ރިއަލް މެޑްރިޑް އަކީ ހުރިހާ ކުޅުންތެރިންގެވެސް ހުވަފެނީ ކްލަބް ކަމަށް ޕައުލް ޕޮގްބާ ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ޔުނައިޓެޑްގެ މިޑްފީލްޑާ ޕައުލް ޕޮގްބާ ވަނީ އެޓީމްގެ ކޯޗް އޮލެގުނަ ސޮލްސްކާ އަށް އިތުބާރު ކުރާކަމަށާއި އެ ދެމީހުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށް ބުނެފައެވެ. އޭނާ ބުނެފައިވަނީ އާ ކޯޗެއް އެޓީމްގައި ހުއްޓަސް އޭނާ މިވަގުތު އެޓީމްއާ މެދު ހިތްހަމަ ޖެހޭކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮގްބާ ބުނެފައިވަނީ ރިއަލް މެޑްރިޑް އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމް ތަކުގެ ތެރެއިން އެއްޓީމް ކަމަށާއި ހުރިހާ ކުޅުންތެރިންވެސް އެޓީމްއަށް ކުޅެން ބޭނުން ވާނެ ކަމަށެވެ. މޮލްޑޮވޯ އާއި ދެކޮޅަށް ހުކުރު ދުވަހު އަދި އައިސްލޭންޑް އާއި ދެކޮޅަށް ހޯމަ ދުވަހު ކުޅޭ މެޗްތަކުގައެވެ.

ޔުނައިޓެޑް އޮތީމޮރީނިއޯ އެޓީމުން ވަކިކުރިއިރު ނުރައްކާތެރި ހާލަތެއްގައެވެ. ނަމަވެސް ސޮލްސްކާ ޓީމާއި ހަވާލުވި ފަހުން ޓީމްގެ ރޫހު ވަނީ ރަނގަޅު ވެފައެވެ. އެޓީމްވަނީ އާކޯޗާއި އެކު މިހާރު ވެސް ކާމިޔާބީތަކެއް ހޯދާފައެވެ. ސޮލްސްކާ އެޓީމް އަށް ދިޔައިރު ޕޮގްބާ ހުރީ ފޯމް ގެއްލިފައެވެ. ނަމަވެސް ސްލްސްކާ އާއި އެކު ޕޮގްމާ ވަނީ ފޯމް ރަނގަޅު ކޮށްފައެވެ. މީގެ ނަތީޖާއަކަށްވީ އޭނާ ކުޅުނު 3 މެޗްގައި އޭނާ ވަނީ 4 ގޯލް ޖަހާދީފައެވެ.

46 އަހަރުގެ ސޮލްސްކާ ޔުނައިޓެޑް ސޮއިކޮށްފައިވަނީ ސީޒަން ނިމެންދެކަށެވެ. އެހެންނަމަވެސް ޕޮގްބާ ބުނެފައިވަނީ އޭނާ ވަނީ ފުލްޓައިން ކޯޗަކަށް ހުންނަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެޓީމްއަށް ކޮށްދީފައިކަމަށެވެ.