ލިވަޕޫލްގެ ފޯވާޑް މޮހަމެޑް ސަލާހު އުޅެނީ މާ ބޮޑަށް ރޮނާލްޑޯއާއި މެސީއަށް ވާން ވެގެން ކަމަށް އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އެނިލީ ހެސްކީ ބުނެފިއެވެ. ހެސްކީ އަކީ 18 އަހަރު ވަންދެން އެންމެ މަތީފެންވަރުގައި ފުޓްބޯޅަ ކުޅެފައިވާ އިނގިރޭސި ފުޓްބޯޅައިގެ ލެޖެންޑެކެވެ.

އުމުރުން 26 އަހަރުގެ ސަލާހަކީ މިސްރަށް އުފަން ލިވަޕޫލްގެ ފޯވާޑެކެވެ. ފަހަކަށް އައިސް މޮޅުކުޅުމެެއް ދައްކަމުން އަންނަ ސަލާހަކީ މިހާރު ވިދަމުން އަންނަ ތަރިއެކެވެ.

އެނިލީ ހެސްކީ ދެކޭގޮތުގައި ލިވަޕޫލްގެ ފޯވާޑް ސަލާހް އޭނާގެ ނަން މެސީ އާއި ރޮނާލްޑޯ އާއި އެކީ ކިޔުއްވަން މިހާރަކަށް އައިސް ވަރަށް މަސައްކަތް ކުރެއެވެ.

ސަލާހް ވަނީ އެންފީލްޑްގައި އުޅުނު ސީޒަންގައި 44 ގޯލްޖަހައި އޭނާގެ ރޭންކް މަތިކޮށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓްގައި ނަން ހިމަނުވާފައެވެ.

ޖާގެން ކްލޮޕް ލިވަޕޫލްގެ އެޓޭކިން ވަރުގަދަކޮށް ތަށިތައް ހޯދުމުގެ އުއްމީދުގައި ހުރި އިރު ސަލާހްގެ ފަރާތުން މި ސީޒަންގައި ކުރިން ސީޒަން ގައި ކުޅުނު ކުޅުން ފެއްނާނެ ކަމަށް އުއްމީދު ކުރެއެވެ.

ލިވަޕޫލްއަކީ ޕްރިމިއާ ލީގު އަދި ޗެމްޕިއަންސް ލީގަށް ވާދަ ކުރަމުން އަންނަ ޓީމެކެވެ. އެޓީމްގެ ތަރި ސަލާހް ވަނީ 20 ގޯލް ޖަހާފައެވެ. ނަމަވެސް މިދިޔަ ހައް މެޗްގައި ގޯލް އެއް ޖެހިފައެއް ނުވެއެވެ. މައްސަލަ އަކީ އެއީ ކަމަށް ހެސްކީ ދެކެއެވެ. އޭނާ މި ސީޒަންގައި 17 ގޯލް ޖަހާފައި ވާ އިރު މިއީ ސަލާހް އަށް ދެރަ ސީޒަންއެއް ނޫން ކަމަށާއި ކުރިން ސީޒަން އާއި އެއްވަރަށް ނަސީބު ނެތީ ކަމަށް ހެސްކީ ބުނެއެވެ.

ސަލާހްއަކީ ކުޅެން އަވަސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާގެ ކުރިން ސީޒަން ތަކަށް ބަލާއިރު ފެނިގެން ދަނީ ދޭތެރެއަކުން 3 ނުވަތަ 4 ގޯލް ޖަހަމުން އަންނަ މަންޒަރެވެ. އެކަމަކު ފަހަކަށް އައިސް އޭނާ ވަނީ އެކަން ރަނގަޅު ކޮށް ކޮންމެ މެޗެއްގައި ގޯލް ޖަހަން ފަށާފައެވެ.