ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރްސީ މައްސަލައިގެ ތެރޭގައި ކަޅު ދަބަސްތަކެއް އެފްއޭއެމްއިން ނެރުނު ކަމަށް، ޔޫތު މިނިސްޓްރި ހިންގުމާ ހަވާލުވެ ހުންނެވި، އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެފްއޭއެމްއާއި ޔޫތު މިނިސްޓްރީގެ މައްސަލަތައް ބޮޑުވެފައި ވަނިކޮށް، މިއަދު ބޭއްވި ޕްރެސްގައި އަލީ ވަހީދު ވިދާޅުވީ، ކްލަބުތަކާ މައްސަލަތަކެއް ޖެހިގެން މިއުޅެނީ "ލައިންތަކެއް ކްރޮސް" ކޮށްގެން ކަމަށާއި، އެކަންކަން ބަލަން ފީފާއަށް ގޮވާލާ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ރާއްޖެއަށް އަންނަ އެފްއޭއެމް އަދި އޭއެފްސީގެ ޓީމަށް ރާއްޖޭގެ ހާލަތު ކިޔާދޭނެ ކަމަށާއި، މިފަހަރު

" ގިނަ ކްލަބުތައް ބަނގުރޫޓްވާ ހާލަތުގައި މިއޮތީ. އެހެންކަމުން އެފްއޭއެމް އޮތީ ފެއިލްވެފައިވާކަން އެނގޭ. އެވަރުންވެސް ސަސްޕެންޑް ކުރަނީ ކްލަބުތައް. ކްލަބުތަކަށް ހުރަސްތަކެއް އަޅަމުންދާތަން މި ފެންނަނީ. އޭއެފްސީއާ ފީފާގެ ޓީމާ ބައްދަލުކުރާނަން. ވަރަށް ތަފްސީލުކޮށް ދަންނަވާނަން، އަދި ޔަގީންކަން ދޭނަން ސަރުކާރުން ތިންވަނަ ފަރާތެއްގެ ގޮތުގައި ނުވަންނާނެ ކަމަށް އެފްއޭއެމްއަށް،" އަލީ ވަހީދު ވިދާޅުވިއެވެ.

ކަންކަން ހައްލު ކުރުމަށް، ފީފާގެ ސްޓެޓިއުޓްސް ދެމެހެއްޓުމަށް އިހުތިރާމް ކުރައްވާ ބަޔަކު ނެގުމުންވެސް އެފްއޭއެމްއިން ދިޔައީ ދުރަށް ކަމަށާއި، ދިނީ ބަހުގެ ހަމަލާތައް ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ މިހާތަނަށް ދެ މިނިސްޓްރީ ހިންގަވަމުންވެސް އެފްއޭއެމްގެ ހުރިހާ ދައުވަތަކަށްވެސް ޖަވާބުދީފައިވާނެ ކަމަށެވެ.

"ސިޔާސީ ނުކުރަން ޖެހޭ ކަންކަން ސިޔާސީ ކޮށްގެން ނުވާނެ. ފީފާއަށް ދަންނަވަން ބޭނުންވޭ. ރާއްޖޭގެ ހިނގާ ދިޔަ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައިގެ ތެރޭގައި ކަޅު ދަބަސްތައް އެފްއޭއެމްއިން ނެރުނު. ފީފާގެ ކޮން ސްޓެޓިއުޓްސްއެއްގައިތޯ އެފަދަ ވާހަކައެއް އޮތީ. ހަމަ އެގޮތަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ފުޓުބޯޅަ އިދާރާއެއްގެ ތެރޭގައި ސިޔާސީ އޮފީހެއް ނުހިންގޭނެ. އެއީ ފީފާގެ ކޮން އުސޫލެއްގެ ތެރެއިން ހިނގާ ކަމެއްތޯ. އެހެންވީމަ ލައިންތަކެއް ކުރައްވައިގެން މައްސަލަ ޖެހިގެން މިއުޅެނީ،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ "މެޑަމް ފާތުން"ގެ އޮފީހެއް އެފްއޭއެމްގެ ތެރޭގައި ހިންގާވާފައިވާ ކަމަށީ، ކްލަބުތަކާ ޖެހިގަނެގެން މިއުޅެނީ އަމިއްލައަށް ކަމަށެވެ.

