އަންހެން ފުޓުބޯޅައިގެ ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ސާފް ވުމަންސް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލިވެއްޖެއެވެ.

ރާއްޖެއިން އިން މިއަދު ކުޅުނު މެޗުގައި އިންޑިއާ އަތުން ބަލިވެފައި ވަނީ 6-0ގެ ނަތީޖާއަކުންނެވެ. ރާއްޖެއިން މިފަހަރުގެ މުބާރާތަށް ރަނގަޅު ތައްޔާރީތަކަކާއެކު ނުކުތް އިރު، މީގެ ކުރިން އިންޑިއާ ދެކޮޅަށް ކުޅެ، ނުކުމެފައިވާ ނަތީޖާތަކަށް ބަލާ އިރު، މިއީ ކުރިއެރުމެކެވެ. އެގޮތުން ރާއްޖޭގެ އަންހެން ޓީމުން އިންޑިއާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި 15-0އިން ބަލިވި އިރު، 2014 ވަނަ އަހަރު ކުޅުނު މެޗުން ބަލިވީ 8-0ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގައި އިންޑިއާއިން ހޯދި މޮޅާއެކު އެޓީމުން ވަނީ ސެމީ ފައިނަލާ ގާތަށް ޖެހިލައިފައެވެ. ގްރޫޕެއްގައި ތިން ޓީމު އޮތް އިރު، ރާއްޖެއާއި އިންޑިއާގެ އިތުރުން ދެން ގްރޫޕްގައި އޮތީ ސްރީ ލަންކާއެވެ.

މިއަދުގެ މެޗުގައި އިންޑިއާގެ ގޯލްތައް ޖަހައިދިނީ ސަންޖޫ، ގްރޭސީ ޑަންގުމީ، ސްވީޓީ ދޭވީއާއި އިދުމަތީ ކަތެރޭސަން އަދި ރަޓަން ބަލާ ދޭވީއެވެ. އޭގެތެރެއިން ސަންޖޫއާއި ގްރޭސީ ޑަންގުމީ ވަނީ ދެ ގޯލް ޖަހާފައެވެ.

ރާއްޖެއިން މިފަހަރުގެ މުބާރާތުގައި ޓާގެޓް ކޮށްފައި ވަނީ ސެމީ ފައިނަލްއަށެވެ. މީގެ ކުރިން 2016 ވަނަ އަހަރު ރާއްޖެއިން ފައިނަލް ކުޅުނު އިރު، މިފަހަރުގެ މުބާރާތް ދަނީ ނޭޕާލްގައެވެ. މުބާރާތުގައި ހަ ޓީމަކުން ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަސްލުމީހާ

    ތީކުރިއެރުމެއް ނޫން ކުރިން 8 މިހާރު 6

    6
    1
  2. އެލެކްސް

    ކުޅިވަރު މުބާރާތްތަކުގައި ކުޅެނީ މޮޅު ވާކަށް ނޫންތަ؟ ދެމެޗު ކުޅެން ކީއްކުރަން ކުރާ ހަރަދެއް. މަހުލޫފު އިސްތިއުފާ