ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ފާހަގަކޮށްލެވެނީ ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ނުފޫޒުގަދަ އެއް ފަރާތުގެ ގޮތުގައެވެ. އެންމެ ޕްރެޝަރުވާ ވަގުތު، ރަނގަޅު ޑެޑިޝަނެއް ނަގާ ސަޕޯޓަރުން ހިތް ރުއްސާލުމަކީ ޕެރޭޒްގެ ކިބައިން ފާހަގަކޮށްލެވޭ މުހިއްމު ސިފައެއް ކަމަށް ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކޮށްލެވެއެވެ.

އިއްޔެއާ ހަމައަށް މުޅި ސީޒަންގައި ޕެރޭޒް ހުރީ ބޮޑު ޕްރެޝަރެއްގައެވެ. ކާމިޔާބު އެތައް ސީޒަނަކަށްފަހު، އެ ކާމިޔާބީތަކުގައި އެންމެ ބޮޑު ހިއްސާއެއް އޮތް ކްރިސްޓިއާނޯ ރޮނާލްޑޯއާއި، ކްލަބު ލެޖެންޑް އަދި ކޯޗު، ޒައިނުއްދީން ޒިދާން، ޓީމު ދޫކޮށްލުމުގެ ޒިންމާ ނަގަން ޖެހުނީ ޕެރޭޒްއަށެވެ. އެ ހުރިހާ ޒިންމާއެއްގެ ޕްރެޝަރުގައި ހުއްޓާ، ޕެރޭޒްއަށް އިތުރު ޕްރެޝަރެއް ކުރިމަތިވީ މި ސީޒަން ޗޮކުން ދިޔަ ހިސާބުންނެވެ.

އެ ޕްރެޝަރު ވަގުތު ޕެރޭޒް އޭނާގެ "ކެރެކްޓާ" ދައްކާލީ އިއްޔެއެވެ. މީޑިއާތަކަށްވެސް މާ ބޮޑު އެނގުމެއް ނުވެ، ފަހުގެ ތާރީހުގައި ކްލަބު ދުތް އެންމެ ކާމިޔާބު ކޯޗު، ޒިދާން އަނބުރާ ގެނެސް، ސަޕޯޓަރުން ފޮޅުވާލިއެވެ. އެއީ ޕެރޭޒްގެ ނުފޫޒެވެ. އޭނާއަށް ދުނިޔޭގެ ފުޓުބޯޅައިގައި އޮންނަ ބާރެވެ.

"އަހަރެން ބޭނުން ވަނީ ރެއާލްގެ ރަން ދުވަސްތައް އަލުން ގެންނަން. ވަރަށް އުފާވެއްޖެ އަނެއްކާވެސް އެނބުރި އާދެވުމުން. އަހަރެން ދިޔައީވެސް ރަނގަޅު ވަގުތެއްގައި. މި އައީވެސް ރަނގަޅު ވަގުތެއްގައި. އޭރު އަހަރެން ދިޔައީ ބަދަލަކަށް ކްލަބު ބޭނުންވެފައި އޮތުމުން. އެކަމަކު ރެއާލްގެ ރައީސްގެ ފޯނު ކޯލާއެކު އަހަންނަށް އިތުރު ގޮތެއް ނުވިސްނަން. ކްލަބަށް އޮތް ލޯތްބަކާއެެކު އެނބުރި އައީ. އެތައް ކްލަބަކުން ފުރުސަތުތައް އައި، އެކަމަކު ރެއާލްއަށް އިންކާރު ނުކުރާނަން،" ރެއާލްއާ ގުޅުމަށްފަހު ޒިދާން ބުންޏެވެ.

ޒިދާން އަނބުރާ ގެނައުމަށްފަހު، ޕެރޭޒް އޭނާގެ ވާހަކަ ނިންމާލީ ކުރުކޮށެވެ. ޒިދާންގެ މާ ބޮޑު ތައާރަފަކަށް ދިޔުމުގެ ބަދަލުގައި ބުނީ " މިހުރީ ދުނިޔޭގެ އެންމެ މޮޅު ކޯޗު، އަނބުރާ ގެނެސްދީފައި،" ކަމަށެވެ.

އެތައް ފާޑުކިޔުމެއް އަމާޒުވެފައި އޮތް ޕެރޭޒް، އަނެއްކާވެސް ސަޕޯޓަރުން އިތުބާރު ހޯދީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖމލޭ

    ދެން ގަނެލާ ޔުއެފާ ދެން ރެފުރީން. އޭރަށް މޮޅުވީނުންތެ

    6
    9
  2. ކައުންސެލަރު

    އެނގިދާނެ ތިޔަހުރި މޮޅުކަމެއް މިފަހަރު. ކޯޗުންނަށް ބަދަލު ކުރެވޭނީ ޓެކްޓިކްސް. އެނޫންގޮތަކުން އެއްވެސް ކަމެއް ނުކުރެވޭނެ. ހުރިހާވެސް އެއްޗަކީ ސްޓާ ޕްލޭޔަރުން. ތިޔަބުނާ މޮޅެތިކޯޗުންގެ ތެރޭގައި އައިއެފްސީ ގެ ކޯޗް ވަންލީވެސް ހިމެނުނު. ތިންއަހަރު އެންމެ މޮޅުކޯޗުގެ މެޑެލް ޖަހާލި. އެކަމް އަލީ އަޝްފާގް ޓީމު ދޫކޮށްލީ.... ދިޔައީ ހަމަ ޗޮކުން. އޭރުވެސް ކޯޗަކީ ހަމަ ވަންލީ. އެހެންވީމާ މިފަހަރު ލޮލުގަ ފެންލައިގެން ބަލަން މިހުރީ ޒިދާނަކީ އެންމެމޮޅުކޯޗުތޯ؟ ތިޔަ ޕެރޭޒް ޒިދާނާ ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވާނެ ދުވަސް ފެންނަހެން ހީވަނީ މިހާރުވެސް ހަހަހަ

    7
    5