މީގެ ކުރިންވެސް ޔޫތު މިނިސްޓްރީން އެފްއޭއެމްއިން ކުޅިވަރު ސިޔާސީ ކުރިކަމަށް ބުނެފައިވާ އިރު، އެފްއޭއެމްއިން ވިދާޅުވެފައި ވަނީ އެފްއޭއެމްއިން އިމާރާތެއް ބަޔަކަށް، އޮންނަ އުސޫލެއްގެ ދަށުން ކުއްޔަށް ދިން ކަމަށާއި، އެހެން ނަމަވެސް އެފްއޭއެމްގެ ތެރޭގައި ސިޔާސީ ކެމްޕޭން އޮފީީހެއް ހިންގަވާފައި ނުވާ ކަމަށެވެ.

އަލީ ވަހީދު އެފްއޭއެމްއަށް ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައިވާ އިރު، އެފްއޭއެމްގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ކްލަބުތަކަކުން ދަނީ ތައްޔާރުވަމުންނެވެ. އެފްއޭއެމްއިން ތުހުމަތު ކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ތެރެއިން ކްލަބުތަކަށް ސޮއިކުރަން ބާރު އަޅާ ކަމަށާއި، ފަހުން ކްލަބުތައް ނަން ނެގި ކަމަށެވެ. އަދި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް ކްލަބުތަކުގެ ސޮއި ހަމަނުވާކަމަށާއި، ފީފާއިން ލަފާ ދެނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ނުބާއްވަން ކަަށްވެސް އެފްއޭއެމްއިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. މަރީ

    ތިޔަ ދަބަސް ނެރެފަ ވެދީ އަލީ ވަހީދު ގެއަށް އަހަރެން ގެންގޮސް ދިނީ.

    38
    2
    • ބޯބުރި

      އޯކޭ. ޢަހަރެން އެދަބަސް ބައްސާމު ބުނެގެން އެގެއަށް ލައިފިން

      5
      7
      • މަރީ

        ފެޓޭ ކަލައަށް ހަވާލުކުރީ ލާރިގަޑުފޮރުވައިފައި ހުސްދަބަހެ ތިޔަލީ ބައްސާމް ގެއައް

        6
        1
      • ފައިބުރި

        އޯކޭ. ބައްސާމުމެން ގެއަށް ކަލޭ ގެންދިޔައީ ހުސް ދަބަސް.

        6
        1
        • މަރީ

          ކޮބާ ފެޓޭ ދޮގުހެދިކަން އިގުނީންނުން ހުސް ދަބަހެގެ ވާހަކަތާ މި ދަކަނީ ނޫސްވެރިންނަ އޮޅުވާލައިގެން

  2. ޤސމ

    ކަޅު ދަބަސްތައް ނެރެގެންގޮސް މާލެއިން އިމާރާތްތަކާ އޮޑިދޯނިފަހަރާ ހުޅުމާލެއިން އިމާރާތްތައްގަނެ އެއްރެއިން ބޫންބޫން ލާފަ މުއްސަންދިވީ. ދެން ބުނީ އެފްއޭއެމް އިން ނެރުނު ލާރިއަކީ މަންމަ ކިއްލިތަޅައިގެން ބައްޕަ ބޯޓުދަތުރުކޮށްގެން ނެރުނު ފައިސާއޭ ދޯ!؟

    50
    2
  3. ކަނޑައްމުގޫ

    ޙިޔާނާތެއް ވައްކަމެއްކިޔާނެކަމެއްނެތް ތިޔައެއްކަމެއްވެސް
    ނުބެލޭނެ މިސަރުކާރު ގޮވާނީހަމަ އަތަށް

    43
    2
  4. އައްޑޫސިޓީ

    ކަޅުފައިސާއާ ކަޅުދަބަހުގެ ވާހަކަ ދަތްކަން އެހާސާފުސީދާ ބޭފުޅެއްނޫން އަލީ ވަހީދަކީ. އެކަންދިވެހި ރައްޔެތުންދަނޭ.

