ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުން ޔުވެންޓަސް 2-0އިން ބަލިވެފައި އޮތް ނަމަވެސް،އަމިއްލަ ދަނޑުގައި އެ ނަތީޖާ އަނބުރާލިއެވެ. ހުރިހާ ޝުކުރެއް، ހެޓްރިކް ހެދި ރޮނާލްޑޯއަށެވެ.

އެ ހެެޓްރިކާ ގުޅިގެން މީޑިއާގައި ތަފާތު ވާހަތައް އަންނަނީ ދެެވެމުންނެވެ. ހާއްސަކޮށް، ރޮނާލްޑޯ އެ ރޭ ހެޓްރިކް ހަދާނެ ކަމަށް ކުރިން ބުނި ކަމަށްވެސް ވާހަތައް ދެކެވިފައިވެއެވެ. އާއިލާ ބައެއް މެމްބަރުން ގާތުގައިވެސް ރޮނާލްޑޯ އެހެން ބުނި ކަމަށް މީޑިއާތަކުން ބުނެފައިވާ އިރު، ހަމަ ޔަގީނުންވެސް ރޮނާލްޑޯ މެޗަށް ނުކުތީވެސް ބޮޑު ޔަގީން ކަމަކާ އެކުގައެވެ.

މެންޗެސްޓާ ޔުނައިޓެޑުން ޗެމްޕިއަންސް ލީގު ހޯދި އިރު، އެޓީމަށް ރޮނާލްޑޯއާއެކު ކުޅުނު ޕެޓްރީސް އެވްރާ ވަނީ ރޮނާލްޑޯގެ ތަފާތު މެސެޖުތަކެއް އިންސްޓާގްރާމްގައި ދައްކާލާފައެވެ.

އެވްރާގެ އިންސްޓާގްރާމަށް ލާފާއިވާ ޗެޓް ލޮގެއްގައި، އޭނާއާއި ރޮނާލްޑޯ ދައްކާފައިވާ ވާހަކަތަކެއް ފެނެއެވެ. އެވްރާ ބުނެފައި ވަނީ ރޮނާލްޑޯއަށް އޭނާ ޑިޕެންޑްވާ ކަމަށެވެ. ޔުވެންޓަސްއާއި ރޮނާލްޑޯ ބަލިވާ ކޮންމެ ފަހަރަކު މީހުން އެވްރާއާ ދިމާކުރާ ކަމަށެވެ. އޭގެ ޖަވާބަކަށް ރޮނާލްޑޯ ބުނެފައި ވަނީ " އަނެއް ބުރަށް ދާނެ ކަމަށާއި، ހޯމްގައި އެތުލެޓިކޯ ބަލިކޮށްލާނެ" ކަމަށެވެ.

އެވްރާގެ ޕޯސްޓްގައި ބުނެފައި ވަނީ މެސެޖުތަކަކީ ފަސް ދުވަސް ކުރިން ރޮނާލްޑޯއާ ދެކެވިފައިވާ ވާހަކަ ކަމަށާއި، ރޮނާލްޑޯގެ ކޮންފިޑެންސް މެސެޖުންވެސް އެނގޭ ކަމަށެވެ. އަދި ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، އެކަމާ އެހެން މީހުން ހިތް ދެރަ ނުކުރުމަށްވެސް އެވްރާ ބުނެފައިވެއެވެ. އަދި ރޮނާލްޑޯގެ ނަންބަރު ހޯދުމަށް ސްކްރީނަށް ޓެޕް ނުކުރުމަށްވެސް އެވްރާ ޖަހާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު