ވިކްޓަރީ ސްޕޯޓްސް ކްލަބު އިސްވެ އޮވެ، އެފްއޭއެމްގެ ވެރިން ބަދަލުކުރަން ބާއްވާ ކޮންގްރެސް ބޭއްވުމަށް، އެ ކްލަބަށް އެކަށީގެންވާ ވަރަށް ސޮއި ލިބިފައި ނުވާ ކަމަށް ފީފާއާއި އޭއެފްސީން ރާއްޖެއައި ވަފުދުގެ ފަރާތުން ބުނެފިއެވެ.

އެފްއޭއެމްއަށް ކުރިން ވިކްޓަރީން ހުށަހެޅި ހުށަހެޅުމުގައިވެސް ވަނީ ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލުމަށާއި، އެ ކޮމެޓީއަށް ބާރުތަކެއް ދިނުމަށެވެ. ވިކްޓަރީން މެމްބަރު 15 ކްލަބެއްގެ ސޮއިއެއާއެކު އެ ގަރާރު އެފްއޭއެމްއަށް ވެއްދި ކަމަށް އެ ކްލަބުން ބުނެފައިވާ އިރު، އެފްއޭއެމްއިން ބުނެފައި ވަނީ އެކަމަށް ގަރާރުގައި ސޮއިކުރި ހަތަރު ކްލަބަކުން ނަން ނަގާފައިވާ ކަމަށާއި، އޭގެ ތެރޭގައި ބައެއް ކްލަބުތަކަކީ މެމްބަރު ކްލަބުތައް ނޫން ކަމަށެވެ. އަދި ނިއު ރޭޑިއަންޓް ސަސްޕެންޝަނުގައި އޮތުމުން އެ ސޮއިވެސް ބަލައިނުގަންނަ ކަމަށް އެފްއޭއެމްއިން ކުރިން ވިދާޅުވިއެވެ.

އެފްއޭއެމްއިން ފީފާގެ ލަފާގެ މަތިން ކޮންގްރެސް ނުބާއްވަން ނިންމި އިރު، ބައެއް ކްލަބުތައް އަމިއްލައަށް ކޮންގްރެސް ބާއްވަން ނިންމިއެވެ. އަދި އަންނަ ހަފްތާއަށް ކޮންގްރެސް ތާވަލުކޮށް، އެފްއޭއެމްއަށް އެޖެންޑާވެސް ވަނީ ފޮނުވާފައެވެ.

އެކަމާ ގުޅިގެން ފީފާއާއި އޭއެފްސީން ރާއްޖެ އައިސް، ކްލަބުތަކާ ބައްދަލުވެސް ކޮށްފައިވާ އިރު، އެޓީމުން ވަނީ ތިންވަނަ ޑިވިޝަނާއި، ދެވަނަ ޑިވިޝަންގެ ކްލަބުތަކާއި ފުރަތަމަ ޑިވިޝަންގެ ކްލަބުތަކާ އެކުވެސް ބައްދަލުކޮށްފައެވެ.

ފީފާގެ ފަރާތުން ވާހަކަ ދެއްކި އެ އިދާރާގެ މެމްބަރު އެސޯސިއޭޝަންސް ގަވާނެންސް ޑިޕާޓްމަންޓްގެ ސީނިއާ އޮފިސާ އެލެގްސެންޑްރާ ގްރޮސް، ވިދާޅުވެފައި ވަނީ ރާއްޖެއައިސް ކްލަބުތަކާ ބައްދަލުކޮށްފައިވާ ކަމަށާއި، ސޮއިކުރި ކްލަބުތަކާއި ނުކުރާ ކްލަބުތަކާވެސް ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އަދި ފީފާގެ ސްޓެޓިއުޓްސް ބުނާ ގޮތުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް 51 ޕަސެންޓް ކްލަބުތަކުގެ ސޮއި ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ވިކްޓަރީއަށް އެ އަދަދު ހަމަ ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެން ކަމުން އެ ޓީމުގެ މަސައްކަތް ނިމުނީ ކަމަށާއި، އެކަން އާންމުކޮށް އިއުލާން ކުރާ ކަމަށްވެސް ގްރޮސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަންބޮޑި

    ބޮޑުކަރާ ކުޑަކަރާ ބޮޑު ކަރާ ބާރުވީޔޯލަ

    11
  2. ހަސަން ނުވަވަނަ

    ކެނެރީ ބުއްޅަބޭ ކައިރީ ބުނޭ އެފްއޭއެމަށް ފިޔަވަޅު އަޅައިދޭން ކޮމަންވެލްތުގަ އެދެހެރޭ. ފެންވަރުން އުޅެބެލާ މަޔާހޮކިތަކާ

    15
  3. ތެދު

    ބޫންބޫން ދެން....ހހަހަހަހަ

    16
  4. ކިނބޫ

    ނުލިބޭނެ ނުލިބޭނެ. ރީލޯޑު ވަޒީރު ތިކަމެއް ކުރާނަމޭ ހިތައި ލައްކަ ވަރަކަށް ތެޅިލިއެއްނު. ފުއްޕައިގަތްގަތީނުން ރީލޯޑޭ އެހެރީ ނަގޫ ފިތިފަ. އަތަކަށް ހިރިލެވޭކަށް ނެތް.

  5. ސަލީމް

    ޢަންނި ބޭބެ އާއި ހޮޑައިދޫ ހާމިދު މިހާރު ތިބޭނެ ސައިޒްވެފަ.ޑޮލަރު މައުރޫފް އާއި ކިއްލިމިލިނިއަރު ބޫމްބޫމް އަށް މިހާރު ވިސްނޭނެ ޝަވީދު މެންނާ ނުކުޅެވޭނެކަން.

  6. ގަލޮޅުގެ ދަރިއެއް

    އެމް ޑީ ޕީގެ ބާރު ހިނގާ ސަރުކާރެއް އަންނަ އިރަށް ކެނެރީގޭ މީހުން ވިކްޓަރީ ހިންގަން ތެޅިގަންނާނެ އަދި މާއްޓޭވެސް ހިވާނީ އެހެން ކަމެއްހެން... އަންނި ބޭބެ ވެސް ދުވާނެ... ހަމަ ވެރިކަން ނިމޭ އިރަށް ވިކްޓަރީ ދަރަނި ވެރިވާން ދޫކޮށްލާނެ.... ދެން ނާބެމެން އެގޮތް މިގޮތުުން ފައިސާ ކޮޅު ހޯދަިއގެން ކްލަބް ހިންގަނީ