ގްރީން ސްޓްރީޓް އަށް ކުޅެމުން އައި ރައްޔާން މާލޮސް ސްޕޯޓްސް ކުލަބާއި ގުޅިއްޖެއެވެ.

އޭނާ އެކުލަބާއި ގުޅުނުކަން އެކުލަބްގެ ރަސްމީ ފޭސްބުކް ޕޭޖްގައިވަނީ ހާމަކޮށްފައެވެ.

ރައްޔާނަކީ މެދުތެރެއަށް ކުޅެ ކުރިޔަށް އަރާ ލަނޑުޖެހުމަށް ހާއްސަ ކުޅުންތެރިއެކެވެ. ހުސެއިން ރައްޔާން ބީޖީގެ 21 އަހަރުން ދަށުގެ ޓީމަށާއި ޓީސީ އަށް ވެސް މީގެކުރިން ކުޅެފައެވެ.

ބީޖީގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅުނު އިރު އޭނާއަށް އިރުޝާދު ދިން ކޯޗް ނިސްތާރު އަކީ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މާޅޮސް ޓީމުގެ ކޯޗެވެ. ރައްޔާން މާޅޮސް ޓީމްގައި ކުޅޭނެކަމަށް ލަފާކުރެވެނީ ކަނާއަތް ފަރާތު އަރިމަތިން ފަހަތަށެވެ.

ރައްޔާނަކީ 16 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ޓީމްގައި ވެސް ހަރަކާތްތެރިވެފައިވާ މޮޅު ކުޅުންތެރިއެކެވެ.

މާޅޮސް ސްޕޯޓްސް ކުލަބުން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުންތެރިން ގެންނަމުންދާއިރު މީގެ ކުޑަ ދުވަސްކޮޅެއްގެ ކުރިން އެޓީމަށް ވަނީ ޕާކިސްތާންގެ ގައުމީ ޓީމްގެ ކީޕަރ ސާގިބް ހަނީފް ވެެސް ގެންސްފައެވެ، އަދި ރައްޔާން އާއި އެކު ބީޖީގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅުނު ޖައިލަމް މުޙައްމަދު (އޮގީ) ވެސް އެޓީމަށް ގެންދިޔުމަށް މަސައްކަތް ކުރާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.