކާއި ފުރަތަމަ ޑިވިޝަންގެ ކްލަބުތަކާ އެކުވެސް ބައްދަލުކޮށްފައެވެ.

ފީފާގެ ފަރާތުން ވާހަކަ ދެއްކި އެ އިދާރާގެ މެމްބަރު އެސޯސިއޭޝަންސް ގަވާނެންސް ޑިޕާޓްމަންޓްގެ ސީނިއާ އޮފިސާ އެލެގްސެންޑްރާ ގްރޮސް، ވިދާޅުވެފައި ވަނީ ރާއްޖެއައިސް ކްލަބުތަކާ ބައްދަލުކޮށްފައިވާ ކަމަށާއި، ސޮއިކުރި ކްލަބުތަކާއި ނުކުރާ ކްލަބުތަކާވެސް ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އަދި ފީފާގެ ސްޓެޓިއުޓްސް ބުނާ ގޮތުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް 51 ޕަސެންޓް ކްލަބުތަކުގެ ސޮއި ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ވިކްޓަރީއަށް އެ އަދަދު ހަމަ ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ނިންމުން ބަލައިގަނެ، މިނިސްޓަރު އަލީ ވަހީދު ދުރަށް ޖެހިލީ ވަރަށް ރަނގަޅަށެވެ. އެހެން ނަމަވެސް ދުރަށް ޖެހެމުުން، ކްލަބުތަކަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވިއެވެ.

"ދިވެހި ފުޓްބޯޅަ ރަނގަޅުވާނީ ފުޓްބޯޅަ އާއިލާ މީހުން އެކައްޗެއް ކިޔައިގެން. މިގޮތަށް ސޮއި އަޅާފައި ސޮއި ނެގީމާ ތުހުމަތުތައް ކުރުމުގެ ޖާގަ އެބައޮތް. އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް ކްލަބެއްގެ މައްސަލައެއް އެއްވެސް ތާކަށް ލާކަށް. އަޅުގަނޑު ދެކޭ ގޮތުގައި އެއްވެސް ކްލަބަކަށް އެގޮތްގޮތަށް ގެއްލުން ލިބުމުން ފުޓްބޯޅައަށް ފައިދާއެއް ނުވާނެ،" އަލީ ވަހީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވާހަކަފުޅު ދައްކަވަނީ- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އަލީ ވަހީދު ވިދާޅުވީ ނަން ނެގީ ކޮން ކްލަބްތަކެއްކަން ވެސް އެނގޭ ކަމަށާއި އޭގެ ބައެއް ކްލަބްތަކުން އާ ސީޒަނަށް ކުޅުންތެރިންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ނަން ނުނަގާ ތިބި ކްލަބްތައް ތިބީ ހަމަ އެތިބި ހާލަތެއްގައި ކަމަށެވެ.

"އެހެންވީމާ މީގެން ފެނޭ އެބަ އެހެން މަންޒަރެއް،" އަލީ ވަހީދު ވިދާޅުވިއެވެ.

ނަން އަނބުރާ ނަގުވަން އެ ކްލަބްތަކަށް އޮފާތަކެއް އައި ކަމަށް މިނިސްޓަރު ތުހުމަތެއްކުރެއްވި އިރު އެފްއޭއެމުން ވަނީ ކްލަބްތައް ލައްވާ ސޮއިކުރުވުމަކީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

އެގޮތަށް ކްލަތަކަކަށް އެފްއޭއެމްއިން ޓްރާންފާ ކުރައްވަން ފައިސާ ދިން ކަމަސް ތުހުމަތު ކުރެއްވި އިރު، މިހާތަނަށް އެންމެ ގިނަ ޓްރާންފާ ކޮށްފައި ވަނީ މާޒިޔާއިންނެވެ. އެ ކްލަބަށް އެއްލި ބަހަކަށް މިނިސްޓަރުގެ ބަސް ބެލެވުނު އިރު، އެ ކްލަބަކީ މި ފަހަކަށް އައިސް ރާއްޖޭގައި ހިންގާ އެންމެ ޕްރޮފެޝަނަލް އަދި އެންމެ ސްޓޭބަލް ކްލަބުކަމަށް އެތައް ބަޔަކު ހެކިވާނެއެވެ.

