ހޯސޭ މޮރީނިއޯއަކީ އަންނަ އަހަރު ފުޓްބޯޅަ އަށް އެނބުރި އަންނަން އޮތް ބޭފުޅެކެވެ. އަދި އޭނާގެ އެންމެ ބޮޑު އަމާޒަކީ އޭނާގެ ކެރިއަރު ނިންމާލުމުގެ ކުރިން ޗެމްޕިއަންސް ލީގު ތިން ވަނަ ފަހަރަށް ކާމިޔާބު ކުރުމެވެ.

މޮރީނިއޯ މިހާރު މަސައްކަތްކުރަމުން އަންނަނީ ބީން ސްޕޯޓްސްގެ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގައެވެ. އޭނާ ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގައި ޔުނައިޓެޑުން ވަކިކޮއްފައެވެ. މޮރީނިއޯ އަކީ ރިއަލްއަށް ކޯޗްކަން ކޮއްދޭން ދާން އުޅުނު ބޭފުޅެކެވެ. އެކަމަކު ކުޅުންތެރިން ދެކޮޅު ހެދުމާއި ގުޅިގެން އޭނާގެ ބަދަލުގައި ކުރީގެ މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ވަނީ ހަމަ ޖައްސާފައެވެ.

މޮރީނިއޯއަކީ ހުރިހާ ޓީމް ތަކުންވެސް ބޭނުންވާ މޮޅު ކޯޗެކެވެ. އޭނާގެ ވިދުން އެން ގަދަވީ 2004 ގައި ޕޯޓޯއާ އެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުންނެވެ. ދެވަނަ ފަހަރަށް ވެސް އޭނާ މިމުބާރާތް ކާމިޔާބު ކުރީ 2010 ވަނަ އަހަރު އިންޓަ މިލާނާ އެކުގައެވެ. އެކަން ކާމިޔާބު ނުކުރެވުނީ ޗެލްސީ އާއި ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑާ އެކުގައެވެ.

ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު 3 ފަރަށް ކާމިޔާބު ކޮއްދީފައިވާ ޒިދާން ބުނެފައި ވަނީ އަލުން ކޯޗިން އަށް އެނބުރި އައިސް އެންމެ ބޮޑަށް އަމާޒުހިފާނީ ޗެމްޕިއަންސް ލީގަށް ކަމަށެވެ.

އޭއެފްޕީ އަށް އިންޓަވިއު ދެމުން މޮރީނިއޯ ބުނުފައިވަނީ އޭނާއަށް ތިން ވަނަ ޗެމްޕިއަންސް ލީގެއް ހޯދިއްޖެނަމަ ވަރަށް ފުރިހަމަވާނެކަމަށާއި އޭނާ ބޭނުންވަނީ އެ ލެވެލްގައި ކޯޗުކޮށްދޭންކަމަށެވެ. އަދި ޗެމްޕިއަންސްލީގަކީ އޭނާގެ ލެވެލްކަމަށްވެސް ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދު

    ބޭފުޅެކޯ