ޒައިނުއްދީން ޒިދާން ނުނެކޭ ބުނުމުން ރިއަލް މެޑްރިޑް އިން ޖޯސް މޮރީނިއޯ އެ ޓީމްގެ މެނޭޖަރަކަށް އައްޔަންކުރަން ނިންމައިފި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ކުރީގެ ރިއަލް މެޑްރިޑްގެ ރައީސް ރަމޯން ކަލްޑެރޯން ދެކޭގޮތުގައި އެޓީމަށް މޮރީނިއޯ އައުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ފުރުސަތުގެ ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ 90 އިންސައްތަ ޔަގީންކަން ދެވެން އޮތްކަމަށެވެ. ރާމޮން އަކީ 2006 އިން 2009 އާއި ހަމައަށް ރިއަލްގެ ރައީސްކަން ކޮއްދީފައިވާ މީހެކެވެ.

އަންގާރަ ދުވަހު އެޔެކްސް އާއި ކުޅުނު މެޗްއިން 4-1 ގެ ނަތީޖާއަކުން ބަލިވެ ރިއަލް އަށް މި ހަފްތާ ފެށިފައިވަނީ ވަރަށް ބޮޑު ނާކާމިޔާބީ އަކުންނެވެ. މި ނަތީޖާ އަށްފަހު 2019 މޭއި އާއި ހަމައަށް ރިއަލްމެޑްރިޑްއަށް މުހިންމު މެޗްތަކަކަށް ވާނީ ދެން އޮންނަ ޗެމްޕިއަންސް ލީގުގެ ކޮލިފައިންގެ މެޗްތަކެވެ.

އުމުރުން 46 އަހަރުގެ ޒިދާން ރެއާލް ދޫކޮއްލާފައި ވަނީ މި ސީޒަނުގެ ކުރިންނެވެ. އޭނާ ވަނީ ރެއާލްއާއެކު ޖެހިޖެހިގެން ތިން ފަހަރަށް ޗެމްޕިއަންސް ލީގު ހޯދާފައެވެ. ޒިދާން މިވަގުތު ޗުއްޓީގައި ހުރި އިރު، އޭނާގެ ކުރީގެ ކްލަބު ރެއާލްއަށް މިއީ އުނދަގޫ ދުވަސްތަކެކެވެ. މިދިޔަ ހަފްތާގައި އެޓީމަށް ހުރިހާ ތަށްޓަކަށް އުންމީދު ގެއްލުނެވެ. ހާއްސަކޮށް ލަދުވެތި ގޮތަކަށް އަޔެކްސް އަތުން ޗެމްޕިއަންސް ލީގުގައި ބަލިވި ބަލިވުން ފާހަގަކޮށްލެވެއެވެ.