އެހެންކަމުން، ޔޫތު މިނިސްޓްރަގު މަގާމުގައި ހުރެ، އެފަދަ މޭރުމަކުން ކްލަބަކަށް، ނޫނީ ކްލަބުތަކަށް ވަކި ތުހުމަތުތަކެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ކަމަށް ނުފެނެއެވެ. ހާއްސަކޮށް ބުރަކޮށް، ކުރިއަރަމުންދާ ކްލަބުތަކަކަށް އެފަދަ ބަދު ބަހެއް ރައްދަކުރުމަކީ އެންމެ "ޕްރޮފެޝަނަލް" ގޮތްތޯ ސުވާލު އުފެދެއެވެ.

މާޒިޔާއާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މި ވާހަކަތަކަކީ އެންމެ ހިތްހަމަ ޖެހޭނެ ވާހަތަކެއް ކަމަށް ނުވެ ދާނެއެވެ. އެހެން ނަމަވެސް، އުސޫލަށްބަލާ އިރު، މިއީ އުފެއްދޭނެ ސުވާލުތަކެކެވެ. މިނިސްޓަރު އަލީ ވަހީދަކީ ހީވާގީ ޕެޝަނެޓް ބޭފުޅެއްކަން ގަބޫލުވެސް ކުރައްވަން ޖެހެއެވެ. އެސޯސިއޭޝަންތަކަށް ހެޔޮ އެދޭނެ މީހެއްކަންވެސް ބަލައިގަންނަން ޖެހެއެވެ. ބައެއް ކަންކަމުން ފުޓުބޯޅައަށް، އޭގައި ޝާމިލްވާ ކްލަބުތަކަށް، ކުޅުންތެރިންނަށް އައިސްދާނެ ހީނަރު ކަމަކަށް ނިކަން ބޮޑަށް ބަލަން ޖެހޭނެއެވެ.

ކްލަބުތަކުން އެފްއޭއެމްއާއެކު އޮތްކަން ކޮންމެ ގޮތަކަށް ދެއްކި ނަމަވެސް، ސާބިތެއް ނެތި އެވާހަކަ މިނިސްޓަރަކު ދެއްކުން އެންމެ "ޕްރޮފެޝަނަލް" ކަމަށް ނުބެލެވެއެވެ. އަދި ހަމައެހެންމެ، ފީފާއަށް ޝަކުވާ ހުށަހެޅި ނަމަވެސް، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް ސަރުކާރު ބަސް ބުނުން މުހިއްމު ނޫން ކަމަށްވެސް ބެލެވެއެވެ. އަދި ފުޓުބޯޅައިގެ އެންމެ މުހިއްމު އަސާސް، ކުޅުންތެރިންނަށް ފުޓުބޯޅައިން އުފާ ލިބެން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ދިސްވޭއޭ

  ރައީސް ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު ވައުދަކީ އެއީ ސަރުކާރުން ކޯޓް ތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް އެކަމަކު ރާއްޖޭގައި ކުރީގައި ރައީސް ކަން ކުރެއްވި ބޭފުޅަކު އުމުރު ހުސްވަން ދެން ކުރި މަސައްކަތުން ހޯދި ފައިސާ ކޮޅު ވެސް ކޯޓް މެދުވެރިކޮށް ފްރީޒް ކުރީ އެއީ ފުލުހުންނާއި ނުވެސް ބެހޭ ކަމެއްގެ ތެރެއަށް ފުލުހުން ބާނައިގެން ފޭކް ރިޕޯރޓްސް ތަކެއް ތައްޔާރުކޮށްގެން އަދި ކޯޓް ތަކަށް ނުފޫޒު ސީދާ ރައީސް އޮފީހުން ފޯރުވައިގެންނޭ އެއީ ސީދާ ރައީސް އިބޫ ވައުދާއި ޚިލާފުވުމޭ ނުޖެހޭނެ ރައީސް އޮފީހުގައި ތިބޭ އައްޑޫ މީހުން ބުނާ ގޮތަށް ކަންކަން ކުރަން އެއީ މިރާއްޖޭގައި ހަސަދަވެރިކަމާއި ފިތުނަ ފަސާދަ އުފައްދަން އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ބަޔަކީ...