    58
    2
  5. މުހައްމަދު

    ބޮޑުކަރާ ބޭކާރު އަނގަ ނުތަޅާ .

    58
    6
  6. ބުރުމާ

    މީނާވެސް މިހުރީ އެ ލާރިގަނޑުން އެއްބައި ބަނޑު އަޅައިގެން. ޏުވިތާކަށް ކާންދޭ އަތުގަ ދަތް އަޅާފަ. އެވެސް މަގާމުގެ ދަހިވެތި ކަމުގަ. މި އަލީ ވަހީދު ވާނެތަ މީހަކަށް ވަފާތެރި. ޙަރާންކޯރު ދެފުށް ކެހެރި ގެރި.

    50
    2
  7. ބޮޑުކާރު

    ބިރުންރިބޭމީހުންގެ ކޮމެންޓު ފެނޭތަ؟

    15
    14
  8. ބޫން ބޫން

    ބޫން ބުން ގެ އެއްވެސް އިހުލާސް ތެރިކަމެއް ހުރިތަނެއް ނުފެނޭ ދެން ބޫން ބޫން ގެ އޮފީސް އެއްވެސް އަވަހަށް ހަދާލަ

    34
    1
  9. ކަރާ

    ޖީއެމްއާރުން ދިން ކަޅުދަބަސް ކޮންތާކުވީ. ކާކުަތުގައިވީ. މަޑުއްވަރީ ކުޑަމުހައްމަދުފުޅު އަތަށްތަ ދިނީ އެގެއިން ބައެއް ގަންނަން.

    33
  10. ޝަހީދު

    މަނިކުފާނަކީ މާބޮޑު ނަޒާހާތްތެރިއެއް ކަމަށް ރައްޔިތުންނަށް ދައްކަން ވެގެން މޮޅެތި ވާހަތައް ނުދައްކަވާ ހުންނެވިއްޔާ ކީއްވާނެތޯއެވެ. އެހެނީ ތިޔަ ޢަލީ ވަޙީދާއި އޭނާގެ މަންމަ މެނުވީ ކިއްލި ވިއްކަވައިގެން މާލެއިން ގޯއްޗަކާއި އަދި ހުޅުމާލެއިން ގޯއްޗެއް ބައްލަވައިގެންނެވި ކުޅަދާނަ ކަމާއެކު ކިއްލަތަޅާ ބަޔަކު ދިވެހި ތާރީޚުގައިވެސް ބަޔަކަށް ފެނިފައި ނުވާނެއެވެ. ހަތް ގުދު އޮންނަ މީހާ އެއް ގުދު އޮންނަ މީހާޔާ ދިމާލަން ގުދޯގުދޯ ގޮވާ ބީދައިން މިނިސްޓަރުކަން ލިބުނީމަ ތިމާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކޮރަޕްޝަނުގެ މައްސަލަތަކުގެ މަތިން ހަނދާންވެސް ނުހުންނާނެތާއެވެ.

    17
    1
  11. ޖޮއްބެ

    އަލީވަހީދަށް ލިބިފައިހުރި ގޯތިތަކަކީ ކަރާވިއްކައިގެން ލިބުނު ގޯތިތަކެއްތޯ ބަލަންޖެހޭ.

    15
  12. ކަޅުބެ

    3 އަހަރު އަތުންފައިން މަސައްކަތެއް ނުކޮށް ލަންޑަނުގައި ދިރިއުޅުނީ ކޮންތާކުން ހޯދިފައިސާއަކުންތޯ ބަލާކަށް ނުޖެހޭބާ؟

    19
  13. ޢަހުމަދު

    ބަލަ އެއީ ބިޑިވިއްކައިގެން ލިބުނު ފައިސާ ދަބަހޭ

    12
  14. ާަާމަ

    ތިޔައީ ކަޅުއެއްޗެހީގެ ވާހަކަ ދެއްކެން އޮތް މީހެއްނޫން ... އިހަށް ތިމާގެ ކަޅުކަން އަމިއްލައަށް ވިސްނަބަލަ

