ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އުމަރު، އެ މަގާމުން ވަކިކޮށްފިއެވެ.
އެކަން މިއަދު އިއުލާން ކުރީ ސަސްޕެންޝަނުގައި ހުންނެވި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ޓްވިޓާއިންނެވެ. މަހުލޫފް ސަސްޕެންޝަނުގައި ހުންނެވީ، އެމްއެމްޕީއާރްސީ ހިޔާނާތު ފައިސާ ބަހާލި އެސްއޯއެފް އެކައުންޓުން މަހުލޫފުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާތީ، ރައީސް ސޯލިހް ގޭގައި މަޑުކުރަން އެނގެވުމުންނެވެ.
މަހުލޫފް އެފަދަ ގޮތަކަށް އެކަން އިއުލާން ކުރެއްވުމުން އަލީ އުމަރު ވަނީ ޓްވިޓާގައި ކޮންމެވެސް ވަރަކަށް އެކަމަށް ފާޑުވެސް ކިޔާފައެވެ.
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި އަލީ އުމަރުގެ ކުރިން މަސައްކަތް ކޮށްފައިވަނީ އަހްމަދު ނަޝީދު (ޑޭވް)އެވެ. އޭނާ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދީފައިވަނީ 2017 އަހަރު ޑިސެމްބަރު މަހުގައެވެ.
އަލީ އުމަރަކީ ރާއްޖޭގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ 1998 އިން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ގައުމީ ޓީމަށް ކުޅެފައެވެ. ކްލަބު ފުޓުބޯޅައިގައި ވީބީ ސްޕޯޓްސް ކްލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށްވެސް ކުޅުނު އަލީ އުމަރު ވަނީ އެކި ފަހަރު މަތިން އެފްއޭއެމްގެ އެކްސްކޯގައި މަސައްކަތް ކޮށްފައެވެ.
ސްޕޯޓްސް ކޮމިޝަނަކީ ރާއްޖޭގެ ކުޅިވަރުގެ ހުރިހާ ކަމެއް ބެލުމަށާއި ކުޅިވަރު އިދާރާތައް ބެލެހެއްޓުމަށް ސަރުކާރުން އެކުލަވާލާފައިވާ އިދާރާއެކެވެ.
ނާތަހުޒީބު، ގޮތެއްފޮތެއްނެއް މީހެއް މީ އުމަރަކީ
ވަގުކަލޭގެ ގޭގަ ބެހެއްޓީ މަޖިލިސް އިންތިޚާބު އޮތީމަ މީހުން ލޮލުގަ އަނދުން އަޅުވާށޭ އަބަދުވެސް ބުނަމުންނެއްނު މަ މިދަނީ. މިހާރު މާ ފަސޭހައެއްނު. ވަޒީފާއަށް ނުކުންނަން ނުޖެހި މުސާރަ ލިބި ޓުވީޓުން އޮފީސް ހިންގަން ރީލޯޑޭ މި ހުންނަނީ. ސަޅިއެއް ނޫންތަ؟
މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވިއަސް މޮޅު ސްޕޯރޓްސް ކޮމިޝަނަރަކަށް ނުވެދާނެ !
ރެފްރީންގެ ކަންތަށް ވެސް ރަނގަޅުކުރާނަމޭ ކިޔާފަ ކޮންމެ މީޓިންއެއްގަ ބުނާނެ މީނަ.. ވީކަމެއް ނެތް...ދެން ހުރޭ ގޭގަ.. ރާކަނިމަސް ކެވިފަ ހުންނާނީ...
ސަސްޕެންޑު ކޮށްފައި ހުންނަ ވަޒީރަކަށް އޮފީހުގެ ޒިންމާ ނެގޭތޯ؟ ހަމަ އަހާލީ އުސޫލީ ހަމަތަކުން މިނިސްޓަރު މަހުލޫފު މަގާމުގެ ބޭނުން ނަހަމަ ކޮށް ކޮށްފައިވާ ކަމެއް ކަމަށް ބުނުމުގެ ފުރުސަތު ބޮޑު.
އަލީ އުމަރު ވަކިކޮއްފައިވާ ކަމަށް އެންގީ އަމުރު މަހުފޫޒު ހިންގުމުން އެކަހެރި ކޮށްފައިވާ މީހެއް. ސަސްޕެންޑު ކޮށްފައި ހުންނަ ވަޒީރަކަށް އޮފީހުގެ ޒިންމާ ނެގޭތޯ؟ ހަމަ އަހާލީ އުސޫލީ ހަމަތަކުން މިނިސްޓަރު މަހުލޫފު މަގާމުގެ ބޭނުން ނަހަމަ ކޮށް ކޮށްފައިވާ ކަމެއް ކަމަށް ބުނުމުގެ ފުރުސަތު ބޮޑު. އަލީ އުމަރު އެހެން ވަކި ކުރެވޭތޯ ވެސް ސުވާލު އުފެދޭ. އެފްއޭއެމް އާއި އެކު އޮތް މައްސަލައިގެ ޝިކާރަވެރި އަކަށް އަލީ އުމަރު.
އަލީ އުމަރު ވަކި ކުރީ އެފްއޭއެމް އިން ސަރުކާރުން ބޭނުންވާ ފާއިޒް ސަމަދުގެ ދަރި އަފޫ އެތަނަށް ވައްދަން ކުރި މަސައްކަތަށް ހުރަސް އެޅޭތީ. މި މީހުންގެ ހުންނަ ނުބައި ކަމަކީ ހޮނޑައިދޫ ހާމިދު އަބުދުލް ޤަފޫރުވެސް އެތަނަށް ލާނަމޭ ކިޔާ ފަހަތުގަ އަފޫ ބައިންދައިގެން ހިންގާ ޖަރީމާ ގަނޑެއް. ގޭމު ކުޅެނީ ސުޒޭނު އާއި އޭނާގެ ބައިވެރިން ސައްލާ ކުރަނީ އަތޮޅުވެހި ކައިރި ގާޑިއަލުގައި. ނުބައި ނުލަފާ ކަމުގެ ކޮޅެއްވެސް ނެތް.