  62
  1
  • އައިމަން

   އައްޑޫ މީހުންނާ މާ ބޮޑައްޖައްސާލީ ކިހިނެއްވީބާ؟ ރަނގަޅުވާނެހެން ހީވޭތަ؟

   2
   9
 2. ހަސަން ނުވަވަނަ

  ކޮން އިހުތިޜަމެއް މީނައަށް ދޭން

  30
  2
  • ނނނނނ

   އެއީ ކިއްލި ގޮށްޓަށް ގޯތި ގަންނަން ލިބޭ ހަމައެކަނި މީހާ ވީމަ.

   11
 3. ޖެނިފާލަތީފް

  ރައީސް ސާލިހުގެ ސަރުކާރުގެ ބައިވެރިންނަކީ ބަދަލު ހިމުގެ ރޫހުގައި ތިބި ބަޔެއް އެގޮތުން އިމްރާނާއި އަލީ ވަހީދާއި މަހްލޫފާއި ފައްޔާޒާއި މާލޭ ސިޓީ ކައުންސިލާއި ޖުމްލަ ގޮތެއްގައި މުޅި ސަރުކާރާއި ގުޅިފައިވާ މީހުންނަކީވެސް ބަދަލްހިފުމުގެ ރޫހުގައި މަސައްކަތް ކުރާ ބަޔަކަށް ވާތީވެ މި ކަމަުގެ ނަތީޖާއަކީ ފިތުނަ އާއި ފަސާދަ އުފަންވުން. ޔާ .. ﷲ ސާލިހާއި އޭނާގެ ބައިވެރިން ހަލާކު ކުރައްވާ ގެއްލިނި ކުރައްވާދޭވެ މި ޤައުމާއި އިސްލާމް ދީނަށްޓަކައި

  45
  1
 4. ނުދޭތި

  ރައީސް އިބޫ ވިވައުދު ތަކަށް ހުރަސް އަޅަން ސީދާ ޕްލޭނިންގް މިނިސްޓަރު ކެނެރީގެ ނަޝީދު ބުނެގެން އެކަން ކުރާ ކަމަށް މަމެން ތުހުމަތު ކުރަމޭ އެނޫން ނަމަ މާލޭގެ ތާރީޚް ގައި ވެސް މާލެ އަށް އަންނަން އޮތް އެންމެ ބޮޑު އިންވެސްޓްމެންޓް މާތޮޑާ އަސްލަމް މާލޭން ނަގާ އެއްލާނުލާނެއޭ މާލޭގެ މާފަންނު ދެކުނު ހުޅަނގު ދާއިރާ އަކީ އެންމެ ފަގީރުން ގިނަ ސަރަހަައްދު މާލޭގައި އެމެންނަށް ވަޒީފާ ތައް ދިނުމަށް ޓަކައި ޑިޒައިން ކުރެވުނު ޕްރޮޖެކްޓް އަސްލަމް ފޭރިގަތީއޭ ފޭރިގަތީ ފޭރިގަތީއޭ ހަމަ އެއްވެސް މީހަކު ވޯޓް ނުދޭތި އެމްޑީޕީ ކެންޑިޑޭޓަކަށް މާލޭ ސަރަހަައްްދުން އެކަކު ވެސް ވޯޓް ދީގެން ނުވާނެއޭ ނުދޭތި ނުދޭތި ނުދޭތި...

  35
  1
 5. އެއްނެތޭ

  އިންޑިއާ ސިފައިން ރާއްޖެ އަށް ހެލިކޮޕްޓަރު ގަނޑު ދިނީ ވެސް އެއީ ބާވެ ހަފުސްވެފައިވާ ހެލިކޮޕްޓަރު ތަކެއް އެއެއްޗެހި ދުއްވަން އެތައް ހާސް އިންޑިއާ ސިފައިންނަށް ރާއްޖޭގެ ބަޖެޓުން މުސާރަ ދީގެން ބައިތިއްބަން ނުޖެހޭނެއޭ ދިވެހިން ވަޒީފާ ނުލިބިގެން އުޅޭ އިރު މަހަކު 20 ހާސް ޑޮލަރު އިންޑިއާގެ ކޮންމެ ޕައިލެޓް އަކަށް ދައުލަތުގެ ބަޖެޓުން ދީގެން ބައިތިއްބަން ޖެހޭނެ އެއްވެސް ވެލިޑް ރީޒަން އެއް ނެތޭ އެމެން ހަމަ މިހާރު ބާލާ ބާލާ ބާލާ ބާލާ އިތުރު އެއްވެސް ޗޮއިސް

  38
  1
 6. އެއްލާލާ

  އިންޑިއާ ސިފައިންނަށް ދަރާއްޖެތެރޭގެ ހުރިހާ އެއާރޕޯރޓްސް ތަކުގައި ސްޕެޝަލީ އައްޑޫ ގަމުގައި އެމެން ގާއިމް ވެގެން ހެލިކޮޕްޓަރު ދުއްވުމުގެ ނަމުގައި އާލާތް ގަނޑު ކައިކައިގެން ނިދަނީއޭ ގަމުގައި ތިބެގެން އައްޑޫގެ ހިސްޓްރީ އަށް ބަލާއިރު އެމެންނަކީ އެއީ މައި ސަރުކާރާއި ވަކި ވެގެން މަގޫ ދަނޑި ސަރުކާރެއް އުފެއްދި ބަޔެކޭ ކަން މިހެން ހުރުމުން އައްޑޫގައި ތިބެން ނުޖެހޭނެއޭ އިންޑިއާ ސިފައިން ހެލިކޮޕްޓަރު ދުއްވަން އެމެން އަޅާލާ ކާށިދޫ ފަދަ ރަށަކަށް އެއިރަށް ހުންނާނީ ރަނގަޅަށޭ އިންޑިއާ ސިފައިން ނަގާ ހޫރާލާ އަތު ކޮޅަށް ކަނޑަށް އަޅާލާ އާލާތް ގަނޑު އެއްލާލާ އެއްލާލާ އެއްލާލާ...

  29
  2
 7. ހުސެއިން

  އެފް އޭ އެމް އޮތީ ނަހަމަ ލާރިން ކައިފައި ބަޔަކު ނާޖާއިޒު ފައިދާ ހޯދުމަށް އެއްވެސް މުވައްސަސާއެއް ބޭނުމެއް ނުކުރެވޭނެ ، ސިޔާސީ ފައިދާއަށް ގުންޑާއިންނަނށް ދޫކޮށް ނުލާތި ބައްސާމަކީ ހަމަ ގުންޑާ އެއް ، ބޭރުކުރަން ޖެހޭ ، ވަގުތު މީ ނުބައި ފިތުނަ އުފައްދާ ނޫހެއް!

 8. މާ މާލޭ ގޮލާ

  ނޭގޭނެއޭ. އަށް ބުނެލަން އޮތީ ބަހުރުވަ ރަގަޅުކުރާށޭ. ވަކިމީހަކު ދެކެ އަންނަ ރުޅީ ގައި ހުރިހާ އެންމެންނަން މުހާތަކުކޮށް އެއްޗެހި ނުބުނާށޭ. ކަންކަން ހާސިލް ކުރަން ބޭނުން ވާނަމަ އަމިއްލަ މީހާގެ އަޚްލާގު ރަގަޅުކުރާށޭ...

  4
  6
 9. ޚުރުސް

  ތަންކޮޅެއް ދިގު .

  7
  1
 10. ކިނބޫ

  ނަޝީދުގެ ހަފްތާ 7 ދުވަސް ކިޔައިދޭން ކިއްލި މަހުޖަނު ކަމުދާނީ. ރީލޯޑޭ ފައްކަލީ ވަގު ޑޮލަރު ކައިކައި ހުރެ ޑޮލަރު ޕްރިންޓް ކޮށްގެން ގޭގޭދޮށަށް އަޅަން. މިވަރު މީހުންނަށް ވަޒީރުކަން ލިބުނީމަ ދުނިޔެއާއި އާޚިރަތް އޮޅިގެން އުޅުމަކުން ހައިރާން ވާކަށް ނުޖެހޭނެނު.

 11. ވިސްނާ

  އަހިވަކާޖެހި އަހިވަށްފާވާގޮތަށް ވުމުންރަގަޅެއްނުވާނެއެހެންމިބުނީޔޫތުމިނިސްޓަރސަސްޕެންޝަން
  އާގުޅިގެމިނިސްޓަރ ޢަލީވަހީދުވެސް ކަންތައްކުރައްވާފައިވަނީ މަހުލޫފް ކުރެއްވިގޮތަށް
  ކަމެއްރަގަޅުކުރެއްވިފައިނެތް ކީއްކުރަންހައްދަވާކޮމިޓީއެއްތޯމަހުލޫފްސަސްޕެންޝަންރައްވާފައިވްނީ
  އާދައިގެ ކުޑަކަމެއްގައެއްނޫން އެތައްބައެއްގެ ހައްޤުފައިސާތަކެއްގެ މައްސަލާގައި މިކަމުގެ ބަދަލުކަމެއްރަގަޅުނުކުރައްވާ ކޮމިޓީތަކެއްހައްދަވާނުވަންނަންޖެހޭކަންކަމުގެތެރެއަށްވަންނަވާ ޒާތީހަސަދައެއްފިލުވާލަންއުޅުއްވުމަކުން އެއްކަމެއްވެސްރަގަޅެއްނުވާނެ ޒާތީހަސަދައިގެސަބަބުން ހުރިހާގެއްލުމެއްވަނީ ރާއްޖޭގެ ރަށްޔިތުންނާ ފުޓްބޯޅައަށް ތިހެންނުހައްދަވާ ޒާތީ ހަސަދައެއް
  ފިލުވާލުމަށް ކަމާގުޅުމެއްނެތްފަރާތެއް މެދުވެރިނުކުރައްވާ

 12. ހިހި

  އަލީވަހީދު ރަނގަޅަށް ކުރިކަމެއް ދައްކަބަލަ. ތީ ޕޮލިޓިކަލް ފެއިލިއާއެއް

 13. އިބިލީސް

  ނޭގޭނެއޭ ކިޔާ ގޮލައަށް، މާގައްޑާ ނުވެބަލަ ކަލޭ، ތީ ކަންނެތް މާލޭ ރު**ން...ކޮންވާހަކައެއް ދައްކާކަށް، މިޔޮށްހާދުވަހު ރާއްޖެތެރޭ ނިކަމެތިމީހާ ފެލައިގެން އުޅުނުބައެއް، އެމީހުންގެ ނިކަމެތި އަންހެން ދަރިން ރޭޕްކުރަމުން ދިޔަ ބައިންގަނޑެއް، ތިރު**ޑިން ނަކާ ހެދި ކެނެރީގޭ ނަޝީދު ހޮވަންވެސް މި ޖެހެނީ...ކަލޭ ވޯޓްލިޔަސް ނުލިޔަސް އެ ފްލެޓްތަށް ނާޅާނެ އެތާ އަދި ކަލޭ ވޯޓްލިޔަސް ނުލިޔަސް ހަމަ އެމްޑީޕީ ކެނޑިޑޭޓުން ހޮވާނީވެސް. ކަލޭ މާލެ ވެގެން ހަމަ ގޮ* ހަޑާނީ...... އެނާގެ ކޮމެންޓް ނޫހުގަ ޖެހެންޔާ މަގޭ ކޮމެންޓްވެސް ވާނެ ޖެހެން