    16
  15. ބާރީ

    ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް އިންސާނެއް. ނޫކުލައިގެ ރޮގު ދެމި ގަމީހެއް ލައިގެން ޑީއާރުޕީނޕޯޑިއަމަށް އަރައި ބޫންބޫންލައްވައި ރިޝްވަތު ނަގައިގެން ކަތުގައި ރީދީ މާފަތި އެޅުވިފަ ދެން ފެނުނީ ޠެޕްކޮމްޕެނީގެ އެކައުންޓުން ފައިސާ ދީގެން ހުޅުމާލެއިންނާ މާލެއިން ގޯތި ގަތްތަން. ލަރާ ވިއްކައިގެނާ ބޮބި ތަޅައިގެން ހޯދި ފައިސާކަމަށް.

    16
  16. އީސަ

    ކުރިވަޢުދު އުވާލައި ވަޒީފާއާ މަޤާމުގެ ބޭނުމުގައި ހުރެގެން ކަރާފަޅަނީ ކަލެއަށް ކޮންއިންސާފެއް ހޯދޭނީ މިހާރުވެސް ކޮރަޕްޓު ވެފައި ހުރި އަނދޮޅެއް .....

    14
  17. އަހްމަދު

    އެންމެފުރަތަމަ ކަޅިދަބަސް ވެއްދީވެސް އަދި ނެރުނީވެސް އަލީވަހީދުގެއިން އެއީ މަންމަ ކިއްލިވިއްކައިގެން ލިބުނުލާރި

  18. ބުރޯ

    މިކަލޭގެ އަށް 27 މިލިއަން ދިނީ ދަވްލަތުގެ 4 ފަޅުރަށް ވިއްކާލި ފައިސާއިން އެފައިސާ ޖަމާކުރީ މާލޭގަ ހިންގާ ހާޑްވެއާ ފިހާރަޔަކަށް ގެ ގަންނަން ފައިސާ ދެއްކީ އެފިހާރައިން މިއީވެސް ރިސްވަތުގެ އައްޕަ . މަންމަބުނީ ރެސޯޓް ތަކަށް ގޮސް ތިންތިން ބަނޑިޔާ ޖަހައިގެންނާ ކިއްލި ވިއްކައިގެނޯ ގެ ގަތީ

  19. ކަޅުބޮޑުވަގު

    ގޯތި ވަގު އަލީ ވަހީދު. ބޮޑު ވަގު ހަމަ. ޓެޕް ކުންފުނި މެދުވެކޮށް ފައްޅިތަކުން ރީދޫ ދައްޖާލު ހޯދި ފައިސާ އަށް މާލެއާ ހުޅުމާލޭން ގޯތި ގަތް ބޮޑު ވަގު ތީ. މިނިސްޓަރަކަށް އަމިއްލައަށް ހެދިގެން ލަދު ހަޔާތްކޔޑަކަން ދެކުބަލަ ނިކަން. ކަޅުބޮޑު ވަގު.

  20. އިލްހާމް

    ޖީއެމްއާރ އިންވެސް ބޭގުތަކެއް ބޭރުކޮއް ބޭބީޔަކާއޯ ހަވާލުކުރީ

  21. އިލްހާމް

    ޖީއެމްއާރުން ނެރުނު ބޭގްތަކެއް ބޭބީޔަކާޔޯ ހަވާލުކުރީ

  22. އައިޝާ

    އެފް އޭ އެމުން ދަބަސްތައް ނެރުނީ މަނިކުފާނުތޯ؟ މަނިކުފާނުގެ އަމިއްލަ ނަފްސާ ދޭތެރޭ ވިސްނަވާލެއްވުން ވަރަށް ރަގަނޅު ކަމަށް ފެނޭ! ތަންތަނުން ގޯތި ގަންނަން ލިބުނީ ހަލާލު ފައިސާ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟

  23. ކެކެކެ

    ކިއްލި ގޮށްޓެއްވެސް ނެރުނޭ ކިޔާތީ އިވޭ. ދޮގެއްތަ އެއީ؟