ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނުގައިވެސް ސްޓޭޓް އޯން އެންޓަޕްރައިސް (އެސްއޯއީ)ގެ ދަށުން، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ފައިސާ ދޭނެ ކަމަށާއި، އެފްއޭއެމްއިން ބޭނުންވީ ސަރުކާރު ބަދުނާމު ކުރަން ކަމަށް، ޔޫތު މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅައިގެ ސިޔާސަތު ހާމަކޮށްދިނުމަށް، އިއްޔެ ބޭއްވި ޕްރެސްގައެވެެ. އަލީ ވަހީދު އެހެން ވިދާޅުވެފައި ވަނީ މިދިޔަ ހަފްތާ ތެރޭގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި ވާހަކަތަކަށް ދެއްވި ރައްދެއްގެ ގޮތުގައެވެ.

ބައްސާމް މީގެކުރިންވެސް ފާހަގަކުރައްވާފައި ވަނީ ސަރުކާރުން ކްލަބުތަކަށް އެހީތެރިކަން ފޯރުކޮށްދެނީ، ނުފޫޒު ފޯރުވުމަށް ކަމަށެވެ. އަދި މިދިޔަ ހަފްތާ ބޭއްވި ޕްރެސްގައި ބައްސާމް ވިދާޅުވީ، މިދިޔަ ދެ އަހަރު ކުންފުނިތަކުން ކްލަބުތަކަށް ދޭ ފައިސާ ދޭނީ އެފްއޭއެމްއިން ކަމަށެވެ. އެކަމާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ، އެފްއޭއެމްއިން ސަރުކާރުގެ އަގު ވައްޓާލަން މަސައްކަތް ކުރި ކަމަށާއި، ކްލަބުތަކަށް ފައިސާ ނުދޭނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ. އަދި ހަމައެއާއެކު، ސަރުކާރުން ތައްޔާރުވަނީ ކްލަބުތަކަށް، ކުރިއަށްވުރެވެސް ފަހިކޮށް އެހީތައް ފޯރުކޮށްދޭން ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

"ސަރުކާރުން ދޭ ފައިސާ ރަނގަޅަށް ބެލެހެއްޓި އެ ހޭދަ ކުރެވޭގޮތް އެނގެން ޖެހޭނެ ކަމަށް ސަރުކާރުން ބުނުމަކީ ކުލަބުތަކަށް ފައިސާ ނުދޭނެ ކަމަށް ބުނުމެއް ނޫން، މިނިސްޓަރު މަހުލޫފުވެސް ސަރުކާރުންވެސް ބުނެފައެއް ނޯންނާނެ އެސްއޯއީގެ ދަށުން ކުލަބުތަކަށް ފައިސާ . ނުދޭނެ ވާހަކައެއް. ދިވެހި ސަރުކާރަކުން ނޯންނާނެ ކުރިން ކްލަބްތަކަށް ލިބެމުންދިޔަ އެއްވެސް އެއްޗެއް އުނިކުރިކަމަކަށް އިއުލާނުކޮށްފައެއް. މިނިސްޓަރު މަހުލޫފު ވެސް އަޅުގަނޑު ވެސް ކްލަބްތަކަށް ދެރަކޮށް އިހާނެތިކޮށް ހިތާނެ ކަމަށް ނުބުނަން. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެހެން ގޮތްގޮތުން ވެސް ކްލަބްތަކަށް ފައިސާ ލިބޭނެ ގޮތްތައް ހޯދަން. އިންޑަސްޓްރީތައް މެދުވެރިކޮށާއި އެހެނިހެން ގޮތްގޮތަށް،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އިންޑައާގެ ސުޕަ ލީގަށް އައި ބަދަލު ރާއްޖެއަށްވެސް ގެނެވޭނެ ކަމަށާއި، ރާއްޖޭގައި ތަނަވަސްކަން މި އޮންނަ އިންޑަސްޓްރީތައް މެދުވެރިކޮށް،، ކްލަބުތަކަށް ރަނގަޅު މާލީ ތަނަވަސްކަމެއް ގެނެވިދާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވޭ މިރާއްޖޭގެ ކުލަބުތަކަކީ ރަނގަޅު މޮޑެލްއެއްގެ ދަށުން ހިންގާ އަރަނި ކުލަބުތަކެއް ކަމުގައި ކުލަބުތައް ހަދަން، މިހާރު މިދޭ ވަރަށް ވުރެ މާ ރަނގަޅަށް އަޅުގަނޑުމެން ކުލަބުތަކަށް އެހީ ފޯރުކޮށްދޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ޕްރެސްގައި އަލީ ވަހީދު ވަނީ ވަރަށް ބޮޑަށް އެފްއޭއެމްއަށް ފާޑު ކިޔާފައެވެ. ހާއްސަކޮށް ރާއްޖެގޭ ފުޓުބޯޅައިގެ މިސްރާބެއް ނެތް ކަމަށާއި، އަންނަ އަންގާރަ ދުވަހު ރާއްޖެ އަންނަ އޭއެފްސީއާއި ފީފާގެ ވަފުދަށް އެކަންކަން ހިއްސާކުރައްވާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ކަންކަމަށް ތިންވަނަ ފަރާތަކުން ނުވަނުމަށް ފީފާއިން އިންޒާރު ދީފައިވާ އިރު، އެކްޓިން މިނިސްޓަރު ކަމާ ހަވާލުވެ އަލީ ވަހީދު އުފެއްދި ކޮމެޓީއަށްވެސް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އަލީ ވަހީދު ވިދާޅުވީ އެއީ އެފްއޭއެމްގެ ކަންކަމަށް ހައްލު ހޯދުމަށް އުފެއްދެވި ކޮމިޓީއެއް ކަމަށާއި، އެފްއޭއެމްގެ މިހާރު އޮތް އެކްސްކޯގެ ކަންކަން ހުރީ ފީފާ ސްޓެޓިއުޓްސްއިން ބޭރުގައި ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ފީފާގެ އުސޫލުތައް ގަބޫލުކުރާ ބަޔަކު އެފްއޭއެމްގައި ތިބެން. ކޮންމެ ދުވަހަކު ސިޔާސީ ވާހަކަ ނުދައްކާ ބައެއް އެތަނުގައި ތިބެން. ކޮން ފައިދާއެއްތޯ އަޅުގަނޑުމެންނަށް ވަނީ އެފްއޭއެމަށް އިހާނެތިކޮށް ހިތައިގެން. ރަނގަޅެއް ނޫންތޯ އެފްއޭއެމް ރަނގަޅަށް ހިނގާފައި ދަނޑުތަކަށް މީހުން ވަނީމަ،" އަލީ ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަސް

    ތި ބޭކާރު ހަރަދު ނުކޮށް ގައުމު ހިނގޭތޯ ބަލާބަލަ. ކީއްތަ ވާނީ ނިކަމެތިންނަށް ބޯހިޔާވެހި ކަމެއް ފޯރުކޮށްދިނީއްޔާ

  2. ބަސް

    ބަސް މަދު ކޮށް އަމަލް ގިނަ ކުރައްވާ އެންމެ ފަހުްން ބޭއްވި އިންތިހާބުން އެއޮތް ވަރުގަދަ އުކުޅަހުން އެމް ޑީ ޕީ ކެޓީ މަނިކުފާނު ކުރިމަތި ލައިގެން ހިތި ގޮތަކަށް އަދި އަންހެނުން ކުޅުދުއްފުށީ ދާއިރާއިން ކެޓީވެސް ލަދުވެތި ގޮތަކަށް ސިޔާސީ ގޮތުން ފައިލް ވާމީހުން އަޑު ގަދައެއް ނުކުރާނެ، ކަން ކުރާނީ. ހާމިދު އަބްދުްލް ގަފޫރު އެފް އޭ އެމްގެ ރައީސް އަކަށް ގެންނަން ކުރެވޭ މަސައްކަތް. ކޮންމެ ފަހަރަކު އެމްޑީ ޕީ ވެރިކަމަށް އައުމާއި އެކު ވިކްޓަރީ ހިންގަން ކެނެރީގޭ މީހުން ނުކުމޭ މިވެސް އަޖައިބެއް ކަހަލަ ކަމެއް ..... ވިކްޓަރީ ނުހަނު ހާލުގައި ޖެހުނު ދުވަހު ކެނެރީގޭ މީހުން ނުފެނު ވޭތުވެދި 5 އަހަރު ، މިހާރު މާއްޓޭއާއި ނަޝީދު ބޭބެއާއި ހީވަނީ އެހެން ކަމެއް ހެން