ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ވަނީ އެތުލެޓިކޯ މެޑްރިޑް ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ގްރީޒްމަންއަކީ ފްރާންސްގެ ހުނަރުވެރި ފޯވަޑެކެވެ. އެތުލެޓިކޯއާއެކު ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ގްރީޒްމަން ގިނަ ޓީމްތަކުން މިހާރު ބޭނުން ވެފައިވަނީ، އޭނާ ކްލަބު ދޫކޮށްލަން އުޅޭ ކަމަށް ވާހަތައް ދެކެވޭތީއެވެ. އެގޮތުން މިދިޔަ ސީޒަނަށް ފަހު ބާސެލޯނާ އަށް ގްރީޒްމަން ބަދަލުވާނެ ކަމަށް ބެލެވިފައި އޮތެވެ. އެކަމަކު އޭނާ ވަނީ އެތްލެޓިކޯގައި މަޑު ކުރަން ބޭނުންވާ ވާހަކަ ވީޑިއޯއެއްގެ ޒަރިއްޔާއިން އާންމުކޮށް، އެޓީމް އާއެކު ދިގު މުއްދަތަކަށް އެއްބަސް ވުމުން އާކޮށްފައެވެ.

ގްރީޒްމަން މި ސީޒަނަށް ފަހު އެތުލެޓިކޯ ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެން ގިނަ ކްލަބްތަކުން އޭނާ ގަތުމަށް ޝައުގުވެރިކަން ފާޅުކޮއްފައިވާ ކަމަށް ވެސް ފާހަގަ ކޮއްލެވެއެވެ. އޭގެ ތެރޭގައި ބާސެލޯނާގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް އަދި ބަޔާން މިއުނިކް ހިމެނެއެވެ. މީގެ އިތުރުންވެސް ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ ގްރީޒްމަން ހޯދުމުގެ ރޭހުގައި ވަރަށް ވާދަވެރިކަމާއެކު ކުރިއަށެވެ.

ދާދި ފަހުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުުރުގައި ޔުވެންޓަސް އަތުން ބަލިވި މެޗަށް ފަހު ގްރީޒްމަން އެޓީމްގައި މަޑު ކުރާނެ ކަމާނެދު އަންނަނީ ވިސްނަމުންނެވެ. ގްރީޒްމަންވަނީ އޭނާއަށް ބަލެންޑިއޯ އާއި ޔުއެފާ އަދި ފީފާ އެވޯޑްގެ ނޮމިނޭޝަނުން ވެސް ފުރުސަތު ނުލިބުނު ސަބަބަކީ ކްލަބަށް ބޮޑެތި ކާމިޔާބީތަކެއް ނުލިބުމުން ކަމަށްބުނެ، ކަންބޮޑުވުން ފާޅުކޮށްފައެވެ. އެނާ ވަނީ މިދިޔަ އަހަރު ޔޫރޮޕާ ލީގާއި ވޯލްޑްކަޕް ވެސް ކާމިޔާބު ކޮއްފައެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ގްރީޒްމަން ކްލަބް ބަދަލުކުރަން ބޭނުންވާކަން ރަސްމީކޮށް އެތުލެޓިކޯ އަށް އަންގާނީ ގައުމީ ޓީމުގެ މެޗުތަކަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބާސާ ފޭން

    ބާސާ ގެ ސްކޮޑް އިތުރަށް ވަރުގަދަ ކޮއްލާ
    #ވާމޮސް ބަސާ
    #އިންޝާ ﷲ މިފަހަރު ބާސާ ނަގާނީ

  2. ގްރީޒްމަން

    އަޅުގަނޑޭ ކިޔާފަ ފާޑުފާޑު ވާހަކަ ނުދައްކާ. އަޅުގަނޑު ސީޒަން ނިމުނީމާ ދާނީ ނިއު ރޭޑިއެންޓްއަށް

    3
    3
  3. ާބާސާ ފޭން

    ކައެ ދޭބަލަ ފުރަތަމަ ނިއު ރޭޑިއެންޓަށްަ
    ކައެ ކޮންމެހެން ގްރީޒްމަން އަށް ވާން އުޅޭނެ ކަމެއް ނެއި އިންގެ

  4. ޝާންތިޝާންތި

    ރުޅި ކޮންޓްރޯލް ކުރެއްވުމަށް އައުޒު ބިސްމި ކިޔުއްވާ. ނޫނީ ތަނެއްގަ އިށީދެވަޑައިގަންނަވާ. އެވަރުން ނުވެއްޖެއްޔާ ތަނެއްގަ އޮށޯވެލައްވާ. ދެން ނުވެއްޖިއްޔާ ފާހަނައަށް ގޮސްލާފަ ބަޑު ހުސްކޮށްލައްވާ