ހޮލެންޑްއަށް އުފަން ލުއިސް ވެންހާލް ފުޓްބޯޅައިގެ ހުރިހާ ކަމަކުން ރިޓަޔާ ކޮށްފިކަމަށް އޭނާބުނެފިއެވެ.

ވެންހާލް އަކީ މެންޗެސްޓާ ޔުނައިޓެޑް، ބާސެލޯނާ، އަޔެކްސް، ބަޔާން އަދި އޭޒްގެ ކޯޗް ކަން ކޮށްދީފައިވާ މީހެކެވެ.

ވެންހާލް ވަނީ ކޯޗެއްގެ ގޮތުގައި ޖުމްލަ 20 ތަށި ހޯދާފައެވެ. ކޯޗެއްގެ ގޮތުގައި 22 ވަރަކަށް އަހަރު ހޭދަ ކުރި، ވެންހާލް ވަނީ އޭނާ ކޯޗް ކޮށްދިން ހުރިހާ ކްލަބަކަށް ތަށި ހޯދަ ދީފައެވެ.

2016 ގައި ވެންހާލް އެންމެފަހުން ކޯޗްކަން ކޮށްދިން ޔުނައިޓެޑް ވަނީ އެފްއޭކަޕް ހާސިލްކޮށްފައެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އޭނާ މަގާމުން ދުރުކޮށް ޔުނައިޓެޑަށް މޮރީނިއޯ ގެނައެވެ. އޭނާ ޔުނައިޓެޑް އިން ދުރުކުރި ފަހުން އެއްވެސް ޓީމެއްގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެއް ނުވެއެވެ.

އަޔެކްސްއާއި ހަވާލު ވެގެން ހުރި އިރު 1995 ގައި ޗެމްޕިއަންސް ލީގް އެޓީމް އަށް ހޯދައިދިނެވެ. ބާސެލޯނާއާ އެކު ދެ ފަހަރަށް ސްޕެނިޝް ލަ ލީގާ ހޯދަދީފައިވެއެވެ. ބަޔާން މިޔުނިކާއެކު ޖަރުމަން ބަންޑެސްލީގާ ހޯދިއެވެ. ކޯޗް ކަންކޮށްދިން އަޔެކްސް އަށް ދެ ފަހަރަށް ލީގް ހޯދައިދިންއިރު، ޔުނައިޓަޑަށް އިނގިރޭސި އެފްއޭ ކަޕު ހޯދައިދީފައިވެއެވެ.

"އަހަންނަށް މިހާރު ޕެންޝަން ފައިސާ ވެސް ލިބޭ، އެއްވެސް ވިސްނުމެއް ނެތް ޓީވީ އެނިލަސްޓަކަށް ނޫނީ ޓީމެއްގެ ޓެކްނިކަލް މަސައްކަތަކަށް ދާކަށް" ވެންހާލް ބުންޏެވެ.

ވެންހާލް ބުނެފައިވަނީ އޭނާގެ އުމުރުން 55 ގައި ރިޓަޔާ ކުރާނެ ކަމަށް އޭނާގެ އަނބިމީހާ ކައިރީ ބުނެފައިވާނެ ކަމަށެވެ. އެހެންނަމަވެސް އިތުރު 10 އަހަރު ވަންދެން މަސައްކަތް ކުރެވުނު ކަމަށެވެ. ވެންހާލް ގެ އުމުރުން މިހާރު 67 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. vaguthu

    ގަމާރު .. މާ ލަސްވެސް ވެއްޖެ ....

  2. Anonymous

    ރިސޯޓު